ކ. މާލެ
|
15 އޮކްޓޯބަރ 2019 | އަންގާރަ 07:49
ގްލެމާ ރެޒިޑެންސް
ގްލެމާ ރެޒިޑެންސް
މަޖިލިސް
ގްލެމާ ރެޒިޑްންސް
ގްލަޓް އިންވެސްޓްމެންޓުން ހުޅުމާލޭގައި ހަދާފައިވާ ގްލެމާ ރެޒިޑެންސް ހުޅުވައިފި
ރެޒިޑެންސް އަކީ 14 އެޕާޓްމެންޓްގެ އިމާރާތެއް
ހުރިހާ ފްލޯއެއްވަނީ ވިކިފައި
ހުޅުވައިދެއްވީ ރައީސް ނަޝީދު

މެދު ފަންތީގެ އާއިލާތަކަށް ހާއްސަކޮށްގެން ގްލަޓް އިންވެސްޓްމެންޓުން ހުޅުމާލޭގައި ހަދާފައިވާ ގްލެމާ ރެޒިޑެންސް ހުޅުވައިފިއެވެ.

ހޯމަ ދުވަހުގެރޭ ބޭއްވި ރަސްމިއްޔާތެއްގައި، ގްލެމާ ރެޒިޑެންސް ހުޅުއްވައިދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއެވެ. ސެމީ ލަގްޒަރީ ފެންވަރަށް ހަދާފައިވާ ގްލެމާ ރެޒިޑެންސަކީ 14 އެޕާޓްމެންޓް ހިމެނޭ ނުވަ ބުރީގެ އިމާރާތާކެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަމުން ގްލެޓް އިންވެސްޓްމެންޓުގެ ޑިރެކްޓަރ އަހުމަދު ޝިޔާމް ވިދާޅުވީ، އެ ޕްރޮޖެކްޓް ތަރައްޤީކުރަމުން އައީ އެ ކުންފުނީގެ ''މާސްޓާ ޕީސް'' ޕްރޮޖެކްޓް ގޮތުގައި ކަމަށާއި، އެކަން ފުރިހަމަވެފައިވާ ކަމަށެވެ. އަދި އެކަން ފުރިހަމަ ކުރުމަށް ގިނަ ބައެއްގެ އެހީތެރިކަން ލިބިފައިވާކަން އޭނާ ފާހަގަކުރިއެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ގްލެމާ ރެޒިޑެންސް ހުޅުއްވައިދެއްވަނީ

ހުޅުމާލެ ރީތި ގަސްހިނގުން ލޮޓް 11498 ގައި ހަދާފައިވާ އެ އިމާރާތުގެ ހުރިހާ ފްލޯ އެއް ވިކިފައިވާ ކަަމަށް ގްލަޓް އިންވެސްޓްމެންޓުން ބުނެވެ. 2017 ވަނަ އަަހަރު އިމާރާތް ކުރަން ފެށި ގްލެމާ ރެޒިޑެންސް ފަރުމާކޮށްފައިވަނީ ހަންނާނު ޔޫސުފް އާޓިޓެކްޓުންނެވެ.

2011 ވަނަ އަހަރުން ފެށިގެން އިމާރާތް ކުރުމުގެ ވިޔަފާރި ތެރެއަށް ނިކުތް ގްލަޓް އިންވެސްޓްމެންޓުން ވަނީ މިހާތަނަށް އެކިފަންތީގެ 40 ޕްރޮޖެކްޓް ހިންގާފައެވެ.

- ކޮމެންޓް