ކ. މާލެ
|
11 މާރޗް 2017 | ހޮނިހިރު 19:47
އުމުރުން 5 އަހަރުގެ މުހައްމަދު އަލީ- އޭނާގެ ދެބެންގެ ދެދަރި ކޮއްކޮ ވަނީ ބަނޑުހައި ހޫނުކަމުގައި މަރުވެފަ
އުމުރުން 5 އަހަރުގެ މުހައްމަދު އަލީ- އޭނާގެ ދެބެންގެ ދެދަރި ކޮއްކޮ ވަނީ ބަނޑުހައި ހޫނުކަމުގައި މަރުވެފަ
ގޫގުލް
ތަދުމަޑުކަމުގެ އިންޒާރު
އިންސާނީ މުސީބާތަކާ ދިމާލަށް ދުނިޔެ ދާކަމަށް އދ. އިން ބުނެފި
އިންސާނީ މުސީބާތުން ސަލާމަތްވުމަށް އެހީ ފޯރުކޮށް ދިނުމަށް ގޮވާލަމުން އދ ން ވަނީ ދުނިޔެއަށް ގޮވާލާފަ

ދުނިޔެއަށް 1945 ވަނަ އަހަރަށް ފަހު ކުރިމަތިވާ އެންމެ ބޮޑު ތަދުމަޑުކަން ކުރިމަތިވަމުން އަންނަ ކަމަށް އދ އިން ބުނެފިއެވެ.

އިންސާނީ މުސީބާތުން ސަލާމަތްވުމަށް އެހީ ފޯރުކޮށް ދިނުމަށް އދ ން ވަނީ ދުނިޔެއަށް ގޮވާލާފައެވެ.

އދގެ އިންސާނީ އެހީއާ ބެހޭ ވެރިޔާ ސްޓެފަން އޮބްރައެން ވިދާޅުވީ ޔަމަނާއި،ސޯމާލިއާ،ދެކުނު ސޫދާން އަދި ނައިޖީރިއާއިން 20 މިލިއަނަށްވުރެ ގިނަ މީހުން ތަދުމަޑު ކަމާ ކުރިމަތިވެ ހައިހޫނު ކަމާ ކުރިމަތިލާން ޖެހިދާނެކަމަށެވެ.

މީގެ ކުރިން ޔުނިސެފުން ވެސް ވަނީ މި އަހަރު 1.4 މިލިއަން ކުދިން ބަނޑުހައިހޫނުކަމުގެ ސަބަބުން މަރުވެދާނެ ކަމަށް ބުނެފައެވެ.

އޮބްރައެން ވިދާޅުވީ މުސީބާތުން ސަލާމަތްވުމަށް ޖުލައި މަހުގެ ނިޔަލަށް 4.4 ބިލިއަން ޑޮލަރު ބޭނުންވާކަމަށެވެ.

"ތާރީޚީގޮތުން އަޅުގަނޑުމެން މިތިބީ ނާޒުކު ޕޮއިންޓެއްގައި"ހުކުރު ދުވަހު ބޭއްވި ސަލާމަތީ މަޖިލީހުގެ ބައްދަލުވުމުގައި އޮބްރައެން ވިދާޅުވިއެވެ.

"އަހަރު ފެށުނުއިރު އަޅުގަނޑުމެންނަށް މިވަނީ އދ އުފެދުނު ފަހުން ކުރިމަތިވާ އެންމެ ބޮޑު އިންސާނީ ކާރިސާއާ ކުރިމަތިވެފަ"

"މިހާރު ހަތަރު ގައުމަކުން 20 މިލިއަނަށްވުރެ ގިނަ މީހުން ތަދުމަޑުކަމާ ހައިހޫނުކަން ތަހައްމަލް ކުރާނެ"

އޭނާ ވިދާޅުވީ ދުނިޔެއިން ގުޅިގެން ފިޔަވަޅުތަކެއް ނާޅައިފިނަމަ ހައިހޫނުކަމުގައި އެތައް ބަޔަކު މަރުވެދާނެ ކަމަށެވެ. އަދި އިތުރު އެތައް ބަޔަކު ބަލިމަޑުކަމުގައި މަރުވެދާނެ ކަމަށެވެ.

އޮބްރައެން މިހެން ވިދާޅުވެފައި މިވަނީ އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސްވެސް މި ވާހަކަ މިދިއަ މަހު ދައްކަވާފައި ވަނިކޮށެވެ.

ގުޓަރެސް އޭރު ވިދާޅުވީ ބޮޑެތި އަދަދުތަކެއް ވައުދުވެފައި ހުރި ނަމަވެސް އެހާތަނަށް ލިބިފައިވަނީ އެންމެ 90 މިލިއަން ޑޮލަރު ކަމަށެވެ.

 

 

- ކޮމެންޓް