ރާއްޖެއަށް ކުލަ އެތެރެ ކުރާ މަޝްހޫރު ކަލަރ ބޭންކްގެ ފިހާރާއެއް ހުޅުމާލޭގައި ހުޅުވައިފިއެވެ.
އެ ފިހާރާ ހުޅުވާފައިވަނީ ބުރާސްފަތި ދުވަހު ހަވީރުއެވެ. އެ ފިހާރަ އަކީ ކަލަރ ބޭންކް ހޯމްގެ ނަމުގައި ހުޅުމާލެގައި ހުޅުވި ފުރަތަމަ ފިހާރައެވެ.
އަލަށް ހުޅުވި ފިހާރާއާ ބެހޭ ގޮތުން ރާއްޖެ.އެމްވީ އަށް މައުލޫމާތު ދެމުން ކަލަރ ބޭންކް ހިންގާ ކޯ ލޯޑް މޯލްޑިވްސްގެ ޖެނެރަލް މެނޭޖަރު މުހައްމަދު ހާނިމް ވިދާޅުވީ، އާއްުމުކޮށް ކަލަރ ބޭންކުން ވިއްކާ އުޅެނީ ކުލަ ކަމަށާއި، ނަމަވެސް އެ ފިހާރާއިން ކުލައިގެ ގިނަ ބާވަތްތަކެއްގެ އިތުރުން ގޭތެރެ ޒީނާތްތެރި ކުރަން ބޭނުންވާ ސާމާނުތައް ލިބެން ހުންނާނެ ކަމަށެވެ.
ހާނިމް ވިދާޅުވީ، އެ ފިހާރައިން ވިއްކާ ސާމާނުތަކަކީ އެމެރިކާގެ އިތުރުން ޔޫރަަޕުން ގެނެސްފައިވާ ކޮލިޓީ ސާމާނުތައް ކަމަށެވެ. އެ ސާމާނުތަކަކީ ކޮލެޓީ ރަނގަޅު ސާމާނުތަކެއް ކަމަށެވެ. އެ ފިހާރާއިން ގަންނަ ސާމާނުތައް ހިލޭ ޑެލިވަރީ ކޮށްދޭން ހަމަޖެހިފައިވާއިރު، ކަލަރ ބޭންކުގެ އަމާޒަކީ ގިނަ ބަޔަކަށް އެ ފިހާރައިގެ ހިދުމަތް ފޯރުކޮށްދިނުމެވެ.
އަޅުގަނޑުމެންގެ ޕްލެޓްފޯމް މެދުވެރިކޮށް ވަރަށް ގިނައިން ހުޅުމާލޭގައި އުޅޭ ރައްޔިތުން އެބަ މެސެޖްކޮށް ހަދާ އެބަ ގުޅާ ހަދާ. ކޮން އިރަކުންތޯ ހުޅުމާލޭގައި ކަލަރ ބޭންކުން ލިބޭނީ. އަޅުގަނޑަށް ހީވާނީ މަޑުކޮށްތިބި ވަރަށް ގިނަ ކަސްޓަމަރުންނަށް އުފާވެރީ ހަބަރަކަށް ވެގެންދާނެ މި ފިހާރައަކީމުހައްމަދު ހާނިމް ~ ކޯލޯޑްގެ ޖެނެރަލް މެނޭޖަރު ~
ފިހާރަ އަށް ބޮޑެތި ބަދަލުތަކެއް ގެނެސް ތިން މަސް ތެރޭގައި ގްރޭންޑް އޮޕެނިންއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ފިހާރައިން އަލަށް ވިޔަފާރި ކުރާ ފަރާތްތަކަށް ފުރަތަމަ ހަފްތާގައި 15 ޕަސެންޓް ޑިސްކައުންޓް ދޭން ހަމަޖެހިފައިވާއިރު، އެއް ހަފްތާ ވަންދެން ބޭނުން ކޮންމެ ބަޔަކަށް ހިލޭ ކޮފީ ލިބޭނެ ކަމަށް އެ ފިހާރައިން މައުލޫމާތުދެއެވެ.
އަލަށް ހުޅުވި ހުޅުމާލޭ ކަލަރ ބޭންކް ހޯމް ފިހާރަ ހުންނާނީ ނިރޮޅުމަގުގައި ވެސްޓޯރު ޖެހިގެންނެވެ. ފިހާރަ ހުޅުވާފައި ހުންނާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު ނުވަޔަކުން ރޭގަނޑު ދިހައެއް ޖަހަންދެނެވެ. ހުކުރު ދުވަހު އެ ފިހާރަ ހުޅުވިފައި ހުންނަނީ ހަވީރު ހަތަރަކުން ރޭގަނޑު ދިހަ އަކަށެވެ.