Advertisement
ކ. މާލެ
|
18 އޮކްޓޯބަރ 2019 | ހުކުރު 09:18
ފުލުހުންދަނީ މައްސަލަ ބަލަމުން
ފުލުހުންދަނީ މައްސަލަ ބަލަމުން
ބިދޭސީން
ބިދޭސީއަކު ރަހީނުކުރި މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި
ހައްޔަރުކޮށްފައިވަނީ މާފަންނު ގެއަކުން

ބިދޭސީއަކު ރަހީނުކުރި މައްސަލައެއްގައި ދެ ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ، މާފަންނުގައި ހުރި ބިދޭސީން ދިރިއުޅޭ ގެއެއްގައި ބަންގްލަދޭޝް މީހަކު ރަހީނުކޮށް އޭނާ އަތުން ފައިސާ ހޯދަން އުޅޭކަމުގެ މައުލޫމާތު ބުރާސްފަތި ދުވަހު ހަވީރު ލިބުމާއި ގުޅިގެން އެގެއަށް ގޮސް ރަހީނުކޮށްފައި ހުރި ބިދޭސީ މީހާ ސަލާމަތް ކޮށްފައިވާ ކަމަށެވެ. އެ މައްސަލާގައި ހައްޔަރު ކޮށްފައިވާ ދެ ބިދޭސީންނަކީވެސް ބަންގްލަދޭޝް މީހުންނެވެ.

އެއީ ކޮން ގެއެއްކަމެއް ފުލުހުން ހަމާކޮށްފައި ނުވާއިރު، ފުލުހުން ދަނީ މިހާރު އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

Advertisement

މާފަންނު ގެއަކުން ރަހީނުކުރި ބިދޭސީއަކު ސަލާމަތް ކޮށްފައިވާއިރު، މި މަހުގެ ފަސްވަނަ ދުވަހުވެސް މާފަންނުގައި ހުރި ގެއަކުން ބިދޭސީއަކު ރަހީނު ކޮށްފައި ހުއްޓާ ފުލުހުން ވަނީ އެމިހާ ސަލާމަތްކޮށް ފަސް ބިދޭސީން ހައްޔަރުކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް