ފުލުހުން ބަލަމުންދާ ދެ މައްސަލައަކާއި ގުޅިގެން ބަޔަކު ހޯދަން އިއުލާންކޮށްފިއެވެ.
ފުލުހުން ހޯދަން އިޢުލާންކޮށްފައިވާ އެކަކީ ހުޅުމާލެ ފްލެޓް ނަންބަރު C9-4-C އަޙްމަދު ނިޒާމް (50އ)އެވެ. އޭނާ ހޯދަމުން ދަނީ މާރާމާރީގެ މައްސަލައަކާއި ގުޅިގެންނެވެ. ތަހުގީގަށް ސުވާލުކުރުމަށް 2024 ފެބްރުއަރީ 15 ވަނަ ދުވަހުގެ 10:00އަށް ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނަށް ހާޒިރުވުމަށް ވަނީ އަންގާފައެވެ.
މީގެ އިތުރުން ހއ. ހޯރަފުށި ޕޮލިސް ސްޓޭޝަނުން ވަނީ ޢަބްދުއްރަޝީދު މުޙައްމަދު، ހދ. ކުުދުއްފުށި / ގުލްޒާރުގެ، (36އ) ހޯދަން އިޢުލާންކޮށްފައެވެ. އޭނާ ހޯދަނީ ވައްކަމުގެ މައްސަލައަކާއި ގުޅިގެންނެވެ. ހއ. ހޯރަފުށި ޕޮލިސް ސްޓޭޝަން ނުވަތަ އެންމެ ކައިރީގައިވާ ޕޮލިސް ސްޓޭޝަނަކަށް 2024 ފެބްރުއަރީ 6 ވަނަ ދުވަހުގެ 13:00އަށް ހާޒިރުވާން ވަނީ އަންގާފައެވެ.