ކ. މާލެ
|
22 އޮކްޓޯބަރ 2019 | އަންގާރަ 20:37
ދިގުރަށް ރިސޯޓް އެންޑް ސްޕާ
ދިގުރަށް ރިސޯޓް އެންޑް ސްޕާ
ދިގުރަށް ރިސޯޓް އެންޑް ސްޕާ
ދިގުރަށް ރިސޯޓް އެންޑް ސްޕާ
މަރާމާތަށްފަހު ދިގުފަރު ރިސޯޓް އެންޑް ސްޕާ އަންނަ މަހު ހުޅުވަނީ
މިއީ 2016 ވަނަ އަހަރު ހުޅުވާފައިވާ ރިސޯޓެއް
އަލުން ހުޅުވިގެންދާ އިރު ކޮޓަރީގެ އަދަދު އިތުރުވާނެ ކަމަށް ރިސޯޓުން ބުނޭ
މިއީ ދިގުފަރު އިންވެސްޓްމަންޓުން ތަރައްގީކޮށްފައިވާ ރިސޯޓެއް

ބ.ދިގުފަރު ރިސޯޓް އެންޑް ސްޕާ މަރާމާތު ކުރުމަށް ފަހު އަންނަ އަހަރު ހުޅުވާނެ ކަމަށް އެ ރިސޯޓުން ބުނެފިއެވެ.

މި ރިސޯޓު އަލުން ހުޅުވާއިރު، ރިސޯޓުގެ ކޮޓަރިތަކަށް ބޮޑު ބަދަލުތަކެއް ދަނީ ގެންނަމުންނެވެ. އަދި އޭގެ އިތުރުން މޫދު ވިލާތަކާއި މޫދު ކޮޓަރިތައް ވެސް ފެންނާނެ ކަމަށް އެ ރިސޯޓުން ބުނެފައިވެއެވެ.

ޖުމްލަ 40 ވިލާއާ އެކު މީގެ ތިން އަހަރު ކުރިން ހުޅުވި ދިގުފަރު ރިސޯޓު ހުޅުވާނީ އަންނަ އަހަރުގެ ޖޫން މަހުގައެވެ. ރިސޯޓު އަލުން ހުޅުވިގެންދާ އިރު ކޮޓަރީގެ އަދަދު ވެސް އިތުރުވެގެން ދާނެ ކަމަށް އެ ރިސޯޓުން މައުލޫމާތު ދެއެވެ.

މި ރިސޯޓަކީ ބ.އަތޮޅުގައި ހިމާޔަތް ކޮށްފައި އޮންނަ ބަޔޯސްފިއާ ސަރަހައްދުގައި އޮންނަ ރިސޯޓެކެވެ. މި ރިސޯޓަކީ ދިގުފަރު އިންވެސްޓްމަންޓުން ތަރައްގީކޮށްފައިވާ ރިސޯޓެކެވެ.

- ކޮމެންޓް