Advertisement
ކ. މާލެ
|
26 އޮކްޓޯބަރ 2019 | ހޮނިހިރު 09:39
ފޮނަދޫގައި އަޅާފައިވާ ހައުސިންޔުނިޓްތައް
ފޮނަދޫގައި އަޅާފައިވާ ހައުސިންޔުނިޓްތައް
ހައުސިންގް މިނިސްޓްރީ
ލ.ފޮނަދޫ
ލ. ފޮނަދޫ ގެތަކަށް އެދިފައިވާ މީހުންނަަށް ޕޮއިންޓް ލިބުނު ގޮތުގެ ދާއިމީ ލިސްޓް ޢާންމުކޮށްކޮށްފި
ޕޮއިންޓްގެ ގޮތުން އެއްވަރުވެފައިވާ މީހުންގެ މެދުގައި ގުރުއަތުލުން މިރޭ
މިއީ މީގެ ދެއަހަރު ކުރިން އިމަރާތްތަކުރި ގެތަކެއް

ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ލ. ފޮނަދޫގައި ޢިމާރާތްކޮށްފައިވާ 27 ގެއަށް އެދިފައިވާމީހުންނަށް ޕޮއިންޓް ދިން ގޮތުގެ ދާއިމީ ލިސްޓް ޢާއްމުކޮށްފިއެވެ.

ގެއަށް އެދިފައިވާ މީހުންގެ ތެރެއިން ޝަރުޠު ހަމަވާ މީހުންނަށް ލިބުނު ޕޮއިންޓް އިގޭގޮތައް ދާއިމީ ލިސްޓް އާންމުކުރީ ކުރިން ޢާއްމު ކުރި ވަގުތީ ލިސްޓަށް ގެނައި އިޞްލާޙުތަކާއެކު ކަމަށް ފޮނަދޫ ކައުންސިލުން ބުނެއެވެ.

ފޮނަދޫ ކައުންސިލުން ބުނީ، ލިސްޓުގައި ޕޮއިންޓްގެ ގޮތުން އެއްވަރުވެފައިވާ ފަރާތްތަކުގެ މެދުގައި ގުރުނެގުމަށްފަހު ގެތައް ލިބޭ ފަރާތްތަކުގެ ލިސްޓް ފަހުން ޢާންމުކުރާނެ ކަމަށާއި، މިރޭ 8:30 ގައި އަތޮޅު ކައުންސިލް އިދާރާގައި ގުރުއަތުލުން ބާއްވާނެކަމަށެވެ.

Advertisement

ފޮނަދޫ ކައުންސިލުން ބުނާގޮތުގައު މިފަހަރު ޢާންމު ކުރީ ފޮނަދޫގައި އިމާރާތްކޮށްފައިވާ 50 ގޭގެ ތެރެއިން ބާކީހުރި 27 ގެއަށް އެދުނު މީހުންގެ ލިސްޓުކަމަށެވެ.

ސަރުކާރުން، މީގެ ދެއަހަރު ކުރިން ފޮނަދޫގައި ޢިމާރާތް މިގެތަކަކީ އެ އަތޮޅު ގާދޫގައި ތިބި ރައްތިޔުން ފޮނަދުއަށް ބަދަލުކުރި އިރު، ޢިމާރާތްކުރި ގެތަކެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް