ކ. މާލެ
|
24 އޮކްޓޯބަރ 2019 | ބުރާސްފަތި 10:30
ޖީއެމްއައިޒީއެލްގެ އެމްޑީ
ޖީއެމްއައިޒީއެލްގެ އެމްޑީ
ފަންނު އެކްސްޕޯ
ފަންނު އެކްސްޕޯގެ ސްޕޮންސަރއަކަށް ޖީއެމްއައިޒީއެލް
މައުރަޒު ބާއްވަން ހަމަޖެހިފައިވަނީ އަންނަ މަހުގެ 22 އިން 28 އަށް

ފަންނު އެކްސްޕޯގެ ސްޕޮންސަރއެއްގެ ގޮތުގައި ގްރޭޓަރ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒީއެލް) ހަމަޖައްސައިފިއެވެ.

ބުދަ ދުވަހު ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ޖީއެމްއައިޒީއެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ރަޝީދު އަބޫބަކުރެވެ. އަދި އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ނީޒާ އިމާދުއެވެ.

އަންނަ މަހުގެ 22 އިން 28 އަށް ބާއްވަން ހަމަޖެހިފައިވާ މައުރަޒު އޮންނާނީ ދަރުބާރުގޭގަ އާއި ކަލާފާނު ސްކޫލްގައެވެ. މި މައުރަޒަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފައިވާއިރު، ރާއްޖޭގެ އެކި ކަންކޮޅުތަކުގެ އުފެއްދުންތައް މި މައުރަޒުގެ ޒަރިއްޔާއިން ފެނިގެންދާނެ އެވެ.

މި އެކްސްޕޯއިން ހޮވާލެވޭ އެންމެ މޮޅު ފަސް އުފެއްދުމަކަށް އެސްޑީއެފްސީއިން އެއް މިލިއަން ރުފިޔާގެ ލޯނެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ އިތުރުން އެކްސްޕޯގައި ބައިވެރިވާ ފަރާތްތަކުގެ އުފެއްދުންތައް އިޝްތިހާރު ކުރުމަށާއި ދިވެހި ބާޒާރުގައި އެ އުފެއްދުންތައް ވިއްކޭނެ މަގު ފަހު ކޮށްދޭނެ ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީން ބުނެފައިވެއެވެ.

- ކޮމެންޓް