Advertisement
ކ. މާލެ
|
24 އޮކްޓޯބަރ 2019 | ބުރާސްފަތި 03:11
ފުލުހުން ބުރާސްފަތި ދުވަހުގެރޭ ހިންގި އޮޕަރޭޝަންގެ ތެރެއިން
ފުލުހުން ބުރާސްފަތި ދުވަހުގެރޭ ހިންގި އޮޕަރޭޝަންގެ ތެރެއިން
ވަން އޮންލައިން
ޓެރަރިޒަމް
ޓެރަރިޒަމްގެ ތުހުމަތުގައި މާލޭގެ ގެއެއް ފާސްކޮށް، ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް
ހައްޔަރު ކޮށްފައިވަނީ ފިރިހެނާކައި އަންހެނަކު
ފާސްކޮސްފައިވަނީ މ.ވޯލްނަޓް
ފުލުހުން އެ ގެ ފާސްކުރަން ފަށާފައިވަނީ ބުރާސްފަތި ދުވަހުގެރޭ 11 ޖެހިހާއިރު

ޓެރަރިޒަމްގެ ތުހުމަތުގައި ބުރާސްފަތި ދުވަހުގެރޭ ފުލުހުން ހިންގި ބަލާ ފާސްކުރުމުގެ އޮޕަރޭޝަންގައި މ. ވޯލްނަޓުން ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން އެ ގެ ފާސްކުރަން ފަށާފައިވަނީ ބުދަ ދުވަހުގެރޭ 11 ޖެހިހާއިރުއެވެ. ދެގަޑިއިރަށްވުރެ ގިނަ އިރުވަންދެން އެ ގެ ބަލާ ފާސްކުރުމަށް ފަހު ފިރިހެނަކާއި އަންހެނަކު ފުލުހުންގެ ވެހިކަލް އަށް އަރުވައިގެން ގެންދިޔަތަން އެތަނުގައި ހަރަކާތްތެެރިވި ރާއްޖެޓީވިގެ ނޫސްވެރިންނަށް ވަނީ ފެނިފައެވެ.

Advertisement

އެކަމާއި ގުޅިގެން ފުލުހުން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ފުލުހުން ގެއެއް ބަލާ ފާސްކޮށްފައިވާއިރު، ރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމަތަކަށް ދިވެހިން ފޮނުވާ ހަނގުރާމަވެރި ޖަމާއަތްތަކުގެ މީހުން ރެކްރޫޓް ކުރުމުގައި ހަރަކާތްތެރިވާ ކަމަށް ތުހުމަތު ކުރެވޭ އުމުރުން 35 އަހަރުގެ މީހަކު ވަނީ ބުދަ ދުވަހުގެރޭ ހައްޔަރު ކޮށްފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުން ފުލުހުން ފާސްކޮށްފައިވަނީ އެމީހާ ދިރިއުޅޭގެއެވެ.

ފުލުހުން ފާސްކުރި މ.ވޯލްނަޓް -- ފޮޓޯ: ވަންއޮންލައިން

ފުލުހުން ވަނީ މީގެ ކުރިންވެސް ޝޯޝަލް މީޑިއާގައި ޓެރަރިޒަމް އަށް ހިތްވަރުދިން މީހަކު ހައްޔަރުކޮށްފައެވެ.

މަރު ކޮމިޝަނުގެ ރިޕޯޓާއި ގުޅިގެން ސެޕްޓެމްބަރު މަހުގެ ތެރޭގައި ތަންތަން ބަލާ ފާސްކުުރުމުގެ މަސައްކަތް ފުލުހުން ފަށާފައިވާއިރު ޖުމްލަ 13 ތަނެއް ވަނީ ބަލާފާސްކޮށްފައެވެ. އެއީ މާލެ ސިޓީ އިން 12 ތަނަކާއި އައްޑޫ ސިޓީން އެއް ތަނެވެ.

އެ އޮޕަރޭޝަނަކީ ފުލުހުންގެ ކްރިމިނަލް އިންވެސްޓިގޭޝަން ކޮމާންޑާއި ފޮރެންސިކް ސަރވިސް ޑިޕާރޓްމެންޓް އަދި ޑިވިޒަނަލް ޕޮލިސިންގ ކޮމާންޑުން ކުރިއަށްގެންދާ އޮޕަރޭޝަނެކެވެ. އަދި މޯލްޑިވްސް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިންވެސް ފުލުހުންނަށް މިކަމުގައި އެހީތެރިކަން ފޯރުކޮށްދެމުންދާކަން ފާހަގަ ކޮށްލެވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް