ކ. މާލެ
|
11 މާރޗް 2017 | ހޮނިހިރު 08:31
ރޭސިންގ ޗެމްޕިއަން ޖޯން ސަރޓީޒް، އޭނާގެ ޒުވާން ދުވަސްވަރު
ރޭސިންގ ޗެމްޕިއަން ޖޯން ސަރޓީޒް، އޭނާގެ ޒުވާން ދުވަސްވަރު
ބީބީސީ
ޖޯން ސަރޓީޒް
އެފްވަން ޗެމްޕިއަން ޖޯން ސަރޓީޒް މަރުވެއްޖެ
ސަރޓީޒް މަރުވެފައިވަނީ އުމުރުން 83 އަހަރުގައި
ރޭސިންގ ގައި އޭނާ ވަނީ ގިނަ ކާމިޔާބީތަކެއް ހޯދާފަ

ކުރީގެ ފޯމިއުލާ ވަން އަދި މޮޓޯސައިކްލިންގެ ދުނިޔޭގެ ޗެމްޕިއަން ޖޯން ސަރޓީޒް މަރުވެއްޖެއެވެ.

އުމުރުން 83 އަހަރުގައި މަރުވި ސަރޓީޒް އަކީ ސައިކަލާއި ކާރުގައި ދުނިޔޭގެ ގްރޭނޑް ޕްރީ ޗެމްޕިއަންޝިޕް ކާމިޔާބުކުރި ހަމައެކަނި ފަރާތެވެ. އެގޮތުން 1956، 1958، 1959 އަދި 1960 ވަނަ އަހަރު ބޭއްވި ދުނިޔޭގެ މޮޓޯސައިކްލިންގ ޗެމްޕިއަންޝިޕްގެ 500ސީސީ ގެ ކެޓަގަރީ އޭނާ ކާމިޔާބު ކޮށްފައިވާއިރު، 1964 ވަނަ އަހަރު އޭނާ ވަނީ ފެރާރީ އާއި އެކު ފޯމިއުލާ ވަން ރޭސިން މުބާރާތްވެސް ކާމިޔާބުކޮށްފައެވެ.

ސަރޓީޒްގެ މަރަށްފަހު އޭނާގެ އާއިލާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސަރޓީޒް މަރުވެފައިވަނީ، ނޭވާލާ ނިޒާމުގެ ބައްޔަކަށް ފަރުވާ ހޯދަމުންދަނިކޮށް، ލަންޑަންގެ ސެއިންޓް ޖޯޖްސް ހޮސްޕިޓަލްގައި ކަމަށެވެ.

އިނގެރޭސި ވިލާތުގައި ސިވިލް ސަރވިސްގެ ބޭރުން، އަގުހުރި މަސައްކަތްތައްކޮށްދޭ ފަރާތްތަކަށް ދޭ ޚާއްސަ ލަޤަބެއް ކަމުގައިވާ މޯސްޓް އެކްސެލެންޓް އޯޑަރ އޮފް ދަ ބްރިޓިޝް އެމްޕަޔަރގެ 3 ލަޤަބަށް ސަރޓީޒް ވަނީ ކޮލިލާފައެވެ. އެގޮތުން 1959 ވަނަ އަހަރު މެމްބަރ އޮފް ދަ މޯސްޓް އެކްސެލެންޓް އޯޑަރ އޮފް ދަ ބްރިޓިޝް އެމްޕަޔަރ، 2009 ވަނަ އަހަރު އޮފިސަރ އޮފް ދަ މޯސްޓް އެކްސެލެންޓް އޯޑަރ އޮފް ދަ ބްރިޓިޝް އެމްޕަޔަރ އަދި ނިމިގެންދިޔަ 2016 ވަނަ އަހަރު ކޮމާންޑަރ އޮފް ދަ މޯސްޓް އެކްސެލެންޓް އޯޑަރ އޮފް ދަ ބްރިޓިޝް އެމްޕަޔަރގެ ލަޤަބު އޭނާއަށް ވަނީ ކޮލިލައިފައެވެ. މީގެ އިތުރުން ސަރޓީޒް ވަނީ 1959 ވަނަ އަހަރު އިނގެރޭސިވިލާތުގެ ސްޕޯޓްސް ޕަރސަނަލިޓީ އޮފް ދަ އިޔަރއަށްވެް ހޮވިފައެވެ.

ހޮންޑާ، ލޮޓަސް، ކޫޕަރ، ލޯލާ އަދި ބީއާރްއެމްގެ ޓީމުތަކަށްވެސް ރޭސް ޖަހައިދީފައިވާ ސަރޓީޒް ވަނީ 1960 އާއި 1972 އާއި ދެމެދު ފޯމިއަލާ ވަން ގެ 6 މުބާރާތެއް ކާމިޔާބު ކޮށްފައެވެ.

މިހާރު ހުއްޓާލާފައިވާ އޭވަން ގްރޭންޑް ޕްރީގައި ވާދަކުރި އިނގެރޭސިވިލާތުގެ ޓީމުގެ ޗެއާމަންކަންވެސް ކޮށްފައިވާ ސަރޓިޒް ވަނީ އޭނާގެ އުމުރުން 80 އަހަރު ވަންދެން އަމަލީ ގޮތުން ރޭސްޖެހުމުގައި ބައިވެރިވެފައެވެ.

- ކޮމެންޓް