Advertisement
ކ. މާލެ
|
14 މާރޗް 2017 | އަންގާރަ 14:18
ފިލްމީތަރި ކޮމަންޑޫ އައްޔަ
ފިލްމީތަރި ކޮމަންޑޫ އައްޔަ
ފޭސްބުކް
ފިލްމީތަރި އައްޔަގެ މަރު
ފިލްމީތަރި ކޮމަންޑޫ އައްޔަ މަރުވި މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް
މަސްތުވާތަކެތީ ރެކޯޑް އޮތް ނަމަވެސް އޭނާ މަރުވީ އޯވަރ ޑޯޒް ވެގެން ކަމަށް ފުލުހުން ނުބުނޭ
ހަށިގަނޑުގެ ބޭރުފުށުން އެއްވެސް އަނިޔާއެއް ފެންނާކަށް ނެތް ކަމަށް ފުލުހުން ބުނޭ
އެއްޗެއް ބުނަން އެނގޭނީ ޓެސްޓްތަކުގެ ނަތީޖާ ލިބުމުން ކަމަށް ފުލުހުން ބުނޭ

ފިލްމީ ތަރި އަލީ އަހުމަދު (ކޮމަންޑޫ އައްޔަ) ހެންވޭރު ގާޑެން ބިއުޓީގޭގައި މަރުވެފައި އޮއްވާ ފެނުނު މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް އަންގާރަ ދުވަހު "ރާއްޖެއެމްވީ" އަށް ވިދާޅުވީ އައްޔަ މަރުވި މައްސަލާގައި އެއްޗެއް ބުނަން އަދި މާއަވަސް ކަމަށާއި އެމައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ ތަރުޖަމާނު އަހްމަދު ޝިފާން އަންގާރަ ދުވަހު ވިދާޅުވި ގޮތުގައި ހ. ގާޑެން ބިއުޓީ މީހަކު މަރުވެފައި އޮއްވާ ފެނިފައިވާ ކަމަށާއި އެހާދިސާގެ ޚަބަރު ފުލުހުންނަށް އަންގާފައި ވަނީ ހޯމަ ދުވަހު އިރުއޮއްސި 6:40 ހާއިރު ކަމަށެވެ.

މަރުވެފައިވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައި ގޭބަންދުގައި ހުރި ފިލްމީ ތަރި އަލީ އަހުމަދު ކަމަށާއި އޭނާގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް އަނިޔާއެއް ފެންނަން ނެތް ކަމަށް ޝިފާން ވިދާޅުވި އެވެ. އަދި އިތުރު ތަހުލީލްތައް ކުރުމަށް އޭނާގެ ހަށިގަނޑު އައިޖީއެމްއެޗަށް ގެންގޮސް ޓެސްޓްތައް ހެދި ކަމަށް ވެސް ޝިފާން ވިދާޅުވިއެވެ. އޭނާގެ ހަށިގަނޑު މިހާރު ވަނީ ވަޅުލާފައެވެ.

އައްޔައަކީ މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑް އޮތް މީހެއް ނަމަވެސް އޭނާ މަރުވެފައިވަނީ އޯވަރޑޯޒް ވެގެން ކަމަށް ފުލުހުން ބުނެފައެއް ނުވެއެވެ.

އަލީ އަހުމަދަކީ ދިވެހި ފިލްމު "ހަތަރު އުދަރެސް" ފިލްމީ ދާއިރާއަށް ތައާރަފްވި ފަންނާނެކެވެ. ވަރަށް ބޮޑަށް މަޝްހޫރުކަން ހޯދަމުން ދަނިކޮށް އޭނާގެ ފިލްމީ ކެރިއަރު މެދުކެނޑިގެން ދިޔައީ މަސްތުވާތަކެތީގެ މައްސަލައެއްގައި ބަންދުކޮށް ޖަލަށް ލުމުންނެވެ. އޭނާ މަރުވި އިރު ވެސް އޭނާގެ މައްޗަށް ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި ދިޔައީ ކްރިމިނަލް ކޯޓުގައި ޝަރީއަތް ހިންގަމުންނެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް