Advertisement
ކ. މާލެ
|
14 މާރޗް 2017 | އަންގާރަ 07:33
އޭޑީކޭ ހޮސްޕިޓަލް - އެޗް1އެން1 ވައިރަސާއި ގުޅިގެން ބޭނުންކުރާ އިންފްލުއެންޒާ ވެކްސިން ހުރީ ވަރަށް މަދުކަމަށް މިނިސްޓްރީން ބުނޭ
އޭޑީކޭ ހޮސްޕިޓަލް - އެޗް1އެން1 ވައިރަސާއި ގުޅިގެން ބޭނުންކުރާ އިންފްލުއެންޒާ ވެކްސިން ހުރީ ވަރަށް މަދުކަމަށް މިނިސްޓްރީން ބުނޭ
އަޒުމޫން އަހުމަދު
އެޗް1އެން1 ވައިރަސް ފެތުރުން
އިންފްލުއެންޒާ ވެކްސިން ހުރީ ވަރަށް މަދުން: ހެލްތް މިނިސްޓްރީ
ވެކްސިންގެ "ބޮޑު އަދަދެއް ނެތުމުން" އެންމެ މުހިންމު އުމުރު ފުރާތަކަށް އެ ވެކްސިން ބޭނުންކުރުމުގެ މަޝްވަރާ ކުރޭ
ވެކްސިންގެ ސްޓޮކް އިތުރުކުރުމާއި ގުޅޭގޮތުން މަޝްވަރާކުރަމުންގެންދޭ
ލިބޭނެ ދުވަހެއް ނޭނގޭ، އެކުވެރި ދައުލަތްތަކުގެ އެހީ ބޭނުންވޭ

އެޗް1އެން1 ވައިރަސާއި ގުޅިގެން ބޭނުންކުރާ އިންފްލުއެންޒާ ވެކްސިން ހުރީ ވަރަށް މަދުންކަމަށް ހެލްތު  މިނިސްޓްރީން ބުނެފި އެވެ.

 

އެޗް1އެން1 ވައިރަސްއަށް ޕޮޒިޓިވްވާ ކޭސްތައް އިތުރުވެ، ލެވްލަ ތިނެއްގެ އެލާޓް ނެރުމަށްފަހު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން އޭޑިކޭގެ ޑޮކްޓަރ އަދި ޓާސްކް ފޯސްގައި އިސްކޮށް ހަރަކާތްތެރިވާ ޑރ. އަބްދުﷲ ނިޔާފް ވިދާޅުވީ އިންފްލުއެންޒާ ވެކްސިން ރާއްޖޭގައި ހުރީ ވަރަށް މަދުންކަމަށެވެ. ނުވަތަ ލިމިޓެޑް ސްޓޮކްއެއް ކަމަށެވެ. އަދި ވެކްސިންގެ "ބޮޑު އަދަދެއް ނެތުމުން" އެންމެ މުހިންމު އުމުރު ފުރާތަކަށް އެ ވެކްސިން ބޭނުންކުރުމުގެ މަޝްވަރާ ކުރަމުން އަންނަކަމަށް ޑރ. ނިޔާފް ވިދާޅުވި އެވެ.

 

"ބޮޑު އަދަދެއް އަޅުގަނޑުމެންގެ އަތުގައެއް ނެތް. އަޅުގަނޑުމެންގެ އަތުގައި ލިމިޓެޑް ސްޓޮކެއް އޮތީ. ދެން ބަލިޖެހިފައިވާ ފަރާތްތަކަށް ފަރުވާދޭން ވެކްސީންދޭކަށް ނުޖެހޭ. ބަލިޖެހޭ ފަރާތަށްދޭ ބޭހަކީ ޓެމިފުލޫކިޔާ ބޭހެއް. ޓެމިފުލޫ ބޭސް އަޅުގަނޑުމެން އެބަ ބޭނުންކުރަން. އަޅުގަނޑުމެން މިހާތަނަށް މަޝްވަރާކުރީމި ލިމިޓެޑް ސްޓޮކްއެއްވީމަ، އެންމެ މުހިންމު އޭޖް ގުރޫޕެއް ނުވަތަ އެންމެ މުހިންމު ކެޓަގަރީއެއް ކަނޑައަޅާފަ ވެސްކިންތައް ބޭނުންކުރަން. އެ މަޝްވަރާތައް އަޅުގަނޑުމެން ކުރިއަށްގެންދަން އެބަ." ޑރ. ނިޔާފް ވިދާޅުވި އެވެ.

 

ޑރ. ނިޔާފް ވިދާޅުވީ، ވެކްސިންގެ ސްޓޮކް އިތުރުކުރުމާއި ގުޅޭގޮތުން މަޝްވަރާކުރަމުންގެންދާ ކަމަށެވެ. އަދި އެކަމުގައި އެކުވެރި ދައުލަތްތަކުގެ އެހީތެރިކަމާއި، ޖަމިއްޔާ ޖަމާއަތްތަކުގެ އެހީތެރިކަމަށް އެދޭނެކަމަށް ޑރ. ނިޔާފް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ވެކްސިންއަކީ ޑަބްލިޔުއެޗްއޯ ގަބޫލުކުރާ ވެކްސިނަކަށްވާންޖެހޭކަމަށާއި، އެހެންކަމުން ވެކްސިން ހޯދުމުގައިވެސް ބަލަންޖެހޭ ކަންތައްތަކެއް ހުރި ކަމަށެވެ. އަދި ވިދާޅުވީ ވެކްސިން ލިބޭނެ ތާރީހެއް ބުނަން ނޭނގޭ ކަމަށެވެ.

 

"ވެކްސިން ހޯދަންމިޖެހެނީ ޑަބްލިޔުއެޗްއޯ އެޕްރޫވް ވެކްސިންތަކެއް. އެހންވީމަ އަޅުގަނޑުމެން ޑަބްލިޔުއެޗްއޯއަށްވެސް ގުޅާ ރާއްޖެއަށް ބޭސްފޯރުކޮށްދޭ އެކި ފަރާތްތަކަށް ގުޅާ، އެކުވެރި ދައުލަތްތަކާއި ގުޅިގެން ވެކްސިން ހޯދުމަށް މަސައްކަތްކުރާނަން. މި ވަގުތު ވަރަށް ދަތި ލިބޭނެ ވަރެއް ބުނަން. ފުލޫ ވެކްސިންއަކީ ދުނިޔޭގައިވެސް ވަރަށް ލިމިޓެޑް ވެކްސިންއެއް" ޑރ. ނިޔާފް ވިދާޅުވި އެވެ.

 

ނޫސްވެރިންގެ ބައްދަލުވުމުގައި އައިޖީއެމްއެޗްގެ ޑޮކްޓަރު ނިޔާޝާ އިބްރާހިމް ވިދާޅުވީ، އިންފްލުއެންޒާ ވެކްސިން ލިބެނީ ކޮންމެ އަހަރެއްގެ ހައްޖު މޫސުމާއި ދިމާކޮށް ކަމަށެވެ. އަދި އެއީ ވަރަށް އަވަހަށް މުއްދަތު ހަމަވާ ވެކްސިންއެއް ކަމަށާއި، ކޮންމެ ހަ މަހަކުން މުއްދަތު ހަމަވާކަމަށެވެ. އެހެންކަމުން ވެކްސިން ހޯދުމައި އުނދަގޫތަކެއް ކުރިމަތިވާކަމަށް ނިޔާޝާ ވިދާޅުވި އެވެ.

 

ހެލްތު މިނިސްޓްރީގެ ޓާސްކް ފޯހުން ގަބޫލުކުރާގޮތުގައި ކުރިއަށް އޮތް މުއްދަތުގެ ތެރޭގައި އެޗް1އެން1 ވައިރަސް ރާއްޖޭގައި އިންތިހާއަށް އިތުރުވާނެ އެވެ. އަދި އެ ވަރަހުން ރައްކާތެރިވުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަންޖެހޭނެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް