Advertisement
ކ. މާލެ
|
18 އޮކްޓޯބަރ 2019 | ހުކުރު 11:07
ސަސްޕެންޑްކޮށްފައިވާ މޯލްޑިވް ގޭހުގެ އެމްޑީ ޝަޒައިލް ޝިޔާމް
ސަސްޕެންޑްކޮށްފައިވާ މޯލްޑިވް ގޭހުގެ އެމްޑީ ޝަޒައިލް ޝިޔާމް
މޯލްޑިވް ގޭހުގެ އެމްޑީ ސަސްޕެންޑްކުރުން
ސަސްޕެންޑް ކުރުމަށް ނިންމެވި ނިންމުމަށް އިހުތިރާމްކޮށް މަރުހަބާ ކިޔަން: ޝަޒައިލް
ސަސްޕެންޑް ކުރެވުނީ ރައީސް އޮފީހުގެ ކޮރަޕްޝަންގެ ޝަކުވާ ހުށައަޅާ އޮންލައިން ޕޯޓަލްއަށް ލިބިފައިވާ ޝަކުވާތަކަކާއި ގުޅިގެން
ނުއަގުގައި މޯލްޑިވް ގޭހުން ގޭސް ގަތް މައްސަލަ މަޖިލީހުގެ އެސްއޯއީ ކޮމިޓީން އަދި އޭސީސީއިން ވެސް އަންނަނީ ބަލަމުން
ޝަޒައިލް ވަނީ ކުރެވޭ ހުރިހާ ތުހުމަތުތަކަށް އިންކާރަކޮށްފައި

ކޮރަޕްޝަންގެ ތުހުމަތުތަކަކާއި ގުޅިގެން، ސަސްޕެންޑްކުރުމަށް ނިންމެވި ނިންމުމަށް އިހުތިރާމްކޮށް މަރުހަބާ ކިޔާކަމަށް މޯލްޑިވް ގޭހުގެ މެނޭޖިިންގ ޑިރެކްޓަރު ޝަޒައިލް ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝަޒައިލް ފޭސްބުކް ޕޯސްޓެއް މެދުވެރިކޮށް ކުރެވުނު ހުރިހާ ތުހުމަތުތަކަށް އިންކާރަކޮށް، ވިދާޅުވެފައިވަނީ، މޯލްޑިވް ގޭހުގެ މްނޭޖިންގް ޑިރެކްޓަރަކަށް އައްޔަނުކުރެވުނު ހިސާބުން ފެށިގެން ކުންފުނި ހިންގައިފައިވާ މުއާމަލާތްތަކުގެ ހިސާބުތަށް ފެންނަން ހުންނާނެކަމަށެވެ. އަދި ސަރުކާރުގެ ޒީރޯ ޓޮލަރެންސް ސިޔާސަތުގެ ދަށުން ހުށަހަޅާފައިވާ ތުހުމަތުތައް ތަހުގީގުކޮށް ބަލައި ނިމެންދެން، ސަސްޕެންޑް ކުރުމަށް ނިންމެވި ނިންމުމަށް އިހްތިރާމްކޮށް މަރުހަބާކިޔާކަމަށާއި، ކޮރަޕްޝަންގެ އެއްވެސް އަމަލެއް ހިންގައިފައި ނުވާނެކަމުގެ ޔަގީންކަން އެންމެހާ ރައްޔިތުންނަށް ދެއްވާކަމަށް ޝަޒައިލް ވިދާޅުވި އެވެ.

ޝަޒައިލް ސަސްޕެންޑްކޮށްފައިވަނީ، ރައީސް އޮފީހުން ހުޅުވާލާފައިވާ "ޒީރޯ ޓޮލަރަންސް ޓު ދަ ކޮރަޕްޝަން" ޕޯޓަލްއަށް ލިބިފައިވާ ޝަކުވާތަކަކާއި ގުޅިގެންނެވެ. ޝަޒާއިލްއާ ބެހޭގޮތުން ހުށައެޅިފައިވާ ޝަކުވާތަކުގެ ތެރޭގައި، މަގާމުގެ މަސްއޫލިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރާ ކަމުގެ ޝަކުވާތަކާއި މިނޫންވެސް ޝަކުވާތައް ހުށައެޅިފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވެފައިވެއެވެ. އަދި ރާއްޖޭގެ މީޑިއާއަކަށް މައުލޫމާތު ދެއްވަމުން، ޝަޒައިލް އާއި ގުޅޭ ގޮތުން ހުށަހެޅިފައިވާ ޝަކުވާތަކުގައި ހިމެނެނީ ސައްހަ ޝަކުވާތަކެއް ކަމަށް ހޫދު ވިދާޅުވެފައިވެއެވެ.

ޝަޒައިލް ސަސްޕެންޑް ކޮށްފައިވަނީ، މޯލްޑިވް ގޭހުން ނުއަގުގައި ސަޕްލަޔަރެއްގެ އަތުން ގޭސް ގަންނަކަމުގެ މައްސަލަތަކެއް ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީން ބަލަމުންދާ ދަނޑިވަޅެއްގައެވެ. މި މައްސަލަ ބެލުމަށް ފަހު،މޯލްޑިވް ގޭހުން "ޑައިރެކްޓް ޕަރޗޭސް" ގެ ދަށުން ގޭސް ގަތުމަށްއެންގުމަށް ވެސް އެ ކޮމިޓީއިން ވަނީ ފާސްކޮށްފައެވެ.

Advertisement

ކަނޑައަޅާފައިވާ ޕްރޮކިއުމެންޓް އުސޫލްތަކާ ހިލާފަށް މޯލްޑިވް ގޭހުން ގޭސް ގަތް މައްސަލައެއްއޭސީސީއިން ވެސް ދަނީ ބަލަމުންނެވެ. ނަމަވެސް ޝަޒައިލް ވަނީ އެމްޑީގެ މަގާމުގައި ހުންނަވައިގެން ކޮރަޕްޝަންގެ އެއްވެސް އަމަލެއް ހިންގާފައި ނުވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ. އަދި ނުއަގުގައި ގޭސް ގަތް މައްސަލަ ބަލަން ފެށުމުން، އެސްއޯއީ ކޮމިޓީއަށް ޝަޒައިލް ފޮނުއްވެވި ސިޓީއެއްގައި ވަނީ އުސޫލާ ހިލާފަށް އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށް ވިދާޅުވެފައެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ މޯލްޑިވްސް ރިފޯރމް މޫވްމަންޓް (އެމްއާރްއެމް) ގެ ސްލޮޓެއްގައި މޯލްޑިވް ގޭހުގެ އެމްޑީގެ މަގާމަށް ވަޑައިގެންނެވި ޝަޒައިލް އަކީ، ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ ސަރުކާރުގެ ފިޝަރީޒް މިނިސްޓްރީއާއި ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރގެ މަގާމު ފުރުއްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް