Advertisement
ކ. މާލެ
|
22 އޮކްޓޯބަރ 2019 | އަންގާރަ 16:09
އެމްއެންޑީއެފްގެ ކޯސްޓްގާޑް
އެމްއެންޑީއެފްގެ ކޯސްޓްގާޑް
މުހައްމަދު ޝަރުހާން
އެމްއެންޑީއެފް
ފިޔާ ހިފައިގެން ދަތުރުކުރި ބޯޓުގައި ތިބި މީހުން އެހެން ބޯޓަކަށް ނަގައިފި
އެންމެންގެ ހާލު ރަނގަޅު ކަމަށް މައުލޫމާތު ލިބޭ

ފިޔާ ބަރުކޮށްގެން އިންޑިއާގެ ޓުޓިކޮރިން ބަނދަރުން ފުރައިގެން މާލެ ދަތުރުކުރަމުން ދަނިކޮށް އަޑިއަށްދިޔަ "އެމްއެސްވީ އާކް އޮފް ގޯޑް" ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓްގައި ތިބި މީހުން ކަނޑުވެފައި ތިއްބައި، އެހެން ބޯޓަކަށް ނަގައިފިއެވެ.

އެމްއެންޑީއެފުން ބުނީ މިހާދިސާގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ އަންގާރަ ދުވަހުގެ މެންދުރު 13:10 ހާއިރު ކަމަށާއި، އެބޯޓު އަޑިއަށްދިޔައިރު، އޭގައި 9 މީހުން ތިބިކަމުގެ މަޢުލޫމާތު ވަނީ ލިބިފައިވާ ކަމަށެވެ. އަދި މި 9 މީހުން ކަނޑުވެފައި ތިއްބައި، ނަގާފައިވަނީ މާލެއިން ފުރައިގެން އިންޑިއާގެ ޓުޓިކޮރިން ބަނދަރަށް ދަތުރުކުރަމުންދިޔަ ރާއްޖޭގެ ބޯޓެއް ކަމުގައިވާ "ވީބީ ޕްރޮގްރެސް" ނަމަކަށް ކިޔާ ބޯޓަކަށް ކަމަށެވެ.

އެމްއެންޑީއެފުން ބުނީ މިބޯޓު، ކަނޑުމަތިން ނެގި މީހުންނާއެކު މިހާރު ދަތުރުކުރަމުންދަނީ އިންޑިއާގެ ޓުޓިކޮރިން ބަނދަރަށް ވަނުމަށް ކަމަށާއި، މިބޯޓާއެކު، އިންޑިއާ ކޯސްޓްގާޑުގެ އުޅަނދެއް ދަނީ ހަރަކާތްތެރިވަމުން ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

Advertisement

އެމްއެންޑީއެފުން ބުނީ މި 9 މީހުންގެ ހާލު ރަނގަޅު ކަމަށް މައުލޫމާތު ލިބޭ ކަމަށާއި، އަދި، މި މީހުންނާ ބެހޭ އިތުރު މައުލޫމާތު ލިބިފައިނުވާ ކަމަށެވެ. އަދި މި ބޯޓު އަޑިއަށްދިޔަ ސަރަޙައްދު މިހާތަނަށް ސާފުވެފައި ނުވާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

އަޑިއަށްދިޔަ ބޯޓަކީ، "މިޑް ސީ ޝިޕިންގ ޕްރައިވެޓް ލިމިޓެޑް" ގެ އެޖެންޓްކަމުގެ ދަށުން ދުއްވަމުން ދިޔަ ބޯޓެއް ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. އެ ބޯޓު އަޑިއަށްދިޔައިރު، ބޯޓުގައި ގައ އެސްޓީއޯގެ 1500 ބަސްތާ ފިޔާ ހުއްޓެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް