Advertisement
ކ. މާލެ
|
21 އޮކްޓޯބަރ 2019 | ހޯމަ 09:07
މޯލްޑިވިސް ޕޮލިސް ސާރވިސް
މޯލްޑިވިސް ޕޮލިސް ސާރވިސް
މުހައްމަދު ޝަރުހާން
ފުލުހުން
އަޒްރާ ހޯދަން ކުރި އިއުލާން ނެގީ އާންމު އުސޫލުގެ ތެރެއިން: ފުލުހުން
އަބަދުވެސް ހޯދާ މީހާގެ މައުލޫމާތު ލިބުމުން ޕޯސްޓް ޑިލީޓް ކުރަން
އެއީ ކުރިންވެސް އަމަލު ކުރަމުން އަންނަ ގަވާއިދު
އާންމުގެ ތެރޭގައި ފިތުނަފަސާދަ އުފެދޭ ގޮތަށް ވާހަކަ ނުދެއްކުމަށް ފުލުހުން އިލްތިމާސްކުރޭ

މީހެއް ހޯދުމަށް އިއުލާނުކުރާ ޕޯސްޓް، އެ މީހަކަށް ކޮންޓެކްޓް ކުރެވޭ ހިސާބުން އަބަދުވެސް ރިމޫވް ކުރާކަމަށް މޯލްޑިވިސް ޕޮލިސް ސަރވިސް އިން ބުނެފިއެވެ.

ފުލުހުން މިހެން ބުނެފައިވަނީ ، ބޮޑުވެގެން އުޅޭ މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވާރކް (އެމްޑީއެން) ގެ ރިޕޯޓް ތައްޔާރު ކުރުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި މިނިވަން ނޫހުގެ ކުރީގެ ނޫސްވެރިޔާ ހ. ސެލްވޭޝަން، ޑރ. ފާތިމަތު އަޒްރާ ނަސީމް ފުލުހަށް ހާޒިރުވާން އަންގައި ކުރި ޓުވީޓު ޑިލީޓް ކުރުމާއި ގުޅިގެން ސޯޝަލް މީޑިއާ މެދުވެރިކޮށް ޓުވީޓް ޑީލީޑް ކުރި ސަބަބާއި މެދު ސުވާލު އުފައްދާފައި ވަނިކޮށެވެ.

ޑރ އަޒްރާ ވަނީ މީގެ ކުރިންވެސް ފުލުހުންނަށް ދިރިއުޅޭ ތަނުގެ މައުލޫމާތާއި ގުޅޭނެ ގޮތުގެ ހުރިހާ މައުލޫމާތެއް ހިއްސާކޮށްފައެވެ.

Advertisement

އެކަމާއި ގުޅިގެން ފުލުހުން ބުނެފައިވަނީ، ހޯދަން އުޅޭ މީހާއާއި ކޮންޓެކްޓް ކުރެވޭ ހިސާބުން ހޯދަން އިއުލާނު ކުރާ ޕޯސްޓް ރިމޫވްކުރާކަމަށާއި އެއީ ހުރިހަ މައްސަލަތަކުގައިވެސް މިހާތަނަށް ފުލުހުން އަމަލު ކުރަމުން އަންނަ އުސޫލުކަމަށެވެ.

މިހާރު ފެންމަތިވެގެން އުޅޭ ދީނަށް ހަޖޫޖެހި ކަމަށް ބުނާ އެމްޑީއެންގެ ރިޕޯޓާއި ގުޅިގެން ދީން ހިމާޔަތްކުރުމުގެ ނަމުގައި ރުޅިވެރިކަން އުފެއްދުމަށް ބަޔަކު މަސައްކަތް ކުރަމުން ދާ ދަނޑިވަޅެއްގައި ވަކިން ޚާއްސަކޮށް އާންމު ތަންތަނުގައި މީސްމީހުންގެ ފުރާނާ އާއި ނަފްސަށް ގެއްލުންދިނުމަށް ގޮވާލާ އަނިޔާވެރި އަމަލުތައް ހިއްވަރު ލިބޭ ގޮތަށް ސޯޝަލް މީޑިއާގައި ލިޔުމާއި ކުރެހުންތައް ފޮޓޯ އާއްމުކޮށް ހަދަމުންދާ ކަމަށާއި، ދީން ހިމާޔަތް ކުރުމުގެ ނަމުގައި ނަފްރާތާއި ބައިބައިވުމާއި ރުޅިވެރިކަން އުފެދޭ ގޮތަށް ވާހަކަ ނުފެތުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް