Advertisement
ކ. މާލެ
|
19 އޮކްޓޯބަރ 2019 | ހޮނިހިރު 13:47
ބަނގުރަލާއި ބޭސް ނައްތާލަނީ
ބަނގުރަލާއި ބޭސް ނައްތާލަނީ
ކަސްޓަމްސް
ބަނގުރާ ނައްތާލުން
ގިނަ އަދަދެއްގެ ބަނގުރަލާއި ބޭސް ނައްތާލައިފި
833 ލީޓަރުގެ އަލްކަހޯލް ނައްތާލި
ބޭހުގެ ގޮތުގައި ބޭނުންކުރާ 13208 ގުޅަ ވެސް ނައްތާލި

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރަލާއި ބޭސް ނައްތާލައިފިއެވެ.

ކަސްޓަމްސްއިން ބުނީ ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރަލާއި ބޭސް ނައްތާލީ 17 އޮކްޓޫބަރު 2019 ވަނަ ދުވަހު ކ.ތިލަފުށީގެ ސައިޓްގައި ކަސްޓަމްސް އޮފިސަރުންނާއި މީޑިއާގެ ހާޒިރުގައި ކަމަށެވެ.

އެގޮތުން ނައްތާލި ތަކެތީގެ ތެރޭގައި 833 ލީޓަރުގެ އަލްކަހޯލާއި، ޖިންސީ ގުޅުން ހިންގުމަށް ބޭނުންކުރާ ތަފާތު ބާވަތްތަކުގެ 843 އައިޓަމްއާ، ބޭހުގެ ގޮތުގައި ބޭނުންކުރާ 13208 ގުޅާގެ އިތުރުން 949 ސްޕްރޭ ފުޅިއެވެ.

Advertisement

ކަސްޓަމްސްއިން ބުނީ މިތަކެއްޗަކީ ކަސްޓަމްސްގެ އާންމު ގަވައިދުގެ ދަށުން ބޮންޑެޑް ވެއަހައުސްގައި ހުންނަ މުދާ މުއްދަތު ހަމަވުމުގެ ސަބަބުން ނުވަތަ ހަލާކުވުމުގެ ސަބަބުން ކަސްޓަމްސް އިން ނައްތާލުމުގައި އަމަލުކުރާ އުސޫލުގެ ދަށުން ނައްތާލެވުނު ތަކެތި ކަމަށެވެ.

ކަސްޓަމްސްގެ އާންމު ގަވައިދުގެ ދަށުން އެކަށައެޅިފައިވާ ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ހިފެހެއްޓޭ މަނާތަކެތި ކަސްޓަމްސް އިން ނައްތާލުމުގައި އަމަލުކުރާ އުސޫލުގެ ދަށުން ނައްތާލެވުނު ތަކެތިވެސް މީގެ ތެރޭގައި ހިމެނޭނެ ކަމަށް ކަސްޓަމްސްއިން މައުލޫމާތުދެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް