ކ. މާލެ
|
29 ސެޕްޓެންބަރ 2019 | އާދީއްތަ 13:54
މިއަދު ސޮއި ކުރުމަށް ބޭއްވި ބައްދަލުވުމުގެ ތެރެއިން
މިއަދު ސޮއި ކުރުމަށް ބޭއްވި ބައްދަލުވުމުގެ ތެރެއިން
ދާނިޝް ނިޡާމް
ޓުއަރިޒަމް މިނިސްޓްރީ
އައްޑޫސިޓީގައި 4000 އެނދު ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
 
ކުރިޔަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ބިން ދޫކުރުމަށް އިއުލާނުކުރާނެ
 
ގެސްޓް ހައުސް ތަރައްގީކުރަން ބޭނުންވާ ހުރިހާ ފަރާތްތަކަށް ބިން ހޯދުމަށް ކުރިމަތި ލެވޭނެ
 
6 ސަރަހައްދަކުން ބުން ދޫކުރުމަށް ވަނީ ހަމަޖެހިފައި

ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އައްޑޫ ސިޓީގައި ގާއިމުކުރުމަށް ވައުދުވެވަޑައިގެންފައިވާ 8000 އެނދުގެ ތެރެއިން 4000 އެނދުގެ ގާއިމުކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ޓުއަރިޒަމް އާއި އައްޑޫ ސިޓީ ކައުންސިލާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އާދިއްތަ ދުވަހުގެ މެންދުރު މިނިސްޓްރީގައި ބޭއްވި ބައްދަލުމުގައި ވާހަކަ ދައްކަވަމުން އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު ވިދާޅުވީ މިއީ ވަރަށް ގިނަ ދުވަހުގެ މަސަތްކަތުގެ ފެށުމެއް ކަމަށާއި އައްޑޫ ސިޓީގައި ފަތުރުވެރިކަން ފުޅާކުރުމަކީ ރައީސް ސޯލިހުގެ ވައުދުފުޅެއްކަމަށާއި ސޮއި ކުރެވިގެންދިޔަ އެއްބަސްވުމާއި އެކުގައި ވާންޖެހޭ ތައްޔާރީތައް ކައުންސިލްގެ ފަރާތުންކޮށް، ވަރަށް އަވަހަށް އިއުލާނުކުރެވިގެން ދާނެކަމަށެވެ.

އަދި މިއީ ދެކުނުގެ އަތޮޅުތަކަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަން ފާހަގަ ކުރައްވާ މޭޔަރ ވިދާޅުވީ 4000 އެނދު ތަރައްގީކުރުމަށް އައްޑޫސިޓީގެ 6 ސަރަހައްދަކުން ބިން ދިނުމަށް ކަނޑައަޅާފައިވާ ކަމަށެވެ. އަދި ބިންތައް ކަނޑައަޅާފައިވަނީ ފަތުރުވެރިންނަށް ފަސޭހައިން ރާއްޖޭގެ ޖަޒީރާވާންތަ ރަށްތަކުގެ ގުދުރަތީ ރީތިކަން އިހުސާސްކުރެވޭ ގޮތަށް އެކަންތައް ހިމެނޭ ގޮތަށް ކަމަށާއި އެކަމުގެ ކޮންސެޕްޓެއް ހެދުމުގެ ތައްޔާރީތައް ފެށި މަޝްވަރާ ކުރަމުންދާ ކަމަށެވެ. މޭޔަރ ވިދާޅުވީ މިހާރު އޮތް ގާނޫނުގެ ދަށުން ގެސްޓް ހައުސްއެއް ތަރައްގީކުރުމަށް ދެވެނީ 5000 އަކަފޫޓޫގެ ބިމެއް ކަމަށެވެ. އަދި ސިޓީ ހޮޓަލެއްކަމުގައިވާނަމަ 10،000 އަކަފޫޓުގެ ބިމެއް ދެވޭއިރު ، ބިމުގެ ބޮޑުމިން ކަނޑައެޅުމަށް ކުރާ އިންވެސްޓްމެންޓެއްގެ ބޮޑު މިން ބެލޭނެ ކަމަށް މޭޔަރު ފާހަގަކުރެއްވިއެވެ. އައްޑޫ ސިޓީން ދޫކުރާ ބިން ހޯދުމަށް ، ގެސްޓް ހައުސް ތަރައްގީކުރުމަށް ބޭނުންވާ ހުރިހާ ފަރާތްތަކަށް ލެވޭނެއެވެ.

މީގެއިތުރުން ، ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ މީހުން ދިރިއުޅޭ ރަށްރަށުގައި ޓުއަރިސްޓް ހޮޓަލާއި ޓުއަރިސްޓް ގެސްޓްހައުސް ތަރައްގީކުރުމަށް ރައީސުލްޖުމްހޫރިއްޔާ އެންމެ ފަހުން ބޭއްވި ޓުއަރިޒަމްގެ ބައްދަލުވުމުގައި ނިންމައި އިއުލާންކުރައްވާފައިވާ ކަމަށާއި ދެ ފަރާތުން ކުރެވުނު މަސަތްކަތުގެ ދަށުން މިއަދު ފެނިގެން މިދަނީ އަމާޒަށް ވާސިލްވުމަށްޓަކައި އެޅުނު ފުރަތަމަ ފިޔަވަޅު ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ޖަޒީރާ މެނިފެސްޓޯގައި ލޯކަލް ޓުއަރިޒިމް ކުރިއެރުވުމާއި ހުރި ގޮންޖެހުންތައް ހައްލު ކޮށްދެއްވުމަކީ ވަރަށް ބޮޑު ވައުދެއް ކަމަށާއި ، އެކަން ދިރާސާކޮށް އެކަމާއި ގުޅޭ ކަރުދާހެއް މިހާރު ތައްޔާރު ކުރެވިފައިވާ ކަމަށެވެ. އަދި އެންމެން ގުޅިގެން ކުރާ މަސަތްކަތް ކާމިޔާބު ވާނެކަމަށް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

ރާއްޖެ ޑިމޮކްރެސީއަށް ކުރި ދަތުރުގައި އެންމެ ކުރީ ސަފުގައި ތިބި އެއްބަޔަކީ އައްޑޫ ސިޓީގެ ރައްޔިތުންކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ އެތައް އަހަރެއް ވަންދެން އައްޑޫ ރައްޔިތުން ކުރި ފޮނި އުންމީދުތަކުގައި ކުލަ ޖެއްސޭނެ ކަމަށާއި އެކަން ކުރާނީ އެންމެން ގުޅިގެން ކުރާ މަސަތްކަތުން ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
100%
0%
0%
0%
0%
ކޮމެންޓް