Advertisement
ކ. މާލެ
|
26 އޮކްޓޯބަރ 2019 | ހޮނިހިރު 16:56
ރައީސް ސޯލިހު އާއި އަނބިކަނބަލުން ފަޒްނާ އެޓޮމިކް ބޮމުގެ ހަމަލާގައި މަރުވި  މީހުންގެ ހަނދާނުގައި މާބޮޑިއެއް ބާއްވަނީ
ރައީސް ސޯލިހު އާއި އަނބިކަނބަލުން ފަޒްނާ އެޓޮމިކް ބޮމުގެ ހަމަލާގައި މަރުވި މީހުންގެ ހަނދާނުގައި މާބޮޑިއެއް ބާއްވަނީ
ރައީސް އޮފީސް
ރައީސް އޮފީސް
ހީރޯޝީމާ ޕީސް މެމޯރިއަލް މިއުޒިއަމަށް ރައީސް ޒިޔާރަތް ކުރައްވައިފި
ހީރޯޝީމާގެ މޭޔަރ މަޓްސޫއީ ކަޒޫމީއާ ބައްދަލުކުރެއްވި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު، ހީރޯޝީމާގެ މޭޔަރ މަޓްސޫއީ ކަޒޫމީއާއި ބައްދަލުކުރައްވައި "ހީރޯޝީމާ ޕީސް މެމޯރިއަލް މިއުޒިއަމް" އަށް ޒިޔާރަތްކުރައްވައިފިއެވެ.

އެ ޒިޔާރަތުގައި ރައީސްގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

Advertisement

ހީރޯޝީމާ ޕީސް މެމޯރިއަލް މިއުޒިއަމަށް ވަޑައިގެން ރައީސް ވަނީ، އެޓޮމިކް ބޮމުގެ ޙަމަލާގައި މަރުވެދިޔަ މީހުންގެ ހަނދާނުގައި ބިނާކޮށްފައިވާ މަގުބަރާއަށް ޒިޔާރަތްކުރައްވައި އެ ތަނުގައި މާބޮނޑިއެއް ބާއްވަވާފައެވެ. އަދި، ޕީސް މެމޯރިއަލް މިއުޒިއަމް ބައްލަވާލައްވައި މެހެމާނުން ސޮއިކުރައްވާ ފޮތުގައި އެމަނިކުފާނު ސޮއިކުރެއްވިއެވެ.

ބައިނަލްއަޤުވާމީ މައިދާނުގައި ދިވެހިރާއްޖެއަކީ ޞުލްޙަ އަށް ތާޢީދުކޮށް އަޑުއުފުލަމުންދާ ޤައުމެކެވެ. އަދި، ޖަޕާނާއެކު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރަމުންދާ ޤައުމެކެވެ.

މީގެ ތެރޭގައި ނިއުކްލިއަރ ހަތިޔާރާއި އަދި އެހެނިހެން ފަނާކުރަނިވި އަދި ނުރައްކާތެރި ހަތިޔާރު އުފެއްދުމާއި، ބޭނުންކުރުމާއި ދެކޮޅަށް ޖަޕާން ފަދަ ޤައުމުތަކުން ކުރަމުންދާ މަސައްކަތުގައި އެއްބާރުލުން ދިނުން ހިމެނެއެވެ.

ދިވެހިރާއްޖެ އަކީ "ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ކްލަސްޓަރ މިއުނިޝަންސް" އަދި "ޓްރީޓީ އޮން ޕްރޮހިބިޝަން އޮފް ނިއުކްލިއަރ ވެޕަންސް" މުޢާހަދާގައި ސޮއިކޮށްފައިވާ ޤައުމެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް
26 އޮކްޓޯބަރ 2019 | ހޮނިހިރު 17:31
އަހަރެން
ރައްޔިތުންގެ ފައިސާއިން މިރައީސްގެ ކަމަކީ މަޖާކުރުން މީގައުމު ހިންގޭނެ މީހެއްނޫން އަހަރެމެން. ވޯޓްދިނީ ދެއިރުދެދަޅައަށް ބޭރުގައުމުތަކަށްގޮސް ފޮޓޯނަގާކަށްނޫން.