Advertisement
ކ. މާލެ
|
18 އޮކްޓޯބަރ 2019 | ހުކުރު 18:52
ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް
ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް
ޝުއައިބް މުހައްމަދު އިގްބާލް
އެމްޑީޕީ
ޝިފާޒް ބަލި ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް: އަސްލަމް
އިންތިޚާބް ކާމިޔާބު ކުރެވޭނެ ކަމުގެ 100 ޕސެންޓް ޔަގީންކަން އެބަ އޮތް ކަމަށް ވިދާޅުވި

ދިވެހިރައްޔިތުންގެ ޑިމޮކްރެޓީކް ޕާޓީ (އެމްޑީޕީ) ނައިބް ރައީސް ކަމަށް ދެވަނަ ދައުރަކަށް ކުރިމަތިލައްވާނެ ކަމަށް ވިދާޅުވެފައިވާ އެ ޕާޓީގެ ކުރީގެ ނައިބް ރައީސް މުހައްމަދު ޝިފާޒް ބަލިކުރެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން އަސްލަމް ވިދާޅުވީ ހުސްވެފައިވާ އެމްޑީޕީގެ ނައިބް ރައީސް ކަމުގެ މަޤާމަށް އޭނާ ކުރިމަތިލެއްވުމަށް ނިންމާފައިވާ ކަމަށާއި އިންތިޚާބުތަކުގައި ކުރިމަތިލުމަށް އެދޭ ފޯމް ހޮނިހިރު ދުވަހު ހުށަހަޅުއްވާނެ ކަމަށެވެ.

އަދި އިންތިޚާބް ކާމިޔާބު ކުރެވޭނެ ކަމުގެ 100 ޕަސެންޓް ޔަގީންކަން އެބަ އޮތް ކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ދެ ދުވަހެއްގެ ތެރޭގައި ތާއީދު ހޯދުމަށް ކެމްޕޭން ފަށާނެ ކަމަށާއި ކެމްޕޭން ޓީމް އެކުލަވާލައި ވަގުތު އޮތް މިންވަރަކުން ދެވޭނެ ރަށްތައް ކަނޑައަޅުއްވާނެ ކަމަށެވެ.

Advertisement

އެމްޑީޕީގެ ރައީސްގެ ކަމަށް އިތުރު ދައުރަކަށް ކުރިމަތިލާން ނިންމަވާފައިވާ ކަމަށް އެޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ. އަދި އެމްޑީޕީގެ އެންމެހައި މެމްބަރު ވޯޓު ދިނުމަށް އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.

އެމްޑީޕީގެ ރައީސް ކަމުގެ މަގާމަށް ރައީސް ނަޝީދު ކުރިމަތިލައްވާނެ ކަމަށް އިއުލާންކުރުމާއެކު ގިނަ ބަޔަކު ގެންދަނީ އެމަނިކުފާނަށް ތާއީދުކުރަމުންނެވެ.

އެމްޑީޕީގެ ރައީސްކަމާއި ނައިބު ރައީސްކަމުގެ މަގާމު ހުސްވެފައިވާތީ މި ދެ މަގާމަށް ބޭފުޅުން ހޮވުމަށް ބާއްވާ އިންތިޚާބުގައި ވާދަކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލީ ހޯމަ ދުވަހުއެވެ. އިންތިޚާބުތަކުގައި ކުރިމަތިލުމަށް އެދޭފޯމް ފުރިހަމަކޮށް ހުރިހާ ލިޔެކިޔުންތަކާއެކު މި މަހުގެ 19 ވަނަ ދުވަހުގެ ކުރިން ޕާޓީ އަށް ފޯމް ހުށައެޅުމަށެވެ. އަދި މެއިލް މެދުވެރިކޮށްވެސް ފޯމު ހުށައެޅޭނެ ކަމަށް އެމްޑީޕީން ބުންޏެވެ

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް