Advertisement
ކ. މާލެ
|
14 މާރޗް 2017 | އަންގާރަ 15:52
ޗައިނާ އާއި ރާއްޖޭގެ ފޮރިން މިނިސްޓްރީގެ އޮފިޝަލުން ބައްދަލުވުމެއް
ޗައިނާ އާއި ރާއްޖޭގެ ފޮރިން މިނިސްޓްރީގެ އޮފިޝަލުން ބައްދަލުވުމެއް
ޓްވިޓަރ
އިންވެސްޓަރުންނަށް ބިރު
ޗައިނާގެ އިންވެސްޓަރުންތަކަކަށް ބިރު ދެއްކުމުން ފުލުހުންގެ ހިމާޔަތް ހޯދައިފި
މި މައްސަލައިގައި މީހަކު ހައްޔަރެއް ނުކުރޭ

މާލެ އައިސް އުޅޭ ޗައިނާގެ އިންވެސްޓަރުންތަކަކަށް ގޭންގަކުން ބިރު ދެއްކުމުން، ފުލުހުންގެ ހިމާޔަތުގައި އެ މީހުން އެހެން ހޮޓެލަކަށް ބަދަލުވެއްޖެ އެވެ.

ފުލުހުންގެ ތަރުޖަމާނު އަހްމަދު ޝިފާން ރާއްޖެ އެމްވީއަށް ވިދާޅުވި ގޮތުގައި މާލޭގެ ހޮޓަލެއްގައި ތިބި ބިދޭސީންތަކަކަށް ހޯމަ ދުވަހުގެ ހަވީރު ބަޔަކު ބިރު ދެއްކި މައްސަލަ ހުށަހެޅިފައިވާ ކަމަށެވެ. ނަމަވެސް އެ މައްސަލައިގައި ބަޔަކު އަދި ހައްޔަރެއް ނުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

މަންޒަރު ފެނުނު މީހަކު ބުނި ގޮތުގައި ބިރު ދެއްކީ ހެންވޭރުގައި ހުންނަ ހޮޓެލެއްގައި ތިބި ޗައިނާގެ ބަޔަކަށެވެ. އެ މީހުން ތިބި ހޮޓާ ކުރިމައްޗަށް ސައިކަލްތަކުގައި ގިނަ އަދަދެއްގެ ބަޔަކު ޖަމާވެ ޗައިނާ ދެ މީހުންނަށް ބިރު ދެއްކީ، ޕްރޮޖެކްޓްގެ "ކަޓް ފައިސާ" ހޯދުމަށް ކަަމަށް އެ މީހުން ދެއްކި ވާހަކަތަކުން އެނގޭ ކަމަށް ރާއްޖެއެމްވީއާ ވާހަކަ ދެއްކި މީހާ ބުންޏެވެ.

ރާއްޖެ އެމްވީއަށް އެނގިފައިވާ ގޮތުގައި ބިރު ދެއްކި ދެ މީހުންނަކީ ޗައިނާގެ ސީއެމްސީޔޫ އިންޖިނިއަރިން ކުންފުނީގެ ބައެކެވެ. އެ ކުންފުންޏަކީ ކޮންޓްރެކްޓަ ފައިނޭންސް އުސޫލުން، ޒިކްރާ މިސްކިތް އެޅުމަށާއި ހުޅުމާލޭގެ ދެ ވަނަ ފޭސްގައި ސޯޝަލް ހައުސިން މަޝްރޫއު ހިންގަން އައި ބައެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް