Advertisement
ކ. މާލެ
|
25 އޮކްޓޯބަރ 2019 | ހުކުރު 18:20
ފޮރިން މިނިސްޓަރު ޝާހިދު
ފޮރިން މިނިސްޓަރު ޝާހިދު
ޓްވިޓަރ
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު
ނާމް ސަމިޓްގައި ޝާހިދު ބައިވެެރިވެވަޑައިގެންފި
ބައިވެރިވެވަޑައިގަންނަވަނީ ރައީސްގެ ފަރާތްޕުޅުން
ގިނަ ފަރާތްތަކާއިި އެކު ވަނީ މަޝްވަރާކޮށްފައި

އަޒަރުބައިޖާންގެ ވެރިރަށް ބާކޫގައި މިހާރު ކުރިއަށްދާ ނަން-އެލައިންޑް މޫވްމަންޓް ( ނާމް) ގައި ހިމެނޭ ގައުމުތަކުގެ ވެރިންގެ 18 ވަނަ ސަމިޓްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ފަރާތްޕުޅުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ބައިވެރިވެވަޑައިގެންފިއެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ ސަމިޓްގެ އިސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ޝާހިދު ތަގްރީރުކުރައްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

Advertisement

އަދި އެ ސަމިޓްގެ ހަވާސާ ގައި ދުނިޔޭގެ ގައުމުތަކުގެ ވެރިންނާއި ބައްދަލުކުރައްވައި، މުހިއްމު މަޝްވަރާތަކެއް ޝާހިދު ކުރައްވާނެއެވެ. ނާމް ސަމިޓްގެ ހުކުރު ދުވަހު ޝާހިދު ވަނީ ބައެއް ގައުމުތަކުގެ އިސްވެރިންނާއި ބައްދަލުކުރައްވާފައެވެ. އެގޮތުން އިންޑިއާގެ ނައިބު ރައީސް ވެންކައިއާ ނައިޑޫއާއި، އަފްއާނިސްތާނުގެ ރައީސް އަޝްރަފް ޢަނީއާއި ޝާހިދު ބައްދަލުކުރެއްވިއެވެ.

ޝާހިދު އަޒަރުބައިޖާނަށް ވަޑައިގެންފައިމިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަރިހުގައި ޖަޕާނަށް ވަޑައިގަތުމަށްފަހުގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް