Advertisement
ކ. މާލެ
|
17 އޮކްޓޯބަރ 2019 | ބުރާސްފަތި 18:49
ރައީސް އިންޑިއަން އެކްސްޕޯ އަށް ޒިޔާރަތްކުރެއްވުން
ރައީސް އިންޑިއަން އެކްސްޕޯ އަށް ޒިޔާރަތްކުރެއްވުން
ރާއްޖެއެމްވީ
އިންޑިއަން އެކްސްޕޯ
ރައީސް އިންޑިއަން އެކްސްޕޯ އަށް ޒިޔާރަތްކުރައްވައިފި
ރައީސް ވަނީ އެކްސްޕޯގެ އެކި ސްޓޯލްތަކަށް ޒިޔާރަތްކުރައްވާފަ
އެކްސްޕޯ ނިމޭނީ މިރޭ

ރާއްޖޭގެ އެސްއެމްއީ އެންޑްއެންޓަޕްރިނިއަރފެޑަރޭޝަން (އެސްއީއެފްއެމް) އިން އިންތިޒާމުކޮށްގެން ދަރުބާރު ގޭގައި މިހާރު ކުރިޔަށްދާ އިންޑިއަން އެކްސްޕޯ 2019 ބައްލަވައިލެއްވުމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ޒިޔާރަތްކުރައްވައިފިއެވެ.

މިދިޔަ އަންގާރަ ދުވަހުން ފެށިގެން ދަރުބާރު ގޭގައި ކުރިޔަށް ގެންދާ އެކްސްޕޯ އަށް ރައީސް ޒިޔާރަތް ކުރެއްވީ ބުރާސްފަތި ދުވަހުގެ ހަވީރުއެވެ.

ރައީސް ވަނީ އެކްސްޕޯގެ ތެރޭގައި ބަހައްޓާފައިވާ އެކިއެކި ސްޓޯލްތަކަށް ވަކިވަކިން ޒިޔާރަތްކުރައްވާފައެވެ. އަދި އެ ސްޓޯލްތަކުގެ ފަރާތްތަކުގެ ވާހަކަތައް އަޑު އެއްސެވުމަށްފަހު އެ ބޭފުޅުންނާއެކު ފޮޓޯ ނަންގަވާފައިވެއެވެ.

Advertisement

އިންޑިއަން އެކްސްޕޯ ނިމޭނީ ބުރާސްފަތި ދުވަހުގެ ރޭގައެވެ.

ދަރުބާރު ގޭގައި މިހާރު ކުރިޔަށްދާ އެކްސްޕޯ ގައި އިންޑިއާގެ ގިނަ ކުންފުނިތަކުން ބައިވެރި ވެފައިވާއިރު އޭގެ ތެރޭގައި ރާއްޖެއަށް ފުޅާދާއިރާއެއްގައި އެކި ކަހަލަ ސާމާނުތައް އެތެރެކުރާ ކުންފުނިތައް ހިމެނެއެވެ.

އެކްސްޕޯގައި ބައިވެރިވި އިންޑިއާގެ ވިޔަފާރިވެރިން ވަނީ ކުރިޔަށް އޮތް ތަނުގައި އިންޑިއާގެ ވިޔަފާރިތައް ރާއްޖެއަށް ފުޅާވެގެންދާނެ ކަމަށް ފާހަގަކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް