ކުރީގެ ނައިބް ރައީސް އަހުމަދު އަދީބްގެ މައްޗަށް އިއްވޭނީ 20 އަހަރުގެ ޖަލު ހުކުމެއް ކަމަށް އެއްބަސްވެވިފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާރވިސް އިން ބުނެފިއެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅޭ ގޮތުން ދައުލަތުގެ މުއައްސަސާތަކުން ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވިދާޅުވީ އަދީބާއި ގުޅޭގޮތުން ޖޮއިންޓް އިންވެސްޓިގޭޝަން ޓީމާއި ދައުލަތާއި ދެމެދު ކުރެވިފައިހުރި މުއާމަލާތަތަކައި ގުޅޭ ގޮތުން ފާޅުކްނަ ބޮޑު ގޮތެއްގައި ފަޑުކިއުމާއި، ގިނަ ވާހަކަ ތެއްކެއް ދެކެވޭތީ އެ ތަފްސީލްތައް ހާމަކުރަން ނިންމިކަމަށެވެ.
އަދީބގެ މައްޗަށް ތުހުމަތު ކުރެވިގެން ތަހުގީގު ކުރެވެމުންދިޔަ މައްސަލައިގައި ހެދުނު ކުށަށް އިއުތިރާފްވުމާއި ތަހުގީގަށް އެއްބާރުލުން ދިނުމުގެ އެއްބަސްވުމަކީ 1 ފެބްރުއަރީ 2012 އިން ފެށިގެން 25 އޮކްޓޯބަރ 2015 އާއި ހަމައަށް އަދާކުރެއްވި ދައުލަތުގެ މަޤަމުތަކުގައި ހުންނެވި މުއްދަތުގައި އެމަނިކުފާނުގެ މައްޗަށް ތުހުމަތުކުރެވިފައިހުރި ހުރިހާ މައްސަލަތަކެއް ހިމެނޭގޮތަށް އެމައްސަލަތަކުގައި ތަހުގީގަށް އެއްބަރުލުން ދިނުމަށް ވެވުނު އެއްބަސްވުމެއްކަމަށެވެ. އަދި އެމައްސަލަތަކައި ގުޅޭ ގޮތުން ތަހުގީގަށް ހުރިހާ ހެއްކާއި ގަނީނާ ހަވާލުކުރުމާއި ގުޅޭގޮތުން އެއްބަސްވެފައިވާކަމަށް ރިޔާޒް ވިދާޅުވި އެވެ.
ރިޔާޒް ވިދާޅުވި ގޮތުގައި އެއްބަސްވުމުގައިވާގޮތުން އަދީބްގެ ކިބައިން އެދިއްޖެ ހާލަތެއްގައި ދައުލަތުން ބޭނުންވާ ހުރިހާ މައުލޫމާތެއް ތެދުބަހުން ކިޔައިދެންޖެހޭނެ އެވެ.
ރިޔާޒް ވިދާޅުވީ އޭގަ ބަދަލުގައި ދައުލަތުގެ ފަރާތުން ދޭނެ ލުއިތަކެއްވެސް އެއްބަސްވުމުގައިވާކަމަށެވެ. އެގޮތުން އެއްބަސްވުމުގަިއވާގޮތުން މީގެކުރިން އަދީބުގެ މައްޗަށް ތުހުމަތު ކުރެވުނު ރަށްތަކާއި ގުޅޭގޮތުން އުފުލިފައި ހުރި ދައުވާތައް އަލުން މުރާޖާ ކުރުމަށްފަހު އެދައުވާތަކާއި، ގުޅިގެން މހާރު ކޯޓަށް ހުށަހެޅިފައިވާ 7 ދައުވާގެ ގޮތުގައި ދައުވާ ކުރުމާއި އަދީބުގެ މައްޗަށް އެދައުވާތަކައި ގުޅިގެން އަންނާނެ ހުކުމެއްގެ އަދަބަކީ 20 އަހަރުގެ ގޮތުގައި އެއްބަސްވެވިފައިވާކަމަށެވެ.