Advertisement
ކ. މާލެ
|
18 އޮކްޓޯބަރ 2019 | ހުކުރު 14:53
މާލެ އަށް ކުރަމުން ދާ ވިއްސާރަ
މާލެ އަށް ކުރަމުން ދާ ވިއްސާރަ
ޝުއައިބް މުހައްމަދު އިގްބާލް
ތްރީ ޖެން ވޯކް
މޫސުން ގޯސްވުމުގެ ސަބަބުން ޕެންޝަން އޮފީހުން ބޭއްވުމަށް ނިންމި އުމުރުން ދުވަސްވީ މީހުންގެ ހިނގާލުން ފަސްކޮށްފި
ހިނގާލުން ދެން އޮންނަ ދުވަހެއް ޕެންޝަން އޮފީހުން އިއުލާނުކުރާނެ
ހިނގާލުން ފަސްކުރީ މޫސުން ގޯސްވުމުގެ ސަބަބުން

މޫސުން ގޯސްވުމުގެ ސަބަބުން ޕެންޝަން އޮފީހުން އުމުރުން ދުވަސްވީ މީހުންގެ ހިނގާލުން ފަސްކޮށްފިއެވެ.

"ތްރީ ޖެން ވޯކް" ގެ ނަމުގައި ބާއްވާ އިވެންޓް މީގެކުރިން ބޭއްވުމަށް ހަމަޖެހިފައިވަނި 18 އޮކްޓޯބަރ ވާ ހުކުރު ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް ހުޅުމާލޭ ސެންޓްރަލް ޕާކްގައި ކަމަށެވެ. ނަމަވެސް މާލޭ ސަރަހައްދަށް މުސުން ގޯސްވުމާއި ގުޅޯިގެން ޕެނޝަން އޮފީހުން ވަނީ ހުކުރު ދުވަހުގެ ހަވީރު ބޭއްވުމަށް ހަމަޖެހިފައިވާ ހިނގާލުން ފަސްކޮށްފައެވެ. އަދި ހިނގާލުން ދެން ބާއްވާނެ ދުވަހެއް ވަރަށް އަވަހަށް އިއުލާނުކުރާނެކަމަށްވެސް އެ ފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ.

"ޖާރނީ ޓު އޭޖް އީކުއަލިޓީ" ތީމެއްގެ ގޮތުގައި ކަނޑައަޅައިފައިވާ ތްރީ ޖެނެރޭޝަން ހިނގާލުމުގައި ހުރިހާ އުމުރެއްގެ ފަރާތްތައް ބާއިވެރިވާއިރު، އެ ހަރަކާތް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ތަފާތު ހަރަކާތްތައް ކުރިޔަށް ދާނެ ކަމަށް ޕެންޝަން އޮފީހުން މީގެކުރިން ވަނީ ބުނެފައެވެ. އެގޮތުން، ފޮޓޯ ބޫތުން އާއިލާ އާއިއެކު ފޮޓޯ ނެގުމުގެ އިންތިޒާމާއި، ހަދިޔާ ބެހުމުގެ އިތުރުން އާންމުން ހޭލުންތެރިކުރުމަށް ހަރަކާތްތަކެއް ގެންދިޔުމަށްވެސް ވަނީ ހަމަޖެހިފައެވެ. މި އިވެންޓަކީ ޕްލާސްޓިކް ފްރީ އިވެންޓެކެވެ

Advertisement

ހިނގާލުމުގައި ބައިވެރިވާ އެކި ޖީލުތަކުގެ އާއިލާތަކުގެ މެދުގައި ގުރުއަތުން ހޮވޭ ފަރާތްތަކަށް ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން، ހޮވާލެވޭ ތިން ނަސީބުވެރިޔަކަށް 2،000ރ ހުށަހަޅާފައިވާއިރު ތިން ޖީލަށްވުރެ ގިނަ ޖީލުތައް ހިމެނޭ ގޮތަށް ބައިވެރިވާ އާއިލާތަކުގެ މެދުގައި ނެގޭ ގުރުއަތުން ހޮވޭ އާއިލާ އަކަށް 3،000ރ. ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން، ހިނގާލުމުގައި ބައިވެރިވާ އާއިލާތަކުގެ ތެރެއިން އެންމެ ދޮށީ އުމުރުގެ މީހަކު ހިމެނޭ އާއިލާ އަށް ވެސް 3،000ރ ދިނުމަށް ވަނީ ހަމަޖެހިފައެވެ. ޕެންޝަން އޮފީހުން ބުނެފައިވަނީ ހަރަކާތުގައި ބައިވެރިވާ ފަރާތްތަކަށް ހުޅުމާލެއަށް ދެވޭނެ ގޮތަށް ޓްރާންސްޕޯޓްގެ ކަންކަން ހަމަޖެއްސުމަށްޓަކައި މަސަތްކަތް ކުރަމުން ދާނެކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް