ކ. މާލެ
|
27 ސެޕްޓެންބަރ 2019 | ހުކުރު 08:02
ޓީއެމްއޭގެ ސީޕްލޭނެއް
ޓީއެމްއޭގެ ސީޕްލޭނެއް
ޓްރާންސް މޯލްޑިވިއަން އެއަރވޭސް
ޓީއެމްއޭ
ޓީއެމްއޭއަށް އިތުރު ހަތަރު ސީޕްލޭން ގެނެސް، ފްލީޓް ބޮޑުކުރަން ހަމަޖެހިއްޖެ
 
އަލަށް ހުޅުވާ އިތުރު ރިސޯޓްތަކަށް ހިދުމަތް ފުޅާކުރުމަކީ ވެސް އަމާޒެއް ކަމަށް ޓީއެމްއޭއިން މައުލޫމާތުދޭ
 
ބާކީ އޮތް ތިން ސީޕްލޭން ގެނައުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހު
 
އިތުރުކުރާ ހަތަރު ސީޕްލޭންގެ ތެރެއިން އެއް ސީޕްލޭން ވަނީ ބުރާސްފަތި ދުވަހުގެ ރާއްޖެ ގެނެވިފަ

ޓްރާންސް މޯލްޑިވިއަން އެއަރވޭސް (ޓީއެމްއޭ) ގެ ފްލީޓްއަށް ހަތަރު ސީޕްލޭން އިތުރު ކުރުމަށް ހަމަޖެހިއްޖެއެވެ.

ޓީއެމްއޭއިން މައުލޫމާތުދިން ގޮތުގައި އެ ކުންފުނީގެ 52 އުޅަނދުގެ ފްލީޓަށް އިތުރުކުރެވޭ މި ހަތަރު ސީޕްލޭން އިތުރު ކުރުމަކީ އެ ކުންފުންޏަށް މި ފާއިތުވި 30 އަހަރު ދުވަހުގެ ތެރޭގައި ގެނެވުނު އެންމެ ބޮޑު ބަދަލެވެ.

ޓީއެމްއޭއަށް އިތުރުކުރާ ހަތަރު ސީޕްލޭންގެ ތެރެއިން އެއް ސީޕްލޭން ވަނީ ބުރާސްފަތި ދުވަހުގެ ރާއްޖެ ގެނެވިފައެވެ. އަދި ބާކީ އޮތް ތިން ސީޕްލޭން ގެނައުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގައި ކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.

އެންމެ ފުރަތަމަ ގެނައި ފްލައިޓް ގެނެސްފައިވަނީ ޕޯޗުގަލްގެ ސަންޓަ މާރިއާ އިންނެވެ. އަދި އެ ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ޖައްސަފައިވަނީ ބުރާސްފަތި ދުވަހުގެ 18:10 ހާއިރުއެވެ.

ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ޓީއެމްއޭއިން އިސް ރޯލެއް އަދާކޮށްފައިވާނެ ކަމށާއި އެ ކުންފުންޏަށް އަލަށް ގެނެވޭ މި ފްލައިޓުތަކުގެ ސަބަބުން ކަސްޓަމަރުންނަށް މިހާރަށް ވުރެ ފަސޭހަ ހިދުމަތެއް ދީ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރެވިގެންދާނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

އަލަށް ހުޅުވާ އިތުރު ރިސޯޓްތަކަށް ހިދުމަތް ފުޅާކުރުމަކީ ވެސް އަމާޒެއް ކަމަށް ޓީއެމްއޭއިން މައުލޫމާތުދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
0%
0%
0%
0%
ކޮމެންޓް