Advertisement
ކ. މާލެ
|
26 އޮކްޓޯބަރ 2019 | ހޮނިހިރު 20:16
ޓެރެރިޒމްގެ ތުހުމަތުގައި ފުލުހުން ތަނެއް ބަލައި ފާސްކުރަނީ
ޓެރެރިޒމްގެ ތުހުމަތުގައި ފުލުހުން ތަނެއް ބަލައި ފާސްކުރަނީ
ޝުއައިބް މުހައްމަދު އިގްބާލް
ޓެރަރިޒަމް
އަނިޔާވެރިކަމަށް ހިތްވަރުދިންކަމުގެ ތުހުމަތުގައި ފުވައްމުލަކުން މީހަކު ހައްޔަރުކޮށްފި
މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 19 އަހަރުގެ މީހެއް
ހައްޔަރުކޮށްފައިވަނީ މުޖްތަމައު ތެރޭގައި ފިތުނުފަސާދަ އުފައްދައި ހަރުކަށި ވިސްނުން ފެތުރުމުގެ ތުހުމަތުގައި
ފުލުހުން ދަނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުން

ސޯޝަލް މީޑިއާ މެދުވެރިކޮށް މުޖުތަމައު ތެރޭގައި ބިރުވެރިކަން އުފައްދައި އަނިޔާވެރިކަމަށް ހިތްވަރަދެމުންދާކަމުގެ ތުހުމަތުގައި ފުވައްމުލަކުން މީހަކު ހައްޔަރުކޮށްފިއެވެ.

އެމްޑީއެންގެ ރިޕޯޓުގެ މައްސަލައިގައި އާންމުންގެ ތެރޭގައި ވަގުތުގެ ބޭނުންކޮށްގެން މުޖްތަމައުގައި ރުޅިވެރިކަމާއި ނަފްރަތު ނުއުފެއްދުމަށް ފުލުހުން އިލްތިމާސްކޮށްފައިވާ ދަނޑިވަޅެއްގައި ފުލުހުން ވަނީ ހޮނިހިރު ދުވަހުގެ ވަގުތެއްގައި ސޯޝަލް މީޑިއާގައި މީހުންނަށް މަރުގެ އިންޒާރުދީ، މުޖުތަމައުގައި ބިރުވެރިކަން އުފެދޭގޮތަށް އަނިޔާވެރިކަމަށް ހިއްވަރު ދެމުންދާ މައްސަލައެއްގައި 19 އަހަރުގެ ދިވެހި ފިރިހެނެއް ފުވައްމުލަކުން ހައްޔަރުކޮށްފައެވެ.

Advertisement

މިއީ ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމަށްފަހު ފުލުހުން މިފަދަ މައްސަލައެއްގައި ހައްޔަރުކުރި 2 ވަނަ މީހާއެވެ. މީގެ ކުރިން މި މަހުގެ 12 ވަނަ ދުވަހު މުޖުތަމައުގެ ތެރޭގައި ބިރުވެރިކަން އުފެދޭ ގޮތަށް މީހުންގެ ފުރާނައަށް ގެއްލުން ދިނުމަށާއި އަނިޔާވެރިކަމުގެ އަމަލު ހިންގުމަށް ގޮވާލި ކަމުގެ ތުހުމަތުގެ އިތުރުން ޓެރަރިސްޓު ޖަމާއަތްތަކުގެ ނިޝާންތަކާއި، ލިޔެ ކިޔުންތައް ޝޯޝަލް މީޑިއާގައި އާއްމުކުރުމާއި ގުޅިގެން އުމުރުން 27 އަހަރުގެ ފިރިހެން މީހެއް ހައްޔަރުކޮށްފަ އެވެ. އަދި އެ މީހާގެ ބަންދަށް 15 ދުވަސް ޖަހާފައެވެ.

އިސްލާހްކުރެވުނު ޓެރަރިޒަމްގެ ޤާނޫނުގެ ދަށުން ފުލުހުންނަށް ވަނީ ބޮޑެތި ބާރުތަކެއްދީފައިވާއިރު، ފުލުހުން ބުނެފައިވަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް