ކ. މާލެ
|
24 ސެޕްޓެންބަރ 2019 | އަންގާރަ 18:39
މި އަލްބަމް ވެގެންދާނީ ޗައިނާއިން ބޭރުން ޖެކްސަން ރިލީޒްކުރާ ފުރަތަމަ އަލްބަމަށް
މި އަލްބަމް ވެގެންދާނީ ޗައިނާއިން ބޭރުން ޖެކްސަން ރިލީޒްކުރާ ފުރަތަމަ އަލްބަމަށް
ޖެކްސަން ވޭންގ
ގޮޓް 7 ޖެކްސަންގެ ސޯލޯ ކަމްބެކް: "ބުލެޓް ޓު ދަ ހަރޓް"
މި ލަވަ ޖެކްސަން ކިޔާފައި ވަނީ އިނގިރޭސި ބަހުން
ލަވައިގެ ވީޑިއޯއިން ކަޅު ހެދުމެއްގައި ހުރި އަންހެނަކު ޖެކްސަން ކޮންޓްރޯލް ކުރަމުންދާތަން ފެނޭ

މަޝްހޫރު ކޭޕޮޕް ގްރޫޕް ގޮޓް 7ގެ ޖެކްސަން ވޭންގ ގެ ސޯލޯ ކަމްބެކް "ބުލެޓް ޓު ދަ ހަރޓް" ރިލީޒް ކޮށްފިއެވެ.

އިނގިރޭސި ބަހުން ޖެކްސަން ކިޔާފައިވާ މި ލަވަ ފުރަތަމަ އަޑުއަހާލުމުން މިއީ ލޯބީގެ ވާހަކައެއްކަމަށް ހީވެގެން ދިޔަނަމަވެސް، މި ލަވައިން އިޝްގީ ލޯބީގެ އިހްސާސްތަކުގެ އިތުރަށް މާނަ ނެގޭނެ ކަމުގައި ޖެކްސަން ބުންޏެވެ. ލަވައިގެ ވީޑިއޯއިން ކަޅު ހެދުމެއްގައި ހުރި އަންހެނަކު ޖެކްސަން ކޮންޓްރޯލް ކުރަމުންދާތަން ފެންނަ އިރު ޖެކްސަން ބުނީ މި ލަވައިން އޭނާގެ ދިރިއުޅުމުގައި ދިމާވާ ގޮންޖެހުތަކާއި، އުފުލަންޖެހޭ ބުރަތައް ދައްކުވައިދޭނެ ކަމުގައެވެ.

ޖެކްސަނުން ބުނާގޮތުން، ކިތަންމެ ކާމިޔާބު މީހަކަށް ވިޔަސް ދިރިއުޅުމުގައި ދަތިތަކާއި ކުރިމަތިލާން ޖެހޭ ކަމަށާއި މިއީ ނިމުމެއް ނުވާ ކަމެއްކަމުގައެވެ. އަދި މި ލަވައިން އޭނާ ދައްކުވައިދޭން ބޭނުންވަނީ ކަމަކަށް މީހަކު ހުންނަ ޝައުގުވެރިކަމާއި އެކަމެއް އެންމެ ފުރިހަމަ ގޮތުގައި ކުރުމަށް ކުރާ ހިތްވަރަކީ ތިމާގެ މައްޗަށް ކިހާ ބާރަކާއި ނުފޫޒެއް އޮންނަ އެއްޗެކަމެވެ. އަދި އެކަމުގެ ސަބަބުން ތިމާއަށް ގެއްލުންތަކެއް ލިބިގެން ދިޔައަސް އެކަމެއް ހާސިލްކުރުމަށް ތިމާ މަސައްކަތް ކުރާނެވަރެވެ.

މި އަލްބަމް ވެގެންދާނީ ޗައިނާއިން ބޭރުން ޖެކްސަން ރިލީޒް ކުރި ފުރަތަމަ ސޯލޯ އަލްބަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް