Advertisement
ކ. މާލެ
|
21 އޮކްޓޯބަރ 2019 | ހޯމަ 11:52
މާލެސިޓީ ކައުންސިލްގެ މޭޔަރ ޝިފާ މުހައްމަދު
މާލެސިޓީ ކައުންސިލްގެ މޭޔަރ ޝިފާ މުހައްމަދު
ޝުއައިބް މުހައްމަދު އިގްބާލް
މާލެ ސިޓީ ކައުންސިލް
ޕްރޮޖެކްޓްގައި ވާގޮތުން 21 ހުސް ބިމެއްގައި ޕާކިންގ އިމާރާތް ގާއިމުކުރަން ވަނީ ނިންމާފައި : މާލެސިޓީ ކައުންސިލް
މާލޭގައި އެކަނި 70،000 ސައިކަލު އެބަހުރި
ވެހިކަލް ގެނައުން ކޮންޓްރޯލް ކުރުމަށް ދަނީ މަޝްވަރާކުރަމުން
ވަރަށް އަވަހަށް މާލޭގައި ޕަބްލިކް ޓްރާންސްޕޯޓްގެ ހިދުމަތް ތައާރަފްކުރާނެ

މާލޭގެ ތޮއްޖެހުމުގެ މައްސަލަ ހައްލުކުރުމަށް އެކުލަވާލައިފައިވާ ޕްރޮޖެކްޓްގައި ވާ ގޮތުން، 21 ހުސް ބިމެއްގައި ޕާކިންގ އިމާރާތް ގާއިމުކުރަން ނިންމާފައިވާކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރ ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.

ރާއްޖެއެމްވީއަށް ދިން ހާއްސަ ބަސްދީގަތުމެއްގައި ޝިފާ މުހައްމަދު ވިދާޅުވީ، މާލޭގެ ޕާކިންގް މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި ކުރާ މަސައްކަތުގެ ތެރެއިން، 21 ހުސް ބިމެއްގައި ޕާކިންގ އިމާރާތް ގާއިމު ކުރުމަށް މަޝްވަރާ ކުރެވެމުންދާކަމަށާއި މިހާތަނަށް ހޯދުނު ހޯދުންތަކުން މަގުތަކުގައި ޕާކް ކުރެވޭނެ އަދަދުތައް ކަނޑައަޅައިފައިވާކަމަށެވެ.

ޝިފާ ވިދާޅުވީ ކަމާބެހޭ ވުޒާރާތަކާއި ގުޅިގެން މަޝްވަރާތައް ކުރަމުން އަންނައިރު، އެންމެ ފަހުން ބޭއްވުނު ވަޒީރުންގެ މަޖިލީހުގައިވެސް މާލެ ތޮއްޖެހުމުގެ މައްސަލައަށް ހައްލު ހޯދުމަށް ރާވާފައިވާ ކަންތައްތައް ހިއްސާކޮށްފައިވާނެކަމަށެވެ. ޕާކް ކުރުމަށް ގާއިމުކުރާ އިމާރާތްތައް އެޅުމަށް ނިންމާފައިވާ ބިންތަކުގެ މައުލޫމާތު ހިއްސާކުރަމުން ޝިފާ ވިދާޅުވީ އެ 21 ބިމަކީ ކައުންސިލްގެ ބެލުމުގެ ދަށުގައި ވާ ތަންތަނެއް ނޫންކަމަށާއި ކުރިޔަށް އޮތީ ކަމާބެހޭ އިދާރާތަކާއި ގުޅިގެން އިމާރާތް ފަރުމާ ކުރުމުގެ މަޝްވަރާކުރުންކަމަށެވެ.

Advertisement

މާލެ ތޮއްޖެހުމުގެ މައްސަލަ ހައްލުކުރުމަކީ މި ސަރުކާރުން ވަރަސް ބޮޑު އިސްކަމެއް ދީގެން ކުރާ މަސައްކަތަކަށް ވާއިރު، މިކަމާއި ގުޅިގެން ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ޑެޕިއުޓީ މިނިސްޓަރ އަލީ ޝިމާޒު ވިދާޅުވީ، ވެހި ކަލްތައް އެތެރެކުރުމަށް ލިމިޓެއް ކަނޑައެޅުމަށާއި ވަކި އޭޖް ލިމިޓެއް ކަނޑައެޅައި މާލެގެ ތޮއްޖެހުމަށް ހައްލެއް ގެނައުމަށްޓަކައި އެ މިނިސްޓްރީންވެސް ވަރަށް ބޮޑަށް މަސައްކަތްކުރަވަމުން ދާކަމަށެވެ. އަދި ޝިމާޒު ވަނީ ޕާކިންގް މައްސަލައަށް ހައްލެއް ގެނައުމަށްޓަކައި ޕާކް ކުރެވޭ އިމާރާތް ގާއިމުކުރާނެކަން ކަށަވަރު ކޮށްދެއްވާފައެވެ.

މާލެ ހިތްފަސޭހަ ތަނަކަށް ހެދުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅެއްކަށް ވާއިރު، ރައްޔިތުންގެ ހިޔާލާއި ޝަކުވާތަކަށް ބަލައި މާލޭގެ އިންޓީރިއަރ ބަދަލުކުރުމުގެ ހާއްސަ ޕްރޮޖެކްޓެއް މާލެ ސިޓީ ކައުންސިލްގެ ފަރާތުން ވަނީ ފަށާފައެވެ. އެންމެ ފަހުގެ ހިސާބުތަކަށް ބަލާއިރު ވެރިކަން ކުރާ މާލޭގައި 70000 ސައިކަލު ހުރި އިރު، ތޮއް ޖެހުން ހައްލުކުރުމަށް މާލޭގައި ބަހުގެ ހިދުމަތް ތައާރަފްކުރުމަށް ވަނީ ނިންމާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް
23 އޮކްޓޯބަރ 2019 | ބުދަ 08:55
ވޯލް
ތިހެން ކިޔާލަ ކިޔާލަ ތިބޭ، މިހާރުން މިހާރަށްވެސް ވެހިކަލް ،މާލޭގައި ރަޖިސްޓްރީ ކުރުން ހުއްޓާލަންވެއްޖެ. އެހެން ނުނީ ކަލޭމެން ޕާކިން ހަދާ ނިމޭއރިު އޭގެ 6 ގުނަ ވެހިކަލް އިތުރުވެފަ އޮންނާނީ.