Advertisement
ކ. މާލެ
|
20 އޮކްޓޯބަރ 2019 | އާދީއްތަ 07:37
ފޮރިން ސެކްރެޓަރީ އަބްދުލްޢަފޫރް މުހައްމަދު
ފޮރިން ސެކްރެޓަރީ އަބްދުލްޢަފޫރް މުހައްމަދު
ފޮރިން މިނިސްޓްރީ
ފޮރިން މިނިސްޓްރީ
"ނާމް" ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ފޮރިން ސެކްރެޓަރީ ފުރާވަޑައިގެންފި
ދަތުރުފުޅު ނިންމާލެއްވުމަށް ފަހު ރާއްޖެ ވަޑައިގަންނަވާނީ މިމަހުގެ 26 ގައި
މި ފަހަރުގެ ސަމިޓް ބޭއްވުމަށް ހަމަޖެހިފައިވަނީ އަޒަރްބައިޖާންގައި
މިއީ ނާމް ގެ 18 ވަނަ ސަމިޓު

ނޮން-އެލައިންޑް މޫވްމަންޓް (ނާމް) ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ފޮރިން ސެކްރެޓަރީ އަބްދުލްޢަފޫރް މުހައްމަދު ފުރާވަޑައިގެންފިއެވެ.

އޮކްޓޯބަރު 25 އިން 26 އަށް އޮންނަ 18ވަނަ ނާމް ސަމިޓު ބޭއްވުމަށް ހަމަޖެހިފައިވަނީ އަޒަރްބައިޖާންގައެވެ. މި ސަމިޓްގައި 120 ގައުމަކުން ބައިވެރިވާއިރު، މި މަހުގެ 21 -22 އަށް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ސަމިޓް ކުރިޔަށް ދާގޮތް މަޝްވަރާކުރުމަށް އިންތިޒާމްކުރާ އިސްފަރާތްތަކުގެ މެދުގައި ބޭއްވޭ ބައްދަލުވުމެކެވެ.

Advertisement

މީގެ އިތުރުން މި މަހުގެ 23 އަދި 24 ވަނަ ދުވަހު ގައުމުތަކުގެ އިސްފަރާތްތަކާއިއެކު މަޝްވަރާގެ ބައްދަލުކުރެއްވުމަށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުކުރެއްވުމުގައި ރާއްޖޭގެ ފޮރިން ސެކްރެޓަރީ ވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.

ނޮން އެލައިންޑް މޫވްމަންޓަކީ ދުނިޔޭގެ ބާރުތައް ހިއްސާކުރުމާ ގުޅޭގޮތުން ދުނިޔޭގެ ބޮޑު ދެބާރު ކަމުގައިވާ އެމެރިކާއާއި ސޯވިއެޓް އިއްތިހާދާ ދެމެދު ހިނގައިދިޔަ އަރާރުންތަކުގެ ތެރޭގައި ފިތިބާރުވާންޖެހި އެކަމުގެ ހިތްހަމަނުޖެހުމުގައި، އެއްވެސް ފަރާތަކަށް ނުޖެހި ތިބުމަށް 1961 ވަނަ އަހަރު އުފެއްދި އިއްތިހާދެކެވެ. މިއިއްތިހާދު އުފެއްދުމަށް އެންމެ މައިގަނޑު ދައުރެއް އަދާކުރެއްވީ އިންޑިއާގެ ފުރަތަމަ ބޮޑުވަޒީރު ޖަވާހަރްލާލް ނެހްރޫއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް