ކ. މާލެ
|
26 ސެޕްޓެންބަރ 2019 | ބުރާސްފަތި 17:46
ސޮއި ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ސޮއި ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ރާއްޖެއެމްވީ
ނޯޓު ކޮސްމެޓިކްސް
ނޯޓް ކޮސްމެޓިކްސް އާއި ބްރައިޑް މޯލްޑިވްސް އާއި ގުޅިގެން ފެއަރ ބާއްވަނީ
ނޯޓު ކޮސްމެޓިކްސް އަކީ މި ފެއަރގެ ޓައިޓްލް ސްޕޮންސަރ

ނޯޓް ކޮސްމެޓިކްސް އާއި ބްރައިޑް މޯލްޑިވްސް އާއި ގުޅިގެން ފެއަރ އެއް ބޭއްވުމަށް އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.

މި އެއްބަސްވުމެއްގައި ސޮއި ކޮށްފައިވަނީ ބްރައިޑް މޯލްޑިވްސްގެ ފަރާތުން ބްރައިޑްމޯލްޑިވްސް ގެ ސީއީއޯ މުހައްމަދު ޝާފީ އާއި ނޯޓް ކޮސްމެޓިކްސް ގެ ނިއު އެޑިޝަންގެ ފަރާތުން ޗީފް މާކެޓިންގް އޮފިސާރ އިސްމާއިލް އަޒްމީ އަދްނާންއެވެ. ބްރައިޑްފެއަރ ބޭއްވުމަށް ދެ ފަރާތުން ގުޅިގެން މަސައްކަތް ކުރުމަށް ހަމަޖެހިފައިވާއިރު ނޯޓު ކޮސްމެޓިކްސް އަކީ މި ފެއަރގެ ޓައިޓްލް ސްޕޮންސަރ އެވެ.

މުހައްމަދު ޝާފީ މި ފެއަރ އާއި ގުޅިގެން ވާހަކަ ދައްކަމުން ބުނީ ބަރައިޑް މޯލްޑިވްސް ގެ ބޭނުމަކީ ޒުވާނުންގެ ހުނަރުތައް ކުރިއަރުވާ، އެކުދިންގެ ހުނަރު ދައްކާލުމަށް ޕްލެތްފޯރމެއް ގާއިމު ކޮށްދިނުން ކަމަށެވެ. ޝާފީ ބުނީ ނޯޓް ކޮސްމެޓިކްސް އާއި އެކު މަސައްކަތްކުރުމަށް ބޭނުންވާތާ ގިނަ ދުވަސްތަކެއް ވެފައިވާކަމަށާއި، 2018 ވަނަ އަހަރު ވެސް ފެޝަން ޝޯ ގައި ޝީލާ ސެލޫން މެދުވެރިކޮށް ނޯޓު ކޮސްމެޓިކްސް އާއި އެކު މަސައްކަތް ކުރެވުނު ކަމަށެވެ.

ނޯޓް ކޮސްމެޓިކްސްގެ ނިއު އެޑިޝަން ގެ ޗީފް މާކެޓިންގް އޮފިސާރ އިސްމާއިލް އަޒްމީ އަދްނާން ބުނީ ނޯޓަކީ ދިވެހިންނާއި އަބަދުވެސް ވަރަށް ގުޅޭ ބްރޭންޑްއެއް ކަަމަށާއި މި ޕާޓްނަޝިޕްގެ ދަށުން ވީހާވެސް ގިނަ ދިވެހިންނަށް ނޯޓް ކޮސްމެޓިކްސް ގެ ފައިދާތައް ކިޔާދެވިގެންދާނެ ކަމަށެވެ. ނޯޓް ކޮސްމެޓިކްސް އަކީ އެންމެ ފުރަތަމަ އުފެދިގެން އައިއިރު ސްކިން ކެއާރ ޕްރޮޑަކްޓެއް ކަން ފާހަގަ ކުރަމުން އަޒްމީ ބުނީ ފަހުން ނޯޓު ވެގެން ދިޔައީ ބިއުޓީ ޕްރޮޑަކްޓަކަށް ކަމަށެވެ. ފަތްޕިލާވެލި ބޭނުންކޮށް، އެނިމަލް ފްރީ އަދި ހަލާލް ޕްރޮޑަކްތްތައް ނެރޭ ނޯޓު ކޮސްމެޓިކްސް ގެ ބޭނުމަކީ ކޮބާ ކަން ކިޔާދެއްވަމުން އަޒްމީ ބުންޏެވެ.

ނޯޓު ކޮސްމެޓކްސް ގެ މޯޓީމްއަކީ ޓު މޭކް ވިމެން ފީލް ކޮމްފޮރޓެބްލް ވިތް ދެއަރ އޯން ސްކިން، ދެއަރ އޯން ސެލްފް. ބީ ނޯޓެބްލް އޭ. ފީލް ގުޑް އެބައުޓް ޔުއަރ ސެލްފް އޭ. ނޯތް ދޭން ބޭނުން ވާ މެސެޖަކީ ބީ ކޮމްފޮރޓެބްލް ވިތް ހޫ ޔޫއާރ އޭ
އިސްމާއިލް އަޒްމީ އަދްނާން

އަޒްމީ ބުނީ މިދިޔަ މަހުގެ ތެރޭގައި ބޭރުން ފަރާތްތައް ގެނެސް ބިއުޓީ ކްލާސްތައް ނަގާދީފައިވާ ކަމަށައި މި ކަމަށް ވެސް އާއްމުންގެ ބޮޑު ތަރުހީބެއް ލިބިގެން ދިޔަ ކަމަށެވެ. އަޒްމީ ބުނީ މި ފެއަރ ގެ ތެރެއިންވެސް ކްލާސްތައް ނެގުމުގެ މަސަައްކަތް ކުރެވޭނެ ކަމަށާާއި މި ފެއަރއަށް ވެސް ހަމަ މި ފަދަ ތަރުހީބެއް ލިބިގެންދާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ. ފެއަރގެ ތެރެއިން އާންމުންނަށް ގިނަ ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށާއި ބައެއް ޕްރޮޑަކްޓްސްތައް ހިލޭ ވެސް ލިބިގެންދާނެ ކަން އަޒްމީ ފާހަގަކުރިއެވެ.

- ކޮމެންޓް
26 ސެޕްޓެންބަރ 2019 | ބުރާސްފަތި 23:46
އައިޝް
ބްރައިޑްފެއާގަ ބައިވެރިވާނަން މިފަހަރު ނޯޓް ވީމަ ވަރަށް ކޫލް