Advertisement
ކ. މާލެ
|
21 އޮކްޓޯބަރ 2019 | ހޯމަ 00:20
2013-2018 އަށް ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ގޮތް ދައްކުވައިދޭ މެޕް
2013-2018 އަށް ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ގޮތް ދައްކުވައިދޭ މެޕް
ކަސްޓަމްސް
ފާއިތުވެދިޔަ ފަސް އަހަރު ރާއްޖެއަށް މަސްތުވާތަކެތި
މިދިޔަ ފަސް އަހަރު ދުނިޔޭގެ 19 ޤައުމަކުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށްފައިވޭ: ކަސްޓަމްސް
ދުނިޔޭގެ 4 ބަައްރެއްގެ 19 ޤައުމަކުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށްފައިވޭ
ފާއިތުވެދިޔަ ފަސްއަހަރު ރާއްޖެއަށް މަސްތުވާތަކެތި އެންމެ ގިނައިން އެތެރެކޮށްފައިވަނީ އޭޝިއާގެ ޤައުމުތަކުން
ވިލާތު ފަސް ޤައުމަކުންވެސް ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށްފައިވޭ

ފާއިތުވެދިޔަ ފަސް އަހަރު ރާއްޖެއަށް ނަވާރަ ޤައުމަކުން މަސްތުވާތަކެތި އެތެރެކޮށްފައިވާކަމަށް ކަސްޓަމްސްގެ ރިކޯޑުތަކުން ހާމަވެއްޖެއެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސަސްގެ ރަސްމީ ޓްވިޓަރ އެކައުންޓުގައި ޢާއްމުކޮށްފައިވާ ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރާ ގޮތް ދައްކުވައިދޭ ޗާރޓުން ފެންނަގޮތުގައި ދުނިޔޭގެ 4 ބަައްރެއްގެ 19 ޤައުމަކުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށްފައިވެއެވެ.

Advertisement

2013 ވަނަ އަހަރުން 2018 އާއި ދޭތެރޭގެ މުއްދަތުގައި ރާއްޖެއަށް މަސްތުވާތަކެތި އެންމެ ގިނައިން އެތެރެކޮށްފައިވަނީ އޭޝިއާ ބައްރުގެ ޤައުމުތަކުންނެވެ. އެގޮތުން އެއްގަމާއި ކަނޑުމަގުން ރާއްޖެއަށް މިޞަރަޙައްދުގެ 10 ޤައުމަކުން މަސްތުވާތަކެތި އެތެރެކުރިކަން މި ޗާޓުން ހާމަވެއެވެ. ރާއްޖެއަށް މިމުއްދަތުގައި މަސްތުވާތަކެތި އެތެރެ ކުރި ޤައުމުތަކަކީ:

  1. ސްރީލަންކާ
  2. އިންޑިއާ
  3. ޕާކިސްތާން
  4. އީރާން
  5. ބަންގްލަދޭޝް
  6. ޔުނައިޓެޑް އަރަބް އެމިރޭޓްސް
  7. ޤަތަރު
  8. މެލޭޝިޔާ
  9. އުޒްބަކިސްތާން
  10. ކަޒަޚަސްތާން
  11. ތައިލޭންޑް

މި ޗާޓުން ފެންނަގޮތުންނަމަ ދެވަނައަށް އެންމެ ގިނަ ޢަދަދަކަށް ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށްފައިވަނީ ވިލާތު ޤައުމުތަކުންނެވެ. އެ ޤައުމުތަކަކީ:

  1. ބެލްޖިއަމް
  2. ޖަރުމަން ވިލާތް
  3. އިގިރޭސި ވިލާތް
  4. ނެދަލޭންޑް
  5. ސްޕެއިން

އެފްރިކާ ބައްރުގެ ތިން ޤައުމެއްކަމަށްވާ އިތިއޯޕިއާއާއި، ބެނިންއާއި ޓެންގޯއިންވެސް ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށްފައިވާއިރު، ރާއްޖެއާއި އެންމެ ދުރުން ބްރެޒިލް އާއި ޓްރިނިޑާޑް އެންޑް ޓޮބޭގޯއިންވެސް ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށްފައިވާކަން ކަސްޓަމްސްގެ ޗާޓުން ދައްކައެވެ.

ކަސްޓަމްސްއިން އާދީއްތަދުވަހު އާއްމުކުރި ޗާޓުގައި ރާއްޖެއަށް އެއްގަމާއި ކަނޑުމަގުން މަސްތުވާތަކެތި އެތެރެކުރާ ޤައުމުތައް ދައްކުވައިދިން ނަމަވެސް، އެޤައުމުތަކުން މަސްތުވާތަކެތި އެތެރެ ކުރި މިންވަރާއި އެތެރެކުރި ގޮތުގެ ތަފްޞީލެއް ހާމަކޮށްފައެއް ނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް