Advertisement
ކ. މާލެ
|
18 އޮކްޓޯބަރ 2019 | ހުކުރު 11:20
ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އައިމިނަތު ޝައުނާ
ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އައިމިނަތު ޝައުނާ
ރައީސް އޮފީސް
އެސްއޭޕީ
ސަރުކާރުގެ އެސްއޭޕީގައި ނުހިމެނޭ އެއްވެސް ކަމެއް ބަޖެޓުގައި ނުހިމެނޭނެ: ޝައުނާ
މަސައްކަތް ކުރިޔަށްދާ މިންވަރު ބެލުމަށް ހާއްސަ 3 ވޯރކިންގް ގުރޫޕެއް ކަނޑައަޅާފައިވާނެ
ކޮންމެ މިނިސްޓްރީއެއްގައިވެސް އެސްއޭޕީ މެނޭޖަރެއްގެ އިތުރުން ޕީއާރު މެނޭޖަރެއްވެސް ހުންނާނެ
އެސްއޭޕީގެ ކަންކަން ތަންފީޒުކުރެވޭ މިންވަރު ވަޒީރުންގެ މަޖިލީހަށް ކޮންމެ 4 މަހުން އެރުވޭނެ

މި ފަސް އަހަރަށް އެކުލަވާލައިފައިވާ ސްޓެރެޓީޖިކް އެކްޝަން ޕްލޭންގައި ނުހިމެނޭ އެއްވެސް ކަމެއް ކުރިޔަށް އޮތް 5 އަހަރު ދުވަހުގެ ބަޖެޓްގައި ނުހިމެނޭނެ ކަމަށް ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

އެސްއޭޕީގެ ހިމެނޭ ކަންތައްތަކާއި ބެހޭ ގޮތުން މައުލޫމާތު ދެއްވުމަށް ރައީސް އޮފީހުގައި ބޭއްވުނު ބައްދަލުވުމުގައި ޝައުނާ ވިދާޅުވީ ބަޖެޓް ތައްޔާރުކުރަމުން އަންނައިރު ރައްޔިތުންނަށް އޭގެ ފުރިހަަމަ މައުލުމާތު އެނގި، މަޝްރޫއުތަކަށް ހޭދަވާވަރާއި ބަޖެޓަށް އަދަދެއް ކަނޑައަޅާފައި އޮންނައިރު، އެ ފައިސާ ހޭދަވަނީ ކިހިނެއް ކޮންގޮތަކަށްކަން އެނގެން ޖެހޭކަމަށެވެ. އަދި ސަރުކާރުން އެކުލަވާލައިފައިވާ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހިމެނޭ ކަންކަން ކަނޑައަޅައިފައިވާ ތާރީހަށް ނިމޭތޯ ބެލުމަށް ރާވާފައިވާ ގޮތްތަކަށް އަލިއަޅުވައިލައްވަމުން ޝައުނާ ވިދާޅުވީ އެސްއޭޕީގައި ހިމެނޭ ކަންތައްތައް ތަންފީޒުކުރުމަށް މަތިކޮށްފައިވާ މިނިސްޓްރީތަކުން ކުރާ މަސައްކަތް ބެލުމަށް އެސްއޭޕީ މެނޭޖަރުން ކޮންމެ މިނިސްޓްރީއަކަށް ކަނޑައަޅާފައިވާނެކަމަށެވެ.

ޝައުނާ ވިދާޅުވީ މިނިސްޓްރީތަކުން ކޮންމެ ދުވަހަކު ކުރައްވަން ޖެހޭނެކަމަކީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުން ކަމަށާއި ކުރިޔަށް އޮތް ފަސް އަހަރު ދުވަހުގެ ބަޖެޓުގައިވެސް ސްޓްރެޓީޖިކް ޕްލޭންގައި ނުހިމެނޭ އެއްވަސް ކަމެއް ނުހިމެނޭނެކަމަށް ޝައުނާ ވިދާޅުވިއެވެ.

Advertisement

ސަރުކާރުން ކުރާ ކަންތައްތަކުގެ މައުލޫމާތު ރައްޔިތުންނަށް ހިއްސާކުރުމަކީ ވަރަށް މުހިންމު ކަމެއްކަން ފާހަގަކޮށް ޝައުނާ ވިދާޅުވީ، ކޮންމެ މިނިސްޓްރީއެއްގައިވެސް އެސްއޭޕީގެ މަސައްކަތާއި ބެހޭ މައުލޫމާތު އާންމުކުރުމަށް ހާއްސަ ޕަބްލިކް ރިލޭޝަން މޭނޭޖަރެއް ކަނޑައަޅާފައިވާނެކަމަށެވެ. ޝައުނާ ވިދާލުވީ ކުރަންހުރި ކަންތައް ނުކުރެވިގެން "ތެޅިފޮޅިގަންނާނީ" އަހަރު ނިމިގެން ނުވަތަ ދައުރު ނިމެންވާއިރަށް ނޫންކަމަށާއި މައިގަނޑު 33 ދާއިރާއަކަށް 3 ވޯރކިންގް ގްރޫޕް ކަނޑައޅާފައިވާނެކަމަށެވެ.

އޭގެތެރޭގައި، ނޫ އިސްތިސާދާއި، ޖަޒީރާ ދިރިއުޅުން އެއް ވޯރކިންގް ގުރޫޕެެެއްގެ ގޮތުގައި ހިމެނޭއިރު، އޯގާތެރި ސަރުކާރާއި ފަހުރުވެރި އާއިލާ އަދި ހެޔޮ ވެރިކަން ވޯރކިންގް ގުރޫޕްތަކުގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ. ޝައުނާ ވިދާޅުވީ އެއް ޔުނިޓެއްގެ ގޮތުގައި ސަރުކާރުން އެކުލަވާލި ސިޔާސަތުތައް ކާމިޔާބުނުކުރެވޭނެކަމަށާއި ވޯރކިންގް ގްރޫޕްތަކުން ކޮންމެ 4 މަހަކުން އެއް ފަހަރު ވަޒީރުންގެ މަޖިލީހަށް މަސައްކަތް ކުރިޔަށްދާ ގޮތުގެ ރިޕޯޓެއް ހުށަހަޅަން ޖެހޭނެކަމަށެވެ.

އެސްއޭޕީ ގައި މައިގަނޑު ދެކަމެއް ހިމެނެއެވެ. އެއީ ސަރުކާރުން ކަންކަން ކުރަންވީ ގޮތުގެ ތަރުތީބުގެ އިތުރުން ސަރުކާރު ޖަވާބުދާރި ކުރުމެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް