Advertisement
ކ. މާލެ
|
20 އޮކްޓޯބަރ 2019 | އާދީއްތަ 18:48
ރައީސުލް ޖުމްހޫރިއްޔާގެ އޮފީސް
ރައީސުލް ޖުމްހޫރިއްޔާގެ އޮފީސް
ކުންފުންޏަށް މެމްބަރުން ޢައްޔަންކުރުން
ރައީސުލްޖުމްހޫރިއްޔާ އަލަށް އުފެއްދެވި ދެ ކުންފުންޏަށް މެމްބަރުން އައްޔަންކޮށްފި
"ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް" އާއި "ޓްރޭޑް ނެޓް" ކުންފުނި ރައީސުލް ޖުމްޙޫރިއްޔާ އުފެއްދެވީ މިދިޔަ ހަފުތާގައި
"ޓްރޭޑް ނެޓް" ކުންފުންޏަށް އެމްޑީ އާއި ޗެއަރމަން ހިމެނޭ ގޮތުން ޖުމްލަ ހަ ޑިރެކްޓަރުން ވަނީ ހަމަޖައްސަވާފައި
"ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް" ގެ ބޯޑަށް މެނޭޖިން ޑިރެކްޓަރަކާއެކު، ހަތަރު ބޭފުޅުން ވަނީ އައްޔަން ކުރައްވާފައި

ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު އަލަށް އުފައްދަވާފައިވާ، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑާއި ޓްރޭޑް ނެޓް ކޯޕަރޭޝަން ލިމިޓެޑްގެ ބޯޑަށް މެމްބަރުން ޢައްޔަން ކޮށްފިއެވެ.

ޕްރައިވަޓައިޒޭޝަން ބޯޑުން މިއަދު ވަނީ "ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް" ގެ ބޯޑަށް މެނޭޖިން ޑިރެކްޓަރަކާއެކު، ހަތަރު ބޭފުޅަކު އައްޔަން ކުރައްވާފަވެ. އެގޮތުން އެ ކުންފުނީގެ އެމްޑީ އަކަށް މޫސާ އަލިމަނިކު ހަމަޖައްސާފައި ވާއިރު، ބޯޑުގައި ދެން ހިމެނެނީ އަޙްމަދު މަރުޒޫގާއި، އަޙްމަދު ޝަރީފުގެ އިތުރުން ޝަމްވީލް މުޙައްމަދެވެ. ޗެއަރމަން އާއެކު އެ ކުންފުނީގެ ބޯޑްގައި ޖުމްލަ ފަސް ބޭފުޅުން ތިއްބަވަން ޖެހުނު ނަމަވެސް، ޗެއަރމަނެއް އަދި ހަމަޖައްސާފައެއް ނުވެއެވެ.

ރައީސުލް ޖުމްހޫރިއްޔާ މިދިޔަ ހަފުތާ އުފެއްދެވި ޓްރޭޑް ނެޓް ކުންފުންޏަށް ވެސް ޕްރައިވަޓައިޒޭޝަން ބޯޑުން މިއަދު ވަނީ ޗެއަރމަންއާއި މެނޭޖިންގ ޑިރެކްޓަރ ހިމެނޭ ގޮތުން ޖުމްލަ ހަ ޑިރެކްޓަރުން ހަމަޖައްސަވާފައެވެ. އެ ކުންފުނީގެ ޗެއަރމަނަކަށް ހަމަޖައްސަވާފައި ވަނީ ޔޫސުފް ރިޒާއެވެ. މެނޭޖިންގ ޑިރެކްޓަރަކަށް ޢައްޔަން ކުރައްވާފައިވަނީ އަޙްމަދު ޝިހާމް ޢަލީއެވެ. އެ ކުންފުނީގެ ބޯޑުގައި ދެން ހިމެނިވަޑައިގަންނަވަނީ ނާހިޔާ މުޙައްމަދާއި، ޝުރުފާ އަބްދުލް ވާހިދާއި، އަދި މަހުމޫދު ރިޔާޒުގެ އިތުރުން މަރިޔަމް ވިޝާމް އަޙްމަދު އެވެ. ޓްރޭޑް ނެޓް ކުންފުނީގެ ބޯޑުގައި ޖުމްލަ ހަތްބޭފުޅުން ތިބެންޖެހެއެވެ. އެހެންކަމުން ބޯޑު ފުރިހަމަވާނީ އަދި އެއް ޑިރެކްޓަރަކު ހަމަޖައްސައިގެންނެވެ.

Advertisement

"ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް" ރައީސުލްޖުމްހޫރިއްޔާ އުފެއްދެވީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެމަތިން، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގައި، އެއްގަމު ދަތުރުފަތުރު ކުރެވޭނެފަދަ މަގުތަކެއް ރަނގަޅު ފެންވަރެއްގައި ހަދައި، ބެލެހެއްޓޭނެ ނިޒާމެއް ގާއިމުކޮށްފައި އޮތުމަކީ، ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ ޚިދުމަތަކަށްވާތީ، އެކަމަށް ޚާއްސަކޮށްގެންނެވެ.

ޓްރޭޑް ނެޓް ކުންފުނި ރައީސުލްޖުމްހޫރިއްޔާ އުފެއްދެވީ ސަރުކާރުން ފޯރުކޮށްދޭ ޚިދުމަތްތައް އެއް ވިއުގަޔަކުން ގުޅާލުމުގެ ވިސްނުންފުޅުގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް