Advertisement
ކ. މާލެ
|
24 އޮކްޓޯބަރ 2019 | ބުރާސްފަތި 16:31
އިގްތިސާދީ ކޮމެޓީން ފަތުހުﷲ އާއި އިންޓަވިއު ކުރައްވަނީ
އިގްތިސާދީ ކޮމެޓީން ފަތުހުﷲ އާއި އިންޓަވިއު ކުރައްވަނީ
މުހައްމަދު ފަޒީން
އިގްތިސާދީ ކޮމެޓީ
ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ފަތުހުﷲ އައްޔަންކުރަން ކޮމެޓީން ނިންމައިފި
އެ މަގާމަށް ފަތުހުﷲގެ އިތުރުން ފޮނުއްވާފައިވާ ނަމަކީ އިސްމާއީލް ނާޝިދު
ފަތުހުﷲ އަކީ މީގެކުރިން މީރާގައި އިސްމަގާމުތަކެއް ފުރުއްވި ބޭފުޅެއް
ރާއްޖެއަށް ޓެކްސް ނިޒާމް ތައާރަފް ކުރިއިރު، ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވި

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ފަތުހުﷲ ޖަމީލް އައްޔަން ކުރަން ފެންނަ ކަމަށް ރައްޔިތުން މަޖިލީހުގެ އިގްތިސޯދީ ކޮމެޓީން ނިންމައިފިއެވެ.

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އައްޔަން ކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މަޖިލީހަށް ދެ ނަމެއް ފޮނުއްވި އެވެ. އެއީ ފަތުހުﷲ ގެ އިތުރުން އިސްމާއީލް ނާޝިދުގެ ނަމެވެ.

ކޮމިޝަނަރ ޖެނެރަލް އޮފްޓެކްސޭޝަންގެ މަގާމަށް ކުރިމަތިލެއްވި ފަރާތްތައް:

1. ތ. ތިމަރަފުށި ފިނިފެންމާގެ، ފަތުހުﷲ ޖަމީލް

2. ހ. ސެނާ، އިސްމާއިލް ނާޝިދު

ފަތުހުﷲއަކީ މިހާރު ދިރާގުގެ އިސްމަގާމެއް ފުރުއްވަމުން ގެންދަވާ، މީގެކުރިން މީރާގައި ވެސް އިސްމަގާމުތަކެއް ފުރުއްވި ބޭފުޅެކެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ޓެކްސް ނިޒާމް ތައާރަފް ކުރިއިރު، ޓެކްސާ ގުޅޭ ކަންކަމުގައި މީހުން ހޭލުންތެރި ކުރުމާއި، މީޑިއާތަކަށް މައުލޫމާތު ދެއްވުމުގައި ވެސް ފަތުހުﷲ ވަނީ އިސްދައުރެއް އަދާކުރައްވާފަ އެވެ.

ނާޝިދަކީ މިހާރުވެސް މޯލްޑިވްސް ކަސްޓަމްސް ސާރވިސްގެ އިސްމަގާމެއް ފުރުއްވަމުން ގެންދަވާ ބޭފުޅެކެވެ.

މަޖިލީހުގެ އިގްތިސާދީ ކޮމެޓީން ވަނީ މިހަފްތާގައި، ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އައްޔަން ކުރަން ރައީސް ސޯލިހު ފޮނުއްވި ދެ ބޭފުޅުންނާ އިންޓަވިއު ކޮށްފަ އެވެ. އަދި ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ކުރިމަތިލެއްވި ހަ ފަރާތްތެއްގެ ނަން ރައީސް ސޯލިހު ފޮނުއްވާފައިވާތީ، ކޮމެޓީން ވަނީ އެ ބޭފުޅުންނާ ވެސް އިންޓަރވިއު ކޮށްފަ އެވެ.

ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ކުރިމަތިލެއްވި ފަރާތްތައް:

1. ދަނޑިމަގު، ނިއުލައިޓް، ޏ ފުވައްމުލައް، މުހައްމަދު ސިރާޖު މުނީރު

Advertisement

2. ހއ އިހަވަންދޫ ވައިޖެހޭގެ، އަސްމާ ޝަފީއު

3. މއ ވިލާރޮދި، އިސްމާއިލް ސާޖިދު

4. ނ މަނަދޫ އަނބުގަސްދޮށުގެ، އަހްމަދް ޝަރީފް

5. ވ އެލަމް އަހްމަދު ވާފިރު

6. ހ ރަންގިލި، ހަމްދީ އަގީލް

މި ހަ ބޭފުޅުންގެ ތެެރެއިން ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އައްޔަން ކުރުމަށް ކޮމެޓީން ވަނީ ދެ ނަމެއް ފާސްކޮށްފަ އެވެ.

1. ހއ އިހަވަންދޫ ވައިޖެހޭގެ، އަސްމާ ޝަފީއު

2. މއ ވިލާރޮދި، އިސްމާއިލް ސާޖިދު

އެ ދެ ނަމުގެ ތެރެއިން މަޖިލީހުގައި ވޯޓަށް އަހައި، އެންމެ ގިނަ ވޯޓް ލިބޭ ނަމަކީ ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އައްޔަން ކުރެވޭ ފަރާތްކަމުގައި ކަނޑައެޅިގެންދާނެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް