ކ. މާލެ
|
5 އޮކްޓޯބަރ 2024 | ހޮނިހިރު 20:49
2024 އޮކްޓޯބަރ 1 ވަަނަ ދުވަހު އީރާނުން އިޒްރޭލަށް ފޮނުވާލި މިސައިލް ހަމަލާއެއް
2024 އޮކްޓޯބަރ 1 ވަަނަ ދުވަހު އީރާނުން އިޒްރޭލަށް ފޮނުވާލި މިސައިލް ހަމަލާއެއް
ތެހެރާން ޓައިމްސް
އީރާން-އިޒްރޭލު ހަނގުރާމަ
އީރާނަށް ހަމަލާދޭން ތައްޔާރުވަމުންދާ ކަމަށް އިޒްރޭލުން ބުނެފި
އީރާނުން ބުނެފައިވަނީ އިޒްރޭލަށް އޮކްޓޯބަރު މަސް ފެށުނުތަނުން ދިން ހަމަލާއަކީ ގާނޫނީ ގޮތުން ދިނުން ހުއްދަ ހަމަލާއެއް ކަމަށާއި، އެ ހަމަލާގެ ބަދަލު ހިފުމުގެ ގޮތުން އިޒްރޭލުން ހަމަލާއެއް ދީފިނަމަ އިޒްރޭލް "ފުނޑުފުނޑު" ކޮށްލާނެ ކަމުގައެވެ.

އީރާނުން އިޒްރޭލަށް ދިން ހަމަލާގެ ބަދަލު ހިފުމަށް ތައްޔާރުވަމުންދާ ކަމަށް އިޒްރޭލުން ބުނެފިއެވެ. 

އިޒްރޭލުގެ އިސް އޮފިޝަލަކު ހޮނިހިރު ދުވަހު އޭއެފްޕީއަށް ވާހަކަ ދައްކަމުން ބުނެފައިވަނީ، މިދިޔަ ހަފްތާގައި އިޒްރޭލަށް އަމާޒުކޮށް އީރާނުން ދިން މިސައިލް ހަމަލާތަކަށް ރައްދު ދިނުމަށް އިޒްރޭލު ސިފައިން "ތައްޔާރުވަމުންދާ" ކަމަށެވެ.

"އައިޑީއެފް (އިޒްރޭލުގެ އަސްކަރިއްޔާ) އިން ގެންދަނީ އިޒްރޭލުގެ އާންމު ރައްޔިތުންނާއި އިޒްރޭލަށް އީރާނުން ދިން ނުބައި އަދި ޤާނޫނާ ޚިލާފު ހަމަލާއަށް ރައްދު ދިނުމަށް ތައްޔާރުވަމުން،" ކަމަށް ނަން ހާމަނުކުރުމަށް ޝަރުތުކޮށް އޭއެފްޕީ އާ ވާހަކަދެއްކި އިޒްރޭލުގެ އަސްކަރިއްޔާގެ އޮފިޝަލް ބުނެފައިވެއެވެ.

ހަމަލާގެ އިތުރު ތަފްސީލެއް އޭނާ ނުދެއެވެ.

އިޒްރޭލުގެ ވައަތު ފިޔައިގެ ނޫހެއް ކަމުގައިވާ ހާރެޓްޒް އިން، އިޒްރޭލުގެ ސިފައިންގެ މަސްދަރަކާ ހަވާލާދީ ރިޕޯޓުކޮށްފައިވަނީ އިޒްރޭލުން ދޭނީ "ވަރުގަދަ" ރައްދެއް ކަމަށެވެ. 

"މިދިޔަ ހަފްތާގައި ތެހެރާނުން ދިން މިސައިލް ހަމަލާއަށްފަހު، އައިޑީއެފް އިން އަންނަނީ އީރާނަށް ވަރުގަދަ ރައްދެއް ދިނުމަށް ތައްޔާރުވަމުންނެވެ،" އެ ނޫހުން ރިޕޯޓުކުރިއެވެ.

"އީރާނުން އިޒްރޭލަށް ދިން ހަމަލާއަށްފަހު އީރާނުން އަނެއްކާވެސް އިޒްރޭލަށް ހަމަލާ ދިނުމުގެ ފުރުސަތު އޮތް ކަމަށް އިޒްރޭލުން ދެކޭ،" ކަމަށް އެ ނޫހުން ބުނެފައިވެއެވެ. 

އޮކްޓޯބަރު 1 ވަނަ ދުވަހު، އީރާނުން ވަނީ އިޒްރޭލަށް 200 އެއްހާ މިސައިލް ފޮނުވާލާފައެވެ. މިއީ ފާއިތުވި 6 މަސްދުވަހުގެ ތެރޭގައި އީރާނުން އިޒްރޭލަށް ދިން ދެވަނަ ސީދާ ހަމަލާއެވެ.

އިޒްރޭލުން ބުނެފައިވަނީ ގިނަ މިސައިލްތައް އެ ގައުމުގެ ވައިގެ ދިފާޢީ ނިޒާމުން ހުއްޓުވާފައިކަމަށެވެ. އަދި ބައެއް މިސައިލްތައް ޖެހުނީ ސިފައިންގެ މަރުކަޒުތަކަށް ނަމަވެސް އެއިން ބޮޑު ގެއްލުމެއް ނުވަތަ މީހަކު މަރުވެފައި ނުވާކަމަށްވެސް އިޒްރޭލުން ބުނެއެވެ.

އީރާނުން ބުނެފައިވަނީ އިޒްރޭލަށް އެގަުމުން ދިން ހަމަލާއަކީ ގާނޫނީ އިމުގެ ތެރެއިން ދިނުން ހައްގު ހަމަލާއެއް ކަމަށެވެ. އަދި އެކަމުގެ ބަދަލު ހިފުމުގެ ގޮތުން ހަމަލާއެއް ދީފިނަމަ އިޒްރޭލު "ފުނޑުފުނޑު" ކޮށްލާނެ ކަމުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް