ކ. މާލެ
|
25 އޮކްޓޯބަރ 2019 | ހުކުރު 08:48
އޮސްޓްރޭލިޔާގެ ނޫސްވެރިން
އޮސްޓްރޭލިޔާގެ ނޫސްވެރިން
އެމްއެމްޕީއާރްސީ
ފަތުުރުވެރިކަން
ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް އޮސްޓްރޭލިޔާގެ ނޫސްވެރިން ޒިޔާރަތްކޮށްފި
މިޓީމް ރާއްޖޭގައި ތިބުމަށް ހަމަޖެހިފައިވަނީ މިމަހުގެ 26 ނިޔަލަށް
ގެސްޓްހައުސްތަކާއި ސަފާރީތަކާއި އަދި ރިސޯޓުތަކުގެ ޚިދުމަތްތައް ތަޖުރިބާ ކުރާނެ
އޮސްޓްރޭލިއާއަކީ ފަތުރުވެރިން އަންނަ އެންމެ ބޮޑު އެއް މާކެޓް

ދިވެހިރާއްޖޭގެ ފަތުރުވެރިކަން ތަޖުރިބާކޮށް އިޝްތިހާރުކުރުމަށް އޮސްޓްރޭލިޔާގެ ނޫސްވެރިން ޒިޔާރަތްކޮށްފިއެވެ.

އެމްއެމްޕީއާރްސީން ބުނީ އޮސްޓްރޭލިއާގެ ނޫސްވެރިން ޓީމް ރާއްޖެއަށް އައީ މިމަހުގެ 20ގައި ކަަމަށާއި، މިދަތުރަކީ ފުޅާދާއިރާއެއްގައި ރާއްޖެ އިޝްތިހާރުކުރުމަށް މިއަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ސިލްސިލާ ދަތުރުތަކުގެ ތެރެއިން ފަނަރަވަނަ ދަތުރު ކަމަށެވެ. އަދި މިޓީމް ރާއްޖޭގައި ތިބުމަށް ހަމަޖެހިފައިވަނީ މިމަހުގެ 26 ނިޔަލަށް ކަމަށެވެ.

މިދަތުރުގައި މިޓީމް ތިބުމަށް ހަމަޖެހިފައިވަނީ ސީކްރެޓް ޕެރެޑައިސް، ޔޮޓް މޯލްޑިވްސް، އަދި އެމެރެލްޑް މޯލްޑިވްސް އައިލެންޑް ރިސޯޓު އެންޑް ސްޕާގައެވެ.

އެމްއެމްޕީއާރްސީން ބުނީ މިދަތުރުގައި ދިވެހިރާއްޖޭގައި ތިބެވެން ހުންނަ އެކި ބާވަތްތަކުގެ ތަންތަން މިޓީމުން ތަޖުރިބާ ކުރާނެއެވެ. މިގޮތުން ގެސްޓްހައުސްތަކާއި ސަފާރީތަކާއި އަދި ރިސޯޓުތަކުގެ ތަފާތު ޚިދުމަތްތަކުގެ ތަޖުރިބާ ކުރާނެއެވެ.

މިޓީމްގައި ހިމެނެނީ އެސްކޭޕް، ވެސްޓް އޮސްޓްރޭލިޔަން، މޭރީ ކްލެއާރ، ޓްރެވަލާރ، އަދި ހޫ މެގަޒިންއަށް ލިޔުއްވާ ތަޖުރިބާކުރާ ނޫސްވެރިންނެވެ. މިދަތުރުގައި ކުރާ ތަޖްރިބާތައް މިޓީމުން މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ޝާއިއު ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެމްޕީއާރްސީން ބުންޏެވެ.

އޮސްޓްރޭލިއާ އަކީ ރާއްޖެއަށް ފަތުރުވެރިން އަންނަ އެންމެ ބޮޑު އެއް މާކެޓެވެ. މިއަހަރުގެ ޖެނުއަރީ އިން އޮގަސްޓް މަހަށް ވަނީ އެގައުމުގެ 26496 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ އެމުއްދަތާއި އަޅާބަލާއިރު 10.7 އިންސައްތަ ކުރިއެރުމެވެ.

މިދަތުރުތަކުގެ ސަބަބުން ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިތުރަށް އިޝްތިހާރު ވެގެން ދިޔުމަކީ އެމްއެމްޕީއާރްސީގެ އަމާޒެވެ.

- ކޮމެންޓް