Advertisement
ކ. މާލެ
|
18 އޮކްޓޯބަރ 2019 | ހުކުރު 18:05
އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ބައި އިލެކްޝަން ވޯޓް ލުން
އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ބައި އިލެކްޝަން ވޯޓް ލުން
ޓްވިޓަރ
އެމްޑީޕީ
އެމްޑީޕީގެ ބައެއް ދާއިރާތަކުގެ ބައި އިލެކްޝަން ކުރިޔަށްދަނީ
ވޯޓްލުން ފެށީ ހުކުރު ދުވަހު ހަވީރު
ވިއްސާރަވުމުން ވޯޓް ލާ ގަޑި ވަނީ އިތުރުކޮށްފަ

މޯލްޑިވިއަން ޑިމަކްރޮޓިކް ޕާޓީ (އެމްޑީޕީ)ގެ އެތެރޭގެ އިންތިހާބުގެ ބައެއް ދާއިރާތަކުގެ ބައި އިލެކްޝަންގެ ވޯޓު ލުން ކުރިޔަށްދާން ފަށައިފިއެވެ.

ވޯޓްލުން ކުރިޔަށް ދަނީ ހުކުރު ދުވަހުގެ ހަވީރުން ފެށިގެން އެމްޑީޕީގެ މައި ހަރުގޭގައެވެ.

ހުކުރު ދުވަހު ބާއްވަމުންދާ ޕާޓީގެ އެތެރޭގެ އިންތިހާބުގެ ބައި އިލެކްޝަންތަކުގައި ވޯޓް ލަނީ ކ. ގުރައިދޫ ދާއިރާގެ އިތުރުން ހެންވޭރު ހުޅަނގު ދާއިރާ އާއި މައްޗަންގޮޅި އުތުރު ދާއިރާ އަދި މައްޗަންގޮޅި ދެކުނު ދާއިރާ އަށެވެ.

Advertisement

ޑިފެންސް މިނިސްޓަރު އަދި ކުރީގެ ޗެއަރޕާސަން އަލްއުސްތާޛާ މާރިޔާ ދީދީ އާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިހާރު ވަނީ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވޯޓް ލައްވާފައެވެ.

ވޯޓް ލުން ކުރިޔަށްދާނެ ގަޑި ވަނީ ވިއްސާރަ ވުމުގެ ސަބަބުން ހުކުރު ދުވަހުގެ ރޭ 7:00 އަށް އިތުރުކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް