Advertisement
ކ. މާލެ
|
24 އޮކްޓޯބަރ 2019 | ބުރާސްފަތި 00:52
ޖޭޕީގެ ލީޑަރ ގާސިމް އިބްރާހިމް
ޖޭޕީގެ ލީޑަރ ގާސިމް އިބްރާހިމް
ރާއްޖެއެމްވީ
ޖުމްހޫރީ ޕާޓީ
އަނެއް ދިވެހިރާއްޖެއަށް ދާން ބޭނުމެއް ނޫން: ގާސިމް
މި ގައުމު ފަސާދަ ކުރަން ރައްޔިތުން ޖާގަ ނުދޭނެ ކަމަށް ވިދާޅުވި
އެމްޑީއެން މައްސަލައިގައި ސަރުކާރުން ފިޔަވަޅު ނާޅާ ނުތިބޭނެ ކަމަށް ވިދާޅުވި

ބަޔަކު މީހުން އަނެއް ދިވެހިރާއްޖެއަށް ދާން ބޭނުންވި ނަމަވެސް ޖުމްހޫރީ ޕާޓީން އަނެއް ދިވެހިރާއްޖެ އަށް ދާން ބޭނުންނުވާކަމަށް ޖުމްހޫރީ ޕާޓީ(ޖޭޕީ)ގެ ލީޑަރ ޤާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

Advertisement

ޖޭޕީއާއި އަލަށް ގުޅުނު މެންބަރުންތަކެއް ސޮއިކުރުމަށް ބުދަ ދުވަހުގެ ރޭ ބޭއްވި ޙަފުލާގައި ވާހަކަ ދައްކަވަމުން ޤާސިމް ވިދާޅުވީ މީގެ އެއްހާސް އަހަރު ކުރިން ޣައިރު މުސްލިމް ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ އޮތް އިރުގެ ވާހަކަ ދައްކާ އަޑު އިވެމުންދާ ކަމަށާއި އެވާހަކަ ދައްކަވާ ބޭފުޅުން އެނގިވަޑައިގަންނަވާކަމަށެވެ.

އާދެ އެއީ އަޅުގަނޑުމެން 900 އެއްހާ އަހަރު ކުރީގައި ޣައިރު މުސްލިމުންގެ ގޮތުގައި މި ދިވެހިރާއްޖޭ އޮތްއިރު ދިޔަ އަނެއް ދިވެހިރާއްޖޭގެ ވާހަކަ ދައްކާ އަޑުއަހާ ބަޔަކު ތިބޭފުޅުންނަށް ވެސް އިވޭ ނޫންތޯ. އެދައްކަނީ ކާކުތޯ އެކަން ކުރަނީ ކޮންތާކުންތޯ ތިބޭފުޅުންނަށްވެސް އިވޭނެ ނޫންތޯ. އެ އަނެއްދިވެހިރާއްޖޭގެ ވާހަކަ އެދައްކަވަނީ.
ޖޭޕީގެ ލީޑަރ ގާސިމް އިބްރާހިމް

ޤާސިމުގެ ވާހަކަފުޅުގައި އެމްޑީއެންގެ ރިޕޯޓާއި މެދު އެމަނިކުފާނު ގެންގުޅުއްވާ ވިސްނުންވެސް ހާމަކުރެއްވިއެވެ. އެރިޕޯޓާއި ދެކޮޅުކަން ހާމަކުރައްވާ ވިދާޅުވީ އެރިޕޯޓުގެ އަޑު އޮއްބާލަން ބަޔަކު އުޅުނު ކަމުގައި ވިޔަސް އެކަމަށް ދިވެހި ރައްޔިތުން ފުރުޞަތު ނުދޭނެ ކަމަށެވެ.

އެމްޑީއެންއޭ ކިޔާ ބަޔަކު ކުރި ކަންތައްތައް ހަނދާން ނައްތާލަން އެއަޑު އޮއްބާލަން ބަޔަކު އަދި ބެރުޖެހިއަސް، ޑާންސް ކުރާކަށް ދިވެހި ރައްޔިތުންނެއް ނެތް.
ޖޭޕީގެ ލީޑަރ ގާސިމް އިބްރާހިމް

މަޖިލީހުގެ ރައީސް އަދި މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު ރައީސް މުހައްމަދު ނަޝީދަށް އިޝާރާތް ކުރައްވާ ޤާސިމް ވިދާޅުވީ އެބޭފުޅާއަށް ސަރުކާރުގެ ތެރޭގައި ދޭތެރެ ޖައްސާ މި ސަރުކާރު ވައްޓާލަން ފުރުޞަތު ނުދޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ދާދި ފަހުން ވިދާޅުވި ކަމަށެވެ. ނަމަވެސް އެވާހަކަތައް ޤަބޫލުކުރާނެ ބަޔަކު ނެތް ކަމަށާއި އެޖައްސަވާ ކުޅިގަނޑު ނޭނގޭ އެކަކުވެސް ނޫޅޭ ކަމަށް ގާސިމް ވިދާޅުވިއެވެ. އަދި މި ޤައުމު ފަސާދަ ކުރަން ރައްޔިތުން ޖާގަ ނުދޭނެ ކަމަށެވެ.

ބަލަ އިހަށްދުވަހު ނޫންތޯ ބުނީ... ތިމަންނާމެންގެ ބޮލަކަށް މި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަކަށް ނޭރެވޭނޭ. ތިމަންނާމެން މި ސަރުކާރު ވައްޓާލަން ފުރުޞަތު ނެތޭ. ދޭތެރެޖައްސަން ފުރުސަތު ދޭނެހޭ. ކޮން ބޭފުޅެއްތޯ ޕާލިމަންޓް މެންބަރެއް ވިދާޅުވިއެވެ. ނޫސްތަކުގައި ލިޔެފައިހުރިއެއް ނޫންތޯ. އަޅުގަނޑު ކޮންމެހެން އެބޭފުޅުންގެ ނަންކިޔާކަށް ބޭނުމެއް ނޫން. އެހެންކިޔާފައި މިއަދު މިވާހަކަ ދެއްކީމާ ކޮބައިތޯ ދެކޮޅު ޖެހެނީ ކިހިނެތްތޯ. އެހެންވީމާ އަޅުގަނޑު ބުނާނީ އެވާހަތައް ޤަބޫލުކުރާ މީހަކު ނޫޅެ. މިއަދު ތިޖަހާ ކުޅިގަނޑު ނޭންގެ ހަމައެއްވެސް މީހަކު ނޫޅެ. އެދުވަސް މާޒީވެ ހިނގައްޖެ.
ޖޭޕީގެ ލީޑަރ ގާސިމް އިބްރާހިމް

ޤާސިމް ވިދަޅުވީ އެމްޑީއެން މައްސަލައިގައި ސަރުކާރުން ފިޔަވަޅު ނާޅާ ނުތިބޭނެ ކަމަށެވެ. ކުޑަތަންކޮޅެއް ލަސްވެގެންދާ ދިއުމަކީ ޢަދުލު އިންސާފުގެ ތެރެއިން ކަންތައް ކުރެއްވުމަށްޓަކައި ވެރިކަމާ ޙަވާލުވެވަޑައިގެން ހުންނެވި ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދާއި ލަފާފުޅުގެ މަތިން ކަމަށް ވެދާނެ ކަމަށް ޤާސިމް ވިދާޅުވިއެވެ.

ދިވެހި ސަރުކާރުން އެކަމަށް ފުރިހަމައަށް ފިޔަވަޅު އަޅުއްވާނެ. ކުޑަތަންކޮޅެއް ލަސްވެގެންދާ ދިއުމަކީ އަދުލާއި އިންސާފުގެ ތެރެއިން ކަންތައް ކުރެއްވުމަށްޓަކައި ވެރިކަމާ ހަވާލުވެވަޑައިގެން ހުންނެވި ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދާއި ލަފާފުޅުގެ މަތިން ކަމަށް ވެސް ވެދާނެ. އަޅުގަނޑަށް ކަށަވަރު އެމަނިކުފާނު އެކަން އެކުރައްވަނީ ބަޔަކާމެދު ސަހަރޯވެރިވެގެން ނޫންކަން.
ޖޭޕީގެ ލީޑަރ ގާސިމް އިބްރާހިމް

ޤާސިމް ވިދާޅުވީ ކަމާގުޅުންހުރި މުޢައްސަސާތަކުން ޤާނޫނީ ވާޖިބު ޢަދާނުކޮށް ނުތިބޭނެ ކަމަށެވެ. އެމްޑީއެން އުވާލުމަކުން އެ މައްސަލަ ނުނިމޭ ކަމަށާއި ރިޕޯޓުގައި މަސައްކަތް ކުރި ފަރާތްތަކާއި މެދު ކޮންމެ ތަނެއްގައި ތިބި ނަމަވެސް ފިޔަވަޅު އެޅެންޖެހޭނެ ކަމަށް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް