އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންތުގެ މައްސަލައަށް ދާއިމީ ހަލެއްގެނުވައިދޭ ބޮޑު މަޝްރޫއު ސަރުކާރުން 37.5 މިލިއަން ޑޮލަރަށް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.
ހިތަދޫގައި 20 މެގަވޯޓުގެ ކަރަންޓުގެ މަޝްރޫއު ކުރިއަށްގެންދިއުމަށް ހަވާލުކުރީ ޗައިނާގެ ޑޮންގްފަނގ އިލެކްޓްރިކް އިންޓަނޭޝަނަލް ކޯޕަރޭޝަނާ އެވެ.
މި ބޮޑު މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ބުދަ ދުވަހު މާގިރި ހޮޓަލްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
އިކޮނޮމިކް މިނިސްޓްރީއިން ބުނީ މި މަޝްރޫއު ކުރިޔަށް ގެންދިޔުމަށް ބޭނުންވާ ފައިނޭންސް ހަމަޖެއްސުމުގެ ޒިންމާ އުފުލަންޖެހޭނީ ޑޮންގްފަނގ އިލެކްޓްރިކް އިންޓަރނޭޝަނަލް ކޯޕަރޭޝަނުން ކަމަށާއި ޕްރޭމްވަރކް އެގްރީމެންޓްގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި މިމަޝްރޫއުގެ ފައިނޭންސް ހަމަޖެހުމުން އީޕީސީ ކޮންޓްރެކްޓެއްގައި ސޮއިކޮށް، ކުރިއަށް އޮތް ދެމަސް ދުވަހުގެ ތެރޭގައި މިމަޝްރޫއު ފެށުމަށް ސަރުކާރުން ގަސްދުކުރާކަމަށެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ މި މަޝްރޫއު ފުރިހަމަކުރެވުމުން ދެކުނުގައި ދިމާވާ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ އެވެ. އަދި ނަތީޖާއެއްގެ ގޮތުން ސަރުކާރުން ދެކުނުގައި ހިންގުމަށް ރާވަފައިވާ އިޤްތިސާދީ މަސައްކަތްތައް ފެށުމަށް އިތުރު ހަލުވިކަމެއް ލިބިގެންދާނެކަމަށް ޝަރުކާރުން ބުންޏެވެ.
ސަރުކާރުން ދެކުނުގައި ކުރިއަށް ގެންދިޔުމަށް ރާވައިފައިވާ ބޮޑެތި މަޝްރޫއުތަކުގެ ތެރޭގައި، ފަތުރުވެރިކަން ފުޅާކުރުމާއި، އެއާރޕޯޓް އިތުރަށް ތަރައްގީކުރުމާއި، ކޮމާރޝަލް ޕޯޓް ތަރައްގީކުރުން ހިމެނެއެވެ.