Advertisement
ކ. މާލެ
|
18 އޮކްޓޯބަރ 2019 | ހުކުރު 13:14
އެއްބަސްވުންތަކުގައި ސޮއިކުރި ރަސްމިއްޔާތުގެ ތެރެއިން
އެއްބަސްވުންތަކުގައި ސޮއިކުރި ރަސްމިއްޔާތުގެ ތެރެއިން
ޓްވިޓަރ
އެޑިޔުކޭޝަން މިނިސްޓްރީ
ތިން ސްކޫލެއްގެ ކްލާސްރޫމްތައް އިމާރާތްކުރުމަށް 03 ކުންފުންޏަކާ ހަވާލުކޮށްފި
ސީއެޗްއެސްއީ ގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ 08 ފަންގިފިލާ
ފިޔޯރި ސްކޫލް ގައި 2 ފަންގިފިލާގެ 6 ކްލާސްރޫމް އެޅުމަށް ވަނީ ނިންމާފައި
ހުރާ ސްކޫލްގައި 2 ފަންގިފިލާގެ 6 ކްލާސްރޫމް އެޅުމަށް ވެސް ވަނީ ނިންމާފައި

ތިން ސްކޫލެއްގައި އަލަށް އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ކްލާސްރޫމްތައް އިމާރާތްކުރުމަށް 03 ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ބުނީ ސީއެޗްއެސްއީ ގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ 08 ފަންގިފިލާގެ އިމާރާތުގެ މަސައްކަތް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވާ ކަމަށެވެ. 420 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް މިމަސައްކަތް ހަވާލުކުރީ ތިރީސްތިން މިލިއަން ރުފިޔާ ޚަރަދުވާ ކަމަށެވެ. އަދި މި މަސައްކަތްތަކަށް ޚަރަދުކުރަނީ މިއަހަރުގެ ބަޖެޓުގެ ޕީއެސްއައިޕީން ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

Advertisement

އެޑިޔުކޭޝަން މިނިސްޓްރީން ބުނީ ގދ.ފިޔޯރި ސްކޫލް ގައި 2 ފަންގިފިލާގެ 6 ކްލާސްރޫމް އެޅުމަށް ހަވާލުކޮށްފައިވަނީ އިނޯކާ ޕްރައިވެޓް ލިމިޓެޑާއެވެ. މިމަސައްކަތް 225 ދުވަހުގެ ތެރޭގައި ނިންމާގޮތަށްހަވާލުކޮށްފައިވަނީ ފަސް މިލިޔަނަށް ވުރެ ގިނަ ރުފިޔާއަށް ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

މީގެ އިތުރުން މާރިސް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ކ.ހުރާ ސްކޫލްގައި 2 ފަންގިފިލާގެ 6 ކްލާސްރޫމް އިމާރާތްކުރުމަށް ވަނީ ހަވާލުކޮށްފައެވެ. އަދި ހަތަރު މިލިއަންއަށްވުރެ ގިނަ ރުފިޔާ މިމަޝްރޫއަށް ހަރަދުވާއިރު، މިމަސައްކަތްޗ 250 ދުވަހުގެ ތެރޭ ނިންމަންޖެހެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް