ކ. މާލެ
|
16 އޮކްޓޯބަރ 2019 | ބުދަ 20:24
އިންޑިއަން އެކްސްޕޯގެ ސްޓޯލެއް
އިންޑިއަން އެކްސްޕޯގެ ސްޓޯލެއް
ރާއްޖެއެމްވީ
އިންޑިއަން އެކްސްޕޯ 2019
އިންޑިއަން އެކްސްޕޯ - އިންޑިއާ ވިޔަފާރިވެރިންގެ އުއްމީދު ބޮޑު
ފަތުރުވެރިކަން ފުޅާވެގެންދާނެ
އާ އުފެއްދުންތައް ތައާރަފް ކުރަން ހަމަޖެހިފައިވޭ

ރާއްޖޭގެ އެސްއެމްއީ އެންޑް އެންޓަޕޮރޯނަރ ފެޑެރޭޝަން ( އެސްއީއެފްއެމް) އިން އިންޑިއާގެ ވިޔަފާރިވެރިންނަށް އަމާޒުކޮށްގެން ކުރިޔަށްދާ '' އިންޑިއަން އެކްސްޕޯ 2019'' ގެ ސަބަބުން ކުރިޔަށް އޮތްތަނުގައި އިންޑިއާގެ ވިޔަފާރިތައް ރާއްޖެއަށް އިތުރަށްފުޅާ ވެގެންދާނެ ކަމަށް އެ އެކްސްޕޯގައި ބައިވެރިވި އިންޑިއާގެ ވިޔަފާރިވެރިން ބުނެފިއެވެ.

މި ހަފްތާގެ އަންގާރަ އިން ބުރާސްފަތި ދުވަހުގެ ނިޔަލަށް ދަރުބާރުގޭގައި ކުރިޔަށްދާ އެކްސްޕޯގައި އިންޑިއާގެ ގިނަ ކުންފުނިތަކުން ވަނީ ބައިވެެރިވެފައެވެ. އޭގެ ތެރޭގައި، ރާއްޖެއަށް ފުޅާ ދާއިރާއެއްގައި އެކި ކަހަލަ ސާމާނުތައް އެތެރެކުރާ ކުންފުނިތައް ހިމެނޭއެވެ.

ހެވިލްސް އިންޑިއާ ލިމިޓެޑުގެ ފަރާތުން އެ އެކްސްޕޯގައި ބައިވެރިވި ނީރާޖް ރާއްޖެ.އެމްވީ އަށް މައުލޫމާތުދެމުން ބުނީ، އެ އެކްޒިބިޝަންގައި ބައިވެރިވި އެންމެ ބޮޑު އެއް މަގްސަދަކީ އެ ކުންފުނިން އަލަށް ބާޒަރަށް ނެރުނު ލޮއިޑް މަރުކައިގެ އޭސީ އާއި ފަންކާ ރާއްޖޭގެ ބަޒާރަށް ތައާރަފް ކުރުން ކަމަށެވެ. ހެވިލްސް ކުންފުނީގެ ދެ ޑިސްޓްރިބިއުޓަރުން މިހާރު ރާއްޖޭގައި ތިބޭއިރު، އެ ކުންފުނިން އުފެއްދުންތައް ބޮޑަށް އަމާޒު ކުރަނީ ގެތަކުގެ އިތުުރުން ރިސޯޓު ތަކަށެވެ.

ނީރަޖް ރާއްޖެ.އެމްވީ އަށް އިންޓަވިއުދެނީ
އަހަރުމެންނަށް ވަރަށް ބޮޑަށް ޔަގީންކަން އެބައޮތް ކުރު މުއްދަތެއްގެ ތެރޭގައި އަހަރުމެންނަށް އެކަން ހާސިލްވެގެންދާނެކަން. އަހަރުމެންގެ އުފެއްދުންތައް މޮޅުވާނެ. އެހެން ތަންތަނާއި އަޅާބަލާއިރު އަގުގެ ގޮތުންވެސް ރަނގަޅުވާން
ީނީރަޖް~ ހެވިލްސް އިންޑިއާ

ފާއިތުވި 22 އަހަރު އިންޑިއާގައި ރާއްޖެ ޕްރޮމޯޓްކޮށް އިންޑިއާގެ ގިނަ ފަތުރުވެރިން ރާއްޖެ ގެންނަމުން އަންނަ އިންޑިއާގެ ''އައިލެންޑް ގްރޫޕް''ތަމްސީލު ކުރަން އެކްސްޕޯގައި ބައިވެރިވި އަމަން ބާޓިއާ ބުނީ، އެ ކުންފުނި މެދުވެރިކޮށް އިންޑިއާގެ ގިނަ ފަތުރުވެރިންތަކެއް ފާއިތުވި ދުވަސްތަކުގައި ޒިޔާރާތް ކޮށްފައިވާ ކަމަށެވެ. އިންޑިއާގެ ފަތުރުވެރިންނަށް ރާއްޖޭގެ ރިސޯޓުގައި އުފަންދުވަހުގެ ހަފްލާތަކާއި، އެހެނިހެން ގިނަ ހަފްލާތަކެއް އެ ކުންފުނިން ދަނީ ހަމަޖައްސައިދެމުންނެވެ.

އަމަން ބާޓިއާ

ރާއްޖެއަށް ޒިޔާރަތް ކުރާ އިންޑިއާގެ ފަތުރުވެރިންގެ އަދަދު ގިނަވެފައިވާކަން ފާހަގަ ކުރަމުން އަމަން ބުނީ، އެކްސްޕޯ އަށް ފަހު ކުންފުނިން އަމާޒު ހިފަނީ ހުރިހާ ފަންތީއެއްގެ މީހުންނަށް ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށެވެ.

އަސްލު އަހަރުމެންގެ މަގްސަދަކީ އިންޑިއާގެ ހުރިހާ ފަންތިއެއްގެ މީހުން ރާއްޖެ އައުން. އަދި ރާއްޖެއަކީ އަގުބޮޑު ތަނެއްގައި މީހުން ދެކޭގޮތް ބަދަލުކުރުން. ރިޒޯޓުތަކުގައި ޗުއްޓީ ހޭދަކޮށްލާނެ ފެންވަރު ނެތް މީހުންނަށް ގެސްޓް ހައުސްތަކުގައި ޗުއްޓީ ހޭދަކޮށްލެވޭ ގޮތްވެސް މިދަނީ ހޯދަމުން.
އަމަން ބާޓިއާ ~ އައިލެންޑް ގްރޫޕް

1957 ވަނަ އަހަރު އިންޑިއާގެ ޗެންނާއިގައި އުފެދުނު އެކުންފުނިން ދަނީ ރާއްޖޭގެ ބައެއް ޕްރޮޖެކްޓްތަކުގައި ވެސް މަސައްކަތް ކުރަމުންނެވެ. ރާއްޖެ.އެމްވީ އަށް މައުލޫމާތުދެމުން އެމްއެމްއެކްސްޕޯޓްގެ މެނޭޖިން ޑިރެކްޓަރ ރަމޭޝް މުތާ ވިދާޅުވީ، 1985 ވަނަ އަހަރު ތެރޭގައި ރާއްޖެ ޒިޔާރަތް ކުރެއްވިއިރު އޭރު އެކުންފުންޏަކީ ރާއްޖޭގެ ގިނަ މީހުން ދަންނަ ކުންފުންޏެއް ނޫން ކަމަށެވެ.

ރަމޭޝް މުތާ

އެހެން ނަމަވެސް އެ ދަތުރަށްފަހު ގިނަ ބަޔަކު އެއްޗެހި ބޭނުންވެގެން އަންނަ ފެށި ކަމަށެވެ. އެކްސްޕޯގެ ސަބަބުން ކުރިޔަށް އޮތްތަނުގައި ރާއްޖޭގެ އިމާރާތްކުރާ ކުންފުނިތަކާއި ގުޅިގެން އިތުރުފުރުސަތަތުއް ހޯދުމުގެ މަސައްކަތް ކުރާނެ ކަަމަށް ވިދާޅުވިއެވެ.

ދެގައުމުގައި މި އޮންނަ ގުޅުމާއި، އިންޑިއާއިން ރާއްޖެއަށް ކްރެޑިޓްގެ ގޮތުގައި ދޭން ނިންމި 800 ޑޮލަރުގެ ކްރެޑިޓާއި އެކު އިތުރު ފުުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް ގަބޫލުކުރެވޭރާއްޖޭގައި މިފަދަ ފުރުސަތެއް ލިބުމަކީ ވަރަށް ބޮޑު ފަހަރެއް. އަހަރުމެންގެ ކުންފުނިން ރާއްޖޭގައި އެއާޕޯޓު އެޅުމަކީ
ރަމޭޝް މުތާ ~ އެމްއެމްއެކްސްޕޯޓްގެ މެނޭޖިން ޑިރެކްޓަރ~

އެސްއެފްއިން ކުރިޔަށް ގެންދާ ފެއާގެ މީޑިއާ ޕާޓްނަރަކީ ރާއްޖެ ޓީވީއެވެ. އިތުރު ސްޕޮންސަރުގެ ތެރޭގައި، ވަން އޮންލައިން، ސްޓޭޓް ބޭންކް އޮފް އިންޑިއާ، ކޯޕަރޭޓް މޯލްޑިވްސް، މޯލްޑިވްސް އިންސައިޑާ، ޝޭޑީ ކެބިން ރެންޓަލްސް، މޯލްޑިވްސް ބިޒްނަސް ރިވިއު އަދި އެބްސޮލިއުޓް ސެކިއުރިޓީ އެންޑް އެޑްވާންސް ޕްރޮޓެކްޝަން ހިމެނޭއެވެ.

- ކޮމެންޓް