Advertisement
ކ. މާލެ
|
26 އޮކްޓޯބަރ 2019 | ހޮނިހިރު 13:13
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު
ފޮރިން މިނިސްޓްރީ
ނާމް ސަމިޓް
މޫސުމަށް އަންނަ ބަދަލުތަކުގެ އެންމެ ބޮޑު ނުރައްކަލެއް އޮތީ ރާއްޖެއަށް: މިނިސްޓަރު ޝާހިދު
ހުރިހާ ގައުމުތަކުން ތިމާވެއްޓަށް ޚާއްޞަ ސަމާލުކަމެއް މިނިސްޓަރ ދިނުމަށް އެދިވަޑައިގެންނެވި
ޓެރަރިޒަމް ނައްތާލުމަށް ހުރިހާ ގައުމަކުން ގުޅިގެން މަސައްކަތް ކުރަންޖެހޭ
ރާއްޖެއިން އަބަދުވެސް ތާއީދުކުރާނީ "ޓޫ ސްޓޭޓް ސޮލިއުޝަން" އަކަށް - މިނިސްޓަރ

މޫސުމަށް އަންނަ ބަދަލުތަކުގެ އެންމެ ބޮޑު ނުރައްކަލެއް އޮތީ ރާއްޖެއަށް ކަމަށާއި، ތިމާވެށި ރައްކާތެރިކުރުމަށް މިހާރަށްވުރެ ބޮޑަށް ގަދައަޅާ މަސައްކަތް ކުރަންޖެހޭ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

Advertisement

އަޒަރުބައިޖާންގެ ވެރިރަށް ބާކޫގައި މިހާރު ކުރިއަށްދާ ނަން-އެލައިންޑް މޫވްމަންޓް ( ނާމް) ސަމިޓްގައި އެމަނިކުފާނު ދެއްވި ތަޤުރީރުގައި ވިދާޅުވީ 2050 އާ ހަމައަށް 200 މިލިއަނެއްހާމީހުން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރެފިއުޖީންއަށް ވާނެ ކަމަށް ވާރލްޑް ބޭންކުން ލަފާކޮށްފައިވާއިރު، މޫސުމަށް އަންނަ ބަދަލުތަކުގެ އެންމެ ބޮޑު ނުރައްކަލެއް އޮތީ ރާއްޖެއަށް ކަމަށެވެ. އަދި ތިމާވެށި ރައްކާތެރިކުރުމަށް ހުރިހާ ޤައުމުތަކުން ވަކާލުތުކޮށްދިނުމަށް މިނިސްޓަރ ޝާހިދު ގޮވާލެއްވިއެވެ.

މޫސުމަށް އަންނަ ބަދަލުތަކުން ރާއްޖެއަށް ބޮޑު ނުރައްކަލެއް އޮވެ، ރާއްޖެއިން އެންމެ ބޮޑަށް ވަކާލާތުކުރަންޖެހުނަސް، މިކަމަށް ހައްލެއް ލިބޭނީ ބޮޑެތި ގައުމުތަކުން މިކަމަށް އަވަސް ފިޔަވަޅުތަކެއް އަޅައިގެން . އެހެންވީމަ ހުރިހާ ގައުމުތަކަކުން ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމެއް މިއީ.
ޝާހިދު- ފޮރިން މިނިސްޓަރު

ޓެރަރިޒަމަށް އަލިއަޅުއްވާލައްވާ މިނިސްޓަރ ޝާހިދު ވިދާޅުވީ ޓެރަރިޒަމަކީ ހަމައެކަނި ވަކި ޤައުމަކުން މަސައްކަތްކޮށްގެން ނައްތާލެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ޓެރަރިޒަމް ނައްތާލުމަށް ހުރިހާ ޤައުމަކުން ގުޅިގެން މަސައްކަތް ކުރުމުން ކާމިޔާބުވާނެ ކަމަށް އުންމީދު ކުރާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ ފަލަޞްޠީނުގެ މުސްލިމުން މިނިވަންކަމަށް ހަނގުރާމަ ކުރަމުންދާ ކަމަށާއި، އިސްރާއީލް އިން ޤަވާއިދާ ޚިލާފަށް ޕަލަސްތީނުގެ ބިންތައް ހިޞާރު ކުރަމުންދާދިއުން ރާއްޖެއިން ކުށްވެރިކުރާ ކަމަށެވެ. އަދި ރާއްޖެއިން އަބަދުވެސް ތާއީދު ކުރަނީ ފަލަޞްޠީނާއި އިސްރާއީލު ދެދައުލަތެއްގެ ގޮތުގައި އޮތުން( ޓޫ ސްޓޭޓް ސޮލިއުޝަން) އަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ނާމްގެ ރިޔާސަތާއި އަލަށް ޙަވާލުވެވަޑައިގެންނެވި އަޒަރުބައިޖާންގެ ރައީސް އިލްހާމް އަލިޔޭވް އަށް މަރުޙަބާ ދަންނަވާ މިނިސްޓަރ ޝާހިދު ވިދާޅުވީ އެމަނިކުފާނުގެ ދައުރުގައި ނާމްގެ ޤައުމުތަކުން ފާހަގަކޮށްލެވޭ ބަދަލުތަކެއް ގެންނަން މަސައްކަތް ކުރާނެ ކަމަށް އުންމީދު ކުރައްވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އޮކްޓޯބަރު 25 އިން 26 އަށް އޮންނަ 18ވަނަ ނާމް ސަމިޓު 120 ގައުމަކުން ބައިވެރިވިއެވެ.

ނޮން-އެލައިންޑް މޫވްމަންޓް (ނާމް)އަކީ ދުނިޔޭގެ ބާރުތައް ޙިއްސާކުރުމާ ގުޅޭގޮތުން ދުނިޔޭގެ ބޮޑު ދެބާރު ކަމުގައިވާ އެމެރިކާއާއި ސޯވިއެޓް އިއްތިހާދާ ދެމެދު ހިނގައިދިޔަ އަރާރުންތަކުގެ ތެރޭގައި ފިތިބާރުވާންޖެހި އެކަމުގެ ހިތްހަމަނުޖެހުމުގައި، އެއްވެސް ފަރާތަކަށް ނުޖެހި ތިބުމަށް 1961 ވަނަ އަހަރު އުފެއްދި އިއްތިހާދެކެވެ. މިއިއްތިހާދު އުފެއްދުމަށް އެންމެ މައިގަނޑު ދައުރެއް އަދާކުރެއްވީ އިންޑިއާގެ ފުރަތަމަ ބޮޑުވަޒީރު ޖަވާހަރްލާލް ނެހްރޫއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް