Advertisement
ކ. މާލެ
|
25 އޮކްޓޯބަރ 2019 | ހުކުރު 22:47
ދިނަޝަ ބޯޓް
ދިނަޝަ ބޯޓް
އެމްއެންޑީއެފް
އެމްއެންޑީއެފް
ބޯޓަކުން ކަނޑަށް ދޫކޮށްލާފައިވާ ތަކެތި އޮޔާދާތީ ސަމާލުވާން އެދެފި
ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވޭ
30 ވަރަކަށް ގޭސްފުޅިއާއި 100 ފެންކޭސް ކަނޑަށް ދޫކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ބުނި

މާލެއިން ފުރައިގެން ލ.ގަމަށް ދަތުރުކުރި "ދިނަޝަ" ބޯޓް ދިޔަވުމާ ގުޅިގެން އެ ބޯޓުން ކަނޑަށް ދޫކޮށްލާފައިވާ ބައެއް ތަކެތި ތަކެތި އޮޔާދާތީ އެސަރަޙައްދުން ދަތުރުކުރާ އުޅަނދު ފަހަރުން ސަމާލުކަން ދިނުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފިއެވެ.

އެމްއެންޑީއެފުން ބުނީ، މ.އަތޮޅު ކުރެލި ކަނޑުގެ ސަރަހައްދުން "ދިނަޝަ" ބޯޓަށް ދިޔަވާކަމުގެ މަޢުލޫމާތު ހުކުރު ހެނދުނު 9:40 ހާއިރު އެމްއެންޑީއެފް ސެންޓްރަލް އޭރިއާއަށް ލިބުމާއެކު ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ސްކޯޑްރަންގެ ހާބަރކްރާފްޓް ލޯންޗް ވަގުތުން ހަރަކާތްތެރިވި ކަމަށެވެ.

Advertisement

އެގޮތުން އެސަރަހަށްދަށް ގޮސް ހާބަރ ކްރާފްޓް ލޯންޗުގެ އެހީތެރިކަމާއެކު މ.ކޮޅުފުއްޓަށް ހުކުރު ދުވަހު މެންދުރު 12:08 ހާއިރު ބޯޓު ވަނީ ރައްކާތެރިކަމާއެކު ވަދެފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ. ހަތް މީހުންނާއެކު ދަތުރުކުރި އެ ބޯޓް ދިޔަވުމާ ގުޅިގެން 30 ވަރަކަށް ގޭސްފުޅިއާއި 100 ފެންކޭސް ކަނޑަށް ދޫކޮށްފައިވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތުދޭއެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް