Advertisement
ކ. މާލެ
|
26 އޮކްޓޯބަރ 2019 | ހޮނިހިރު 13:26
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު
މުހައްމަދު ފަޒީން
އަބްދުﷲ ޖާބިރު
ރައީސް މައުމޫން ދައްކަންޖެހޭ 29 މިލިއަން ރުފިޔާގެ މައްސަލަ ނަގައި، މަޢާފު ކޮށްފިން: ޖާބިރު
ޖާބިރު ވިދާޅުވަނީ އެ ފައިސާ ދެއްވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައި ކަމަށް
ރައީސް މައުމޫންއަށް މައާފް ކުރެއްވީ މަންމާފުޅުގެ އެދިލެއްވުމުގެ މަތިން
އެ މައްސަލާގައި ރައީސް މައުމޫންގެ މައްޗަށް ދައުވާ ކުރަންވެސް ބޭނުން ނުވަނީ

ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް އަނބުރާ ދައްކަވާ ގޮތަށް ނެންގެވި ކަމަށް ބުނާ 29 މިލިއަން ރުފިޔާގެ މައްސަލަ ފުލުހުންގެ އިދާރާއިން ނަގައި، އެ ފައިސާ މަޢާފު ކޮށްދެއްވާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.

ޖާބިރަށް ރައީސް މައުމޫން ދެންޖެހޭ ކަމަށްބުނާ 29 މިލިއަން ރުފިޔާގެ މައްސަލައިގެ މަޢުލޫމާތު އޮޅުން ފިލުވުމަށް ހޮނިހިރު ދުވަހު ޖާބިރަށް ގުޅާލުމުން ވިދާޅުވީ، ރައީސް މައުމޫނަށް މަޢާފުކޮށް، އަދި ފުލުހުންނަށް ހުށަހަޅާފައިވާ 29 މިލިއަން ރުފިޔާގެ އެ މައްސަލަ ނަގަން ނިންމާފައިވާ ކަމަށެވެ. އަދި އެކަމާ ފުލުހުންގެ އިދާރާއާ ވާހަކަ ދައްކަވާފައިވާ ކަމަށް ވެސް ޖާބިރު ވިދާޅުވި އެވެ.

ޖާބިރު ވިދާޅުވީ، ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަ ނެގުމަށް ނިންމެވީ ޖާބިރުގެ މަންމަ މަރިޔަމް މަނިކެ އެގޮތަށް އެދިލެއްވުމުން ކަމަށެވެ. ޖާބިރު ވިދާޅުވާ ގޮތުން ޖާބިރުގެ މަންމާފުޅާއި ރައީސް މައުމޫނާ ދެމެދު ގާތް ގުޅުމެއް އޮވެއެވެ. އިތުރަށް ޖާބިރު ވިދާޅުވީ، އެ މައްސަލައާ ގުޅިގެން މައުމޫންގެ މައްޗަށް ދައުވާ ކުރައްވަން ވެސް މިހާރު ބޭނުން ނުވާ ކަމަށެވެ.

Advertisement

ޖާބިރު އެންމެ ފުރަތަމަ އެ މައްސަލަ ފުލުހުންނަށް ހުށަހެޅުމުން، ހެކި ހުށަހަޅާފައި ނެތްކަމަށްބުނެ ފުލުހުން ބަލައިގަނެފައެއް ނުވެއެވެ. ނަމަވެސް ފަހުން ޖާބިރު އެ މައްސަލަ ހުށަހެޅުއްވީ ހެއްކާއިވެސް އެކުގައެވެ. ޖާބިރު ވިދާޅުވެފައިވާ ގޮތުން، ރައީސް މައުމޫން އެ ފައިސާ ނެންގެވީ ރިޔާސީ އިންތިޚާބު ދުވަސްވަރުގަ އެވެ. އަދި އެފައިސާ އޭނާ ދެއްވީ އިންޓްރެސްޓުވެސް އަރާ ގޮތަށް ކަމަށް ޖާބިރު މީގެކުރިން ވިދާޅުވެފައި ވެއެެވެ.

ނަމަވެސް ރައީސް މައުމޫން ވަނީ 29 މިލިއަން ރުފިޔާ ޖާބިރު ދެއްވި ކަމަށް ބުނާ މައްސަލަ ދޮގުކުރައްވާފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް