ކ. މާލެ
|
25 ސެޕްޓެންބަރ 2019 | ބުދަ 13:47
އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީ
އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީ
މުހައްމަދު ޝަރުހާން
ކްރިމިނަލް ކޯޓު
ލުތުފީ ފުލުހުންގެ އިދާރާއަށް ދިން ބަޔާނުގެ ވީޑިއޯ ޝަރީއަތުން ބަލަން ނިންމައިފި
 
އިސްތިއުފާ ދެއްވީ މެލޭޝިއާގައި ހުންނަވައިގެން
 
ހެކިބަސް ދޭން ބަޔަކު މަޖުބޫރުކުރި ކަމަށް ބުނެލުތުފީ ވަނީ ކްރިމިނަލް ކޯޓަށް ސިޓީއެއް ފޮނުވާފައި
 
ލުތުފީގެ އިންޓަވިއުގެ ރެކޯޑިން އެއް ފުލުހުންގެ އިދާރާއިން ވަނީ ނަގާފައި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންގެ މައްސަލައިގައި އެމަނިކުފާނާއި ދެކޮޅަށް ހުށައަޅާފައިވާ ހެއްކެއްގެ ތެރޭގައި ހިމެނޭ, އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީ ފުލުހުންގެ ތަހުގީގަށް ދިން ހެކި ބަހުގެ ރެކޯޑިންގް ބެލުމަށް ޝަރީއަތުގެ މަޖިލީހުން ނިންމައިފިއެވެ.

ދައުލަތުން ރައީސް ޔާމީނާއި ދެކޮޅަށް ހުށައަޅާފައިވާ ހެކިންގެ ގޮތުގައި އަށް ހެއްކެއް ޝަފަހީ ހެކިންގެ ތެރޭގައި ހިމެނެއެވެ. އޭގެތެރެއިން ހަތް ހެއްކެއްގެ ހެކިބަސް ނަގާފައިވާއިރު ލުތުފީގެ ހެކިބަސް ނަގާފައެއް ނުވެއެވެ. ލުތުފީގެ ހެކިބަސް ނުނެގުނީ އޭނާއަށް މަޖުބޫރު ކޮށްފައިވާ ކަމަށްބުނެ ހެކިބަސް ދިނުމަށް އިންކާރު ކުރެއްވުމުނެވެ. އެހެން ކަމުން ދައުލަތުން ވަނީ މީގެ ކުރިން ބޭއްވި ޝަރީއަތުގައި ލުތުފީގެ ހެކިބަހާ ނުލާ ވެސް މައްސަލަ ކުރިއަށްގެންދަންޖެހޭ ހާލަތެއްގައި ކުރިއަށް ގެންދެވޭނެ ކަން ފާހަގަ ކޮށް އެފަދަ ހާލަތެއްގައި ލުތުފީ ފުލުހުންގެ އިދާރާއަށް ދީފައިވާ ވީޑިއޯ އިންޓަވިއު "ލައިޓް ހެކިބަހެއްގެ" ގޮތުގައި ބުރަދަނެއް ދީގެން ނެގިދާނެ ކަމަށް ބުނެ ޝަރީއަތަށް ހުށައަޅާފައެވެ. އަދި އެ ވީޑިއޯއިން މަޖުބޫރުން ކޮށްފައިވާ އިންޓަވިއުއެއް ނަމަ އެކަން ބޮޑީ ލެންގުއޭޖާއި ޓެކްސްޗަރ އިން ފާހަގަވާނެ ކަމަށް ދައުލަތުން ފާހަގަ ކުރިއެވެ.

ދައުލަތުން އެކަން ހުށައެޅުމުން ގާޒީ ވަނީ ޝަރީޢަތެއްގައި ދައުލަތުން ހުށައެޅި ލުތުފީގެ ވީޑިއޯ އިންޓަވިއުއާމެދު ގޮތް ނިންމަވާނެ ކަމަށް ވިދާޅުވެފައެވެ. ލުތުފީ ފުލުހުންގެ އިދާރާއަށް ދީފައިވާ އިންޓަވިއުގެ ދިގުމިން ގާތްގަނޑަކަށް 37 މިނިޓަށް އަރާކަމަށް ދައުލަތުން ބުނެފައި ވެއެވެ.

ބުދަ ދުވަހު ބޭއްވި އެޝަރީއަތުގައި ލުތުފީ ފުލުހުންގެ ތަހުގީގަށް ދިން ހެކި ބަހުގެ ރެކޯޑިންގް ބެލުމަށް ޝަރީއަތުގެ މަޖިލީހުން ވަނީ ނިންމާފައެވެ. އަދި އެރެކޯޑިން ބަލާނީ ޝަރީއަތުގެ މަޖިލީހުގައި ނޫން ކަމަށާއި ދައުވާ ލިބޭ ފަރާތުން ބޭނުންވެއްޖެނަމަ އެ ކޯޓޫގައި ވީޑިއޯ އިންޓަވިއު ބެލޭނެ އިންތިޒާމް ހަމަޖައްސައި ދެއްވާނެ ކަމަށް ގާޒީ ވިދާޅުވިއެވެ.

ޝަރީއަތުން ނިންމާފައިވަނީ ހަމައެކަނި ހަސަން ލުތުފީ ތަހުގީގުށް އިންޓަވިއު ދީފައިވާއިރު އެ ދީފައިވާ ގޮތް ބަލާލުމާއި، އަދި ތަހުގީގު ބަޔާނުގައި ހުރި ކަންކަމާ ގުޅޭގޮތުން އަޅާ ކިއުމަށްޓަކައި ޝާރީއަތުން ބެލުމަށް ނިންމީ، އަދި އެއީ ޝަރީއަތުން ބުރަދަން ދޭނޭ އެއްޗެއްކަން ނުވަތަ ނޫންކަންވެސް އަދި ޝަރީއަތުން ކަނޑައަޅާފައެއް ނުވޭ، އަދި ދޭނެ ހާލަތެއްގައި ދޭނީ ކިހާ މިންވަރެއްކަންވެސް ޝަރީއަތުން ކަނޑައަޅުއްވާފައެއް ނުވޭ
އިސް ގާޒީ އަހުމަދު ހައިލަމް

ބުދަ ދުވަހުގެ ޝަރީއަތުގައި ޝަރީއަތުން ލުތުފީގެ ވީޑިއޯ އިންޓަވިއު ބަލަން ނިންމުމަށް ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެ ބަލައިގަތުމާމެދު އިއުތިރާޒް ނުކުރައްވާ ކަމަށެވެ. ނަމަވެސް އެ ދިގު ވީޑިއޯގައި ބޭނުންކުރެވޭނީ ނުވަތަ ގަބޫލު ކުރެވޭނެ ވާހަކައަކަށް އޮންނާނީ ދެ ޖުމްލައެއް ކަމަށެވެ. އެއީ ރައީސް ޔާމީނާއި ބައްދަލު ކުރައްވައި މި މައްސަލަ ސަމާލުކަމަށް ގެނަކަން ލުތުފީ ފާހަގަކުރި ވާހަކަ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި އެއީ ، އެގޮތުން ބޮޑީ ލެންގުއޭޖަށް ބަލައިގެން ކުރެވޭނެ ކަމެއް ނޫންކަމަށް ވިދާޅުވިއެވެ.

އޭގަ ހަސަން ލުތުފީ ބުނެފައި އޮންނާނެ، ތިމަންނަ ރައީސް ޔާމީނާއި ބައްދަލުކުރީމޭ، ބައްދަލުކޮށް މިވާހަކަ ބުނީމޭ. އެ ލަފްޒު އެކަނި އޮންނާނީ، ގާތްގަނޑަކަށް 2 ޖުމުލަ، އަޅުގަނޑު ހަމަ ދަންނަވާލަން މި އުޅެނީ، ބެއްލެވުމުގެ ކުރިންވެސް ދަންނަވާލަން މި އުޅެނީ މި ދެ ޖުމުލަ ބުނެލާއިރަކު އެއީ ބިރު ދައްކައިގެން ނުވަތަ ނޫން ކަމެއް މި ސީޑީ ބެލިއަސް އެނގޭނެ ކަމަކަށް އަޅުގަނޑު ޤަބޫލެއް ނުކުރަން. ދެން އޮންނާނެ ވާހަކައަކީ އެސްކްރޯ އެކައުންޓެއް ހެދި ކަމާއި މިކަހަލަ އާންމު އުސޫލުން ހިނގާ ކަންކަން.
ކުރީގެ ރައީށް އަބްދުﷲ ޔާމީން

އަދުލުވެރި ހެކިބަހެއް އަދާކުރުމުގެ ފުރުސަތު ނެތަތީ އާއި އަދުލުވެރި ހެކިބަހެއް އަދާ ކުރެވޭ ފަދަ މާހައުލެއް މިހިނދަށް ގާއިމްވެފައި ނެތުމުގެ ސަބަބުން ފުރާނައަށް އޮތް ނުރައްކަލައަށްޓަކައި ރައީސް ޔާމީންގެ މައްސަލައިގެ ހެކިބަސް އަދާކުރުމުން ތަނާޒުލްވާކަމަށް ވިދާޅުވެ ކްރިމިނަލް ކޯޓަށް ލުތުފީ ވަނީ ސިޓީ ފޮނުއްވާފައެވެ.

މަގާމުގެ ޒިންމާ އަދާނުކުރައްވައި މުސާރަ ނަންގަވާ މައްސަލައިގައި ލުތުފީ މަގާމުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއިން ނިންމައި ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވަން ނިންމި ތަނާހެން އޭނާ ވަނީ ޖޫން މަހުގެ 26 ގައި މަގާމުން އިސްތިއުފާ ދެއްވާފައެވެ. އިސްތިއުފާ ދެއްވީ މެލޭޝިއާގައި ހުންނަވައިގެންނެވެ. އަދި މިހާރުވެސް ލުތުފީ ހުންނެވީ މެލޭޝިއާގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަމަން ހަލީމް
0%
25%
25%
50%
0%
0%
ކޮމެންޓް