ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އެވޯޑް ނައިޓް ބާއްވައިފިއެވެ.
ހުޅުމާލޭ ރުއްގަނޑު ސަރަހައްދުގައި ބޭއްވި މި އެވޯޑް ނައިޓު ޝަރަފުވެރިކޮށްދެއްވާފައިވަނީ ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހުމަދު ސޯލިހުއެވެ. އަދި މި އެވޯޑު ދިނުމުގެ ރަސްމިއްޔާތުގައި ހުޅުމާލެ ދާއިރާގެ މަޖިލިސް މެމްބަރު އަލީ ނިޔާޒް، ތޮއްޑޫ ދާއިރާގެ މަޖިލިސް މެމްބަރު ހަސަން ޝިޔާމް އަދި އައިލެންޑް އެސޯސިއޭޝަން ސަރވިސް ލިމިޓެޑްގެ ޑީއެމްޑީ އައިޝަތު ޖެނިފާ، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ޝުހައިލް އަހްމަދުގެ އިތުރުން ހައިރައިސްގެ މެނޭޖިންގ ޑިރެކްޓަރ ފަދަ ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.
ރާއްޖެއެމްވީއަށް މައުލޫމާތުދެއްވަމުން އެސޯސިއޭޝަންގެ ނައިބު ރައީސް މޫސާ ނާސިރު ވިދާޅުވީ މި އެވޯޑު ދީފައިވަނީ ނުވަ ދާއިރާއަކަށް ބަހާލައިގެން ކަމަށެވެ. އަދި މިއަހަރު އަލަށް ބޭއްވިގެންދިޔަ މި އެވޯޑަކީ ވޯލްޑް ޓޫރިޒަމް ޑޭއާއި ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތަކަށްވާއިރު މި އަންނަ އަހަރު ވެސް މި އެވޯޑް ނައިޓް އޮންނާނެ ކަމަށް ނާސިރު ވިދާޅުވިއެވެ.
މި އެވޯޑް ހަފްލާގައި ދިން އެވޯޑުތަކުގެ ތެރޭގައި ލީޑިންގ އިކޯ ފްރެންޑްލީ އެވޯޑް ލިބިފައިވަނީ ބ. މާވަސް އަށެވެ. ލީޑިންގ ޑައިވިން ވޯޓަރ ސްޕޯޓްސް އެންޑް އެޑްވެންޗަރ އައިލެންޑް އެވޯޑް ލިބިފައިވަނީ އއ. ރަސްދުއަށެވެ. ލީޑިންގ ބިޒްނަސް އައިލެންޑް އެވޯޑް ލިބިފައިވަނީ އއ. އުކުޅަހަށެވެ. ލީޑިންގ ފިޝިންގ އެޑްވެންޗަރ އައިލެންޑް ލިބިފައިވަނީ ވ. ކެޔޮދުއަށެވެ. ލީޑީންގ ކަނެކްޓިވިޓީ އެވޯޑް ލިބިފައިވަނީ ކ. މާފުށްޓަށެވެ. ލީޑީންގ ބީޗް އައިލެންޑް އެވޯޑް ލިބިފައިވަނީ ހުޅުމާލެއަށެވެ. އަދި ލީޑިންގ އޮތެންޓިކް ނޭޗަރ އައިލެންޑް ލިބިފައިވަނީ ބ. ފެހެންދުއަށެވެ.
ގެސްޓަހައުސް އެސޯސިއޭޝަނުން މި އަހަރު އެވޯޑްތައް ދީފައިވަނީ އަދި ކުރިއަށް އޮތް ތާނގައި ވެސް ދިނުމަށް ހަމަޖެހިފައި ވަނީ ވެސް ރަށު ފަތުރުވެރި ކަމަށެވެ. މި އެވޯޑުތައް ދިނުމުގައި ބެލި މިންގަނޑުގެ ތެރޭގައި ޓްރިޕް އެޑްވައިޒަރގް ރިވިއު ލިބިފައިހުރި ގޮތަށް ބަލާފައިވާނެ ކަމަށް އެ އެސޯސިއޭޝަނުން މައުލޫމާތުދެއެވެ.
އަންނަ އަހަރު އެވޯޑްތައް ދޭ ކެޓަގަރީތައް އިތުރުކޮށް މި އެވޯޑް ހަފްލާ ކުލަގަދަ ގޮތެއްގައި ބޭއްވުމަށް ނިންމާފައިވާ ކަމަށް ނާސިރު ވިދާޅުވިއެވެ.
މިއަންނަ އަހަރު އަޅުގަނޑުމެން މިއަށްވުރެ ހަމގައިމުވެސް ބޮޑުކޮށް ގެންދާނީ، ހާއްސަކޮށް ސަރުކާރުން، ޓުއަރިޒަމް މިނިސްޓްރީންވެސް އަޅުގަނޑުމެންނަށް އިންޑިކޭޝަނެއް ދީފި މިއަންނަ އަހަރުގެ ރަސްމީ އިވެންޓުގެ ތެރޭގައި އަޅުގަނޑުމެން މި އެވޯޑު އިވެންޓް ބާއްވާނެ ކަމަށްގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ނައިބު ރައީސް މޫސާ ނާސިރު
ނާސިރު އިތުރަށް ވިދާޅުވީ މިއަންނަ އަހަރުގެ އެވޯޑު ދިނުމުގައި އާންމުންގެ ހިޔާލަށްވެސް ބަލާނެ ކަމަށެވެ.
މިއީ ގެސްޓް ހައުސް އެސޯސިއޭޝަންގެ ފަރާތުން މި ގޮތަށް އެވޯޑް ނައިޓެއް ބޭއްވި ފުރަތަމަ ފަހަރެވެ.