ކ. މާލެ
|
15 ސެޕްޓެންބަރ 2019 | އާދީއްތަ 19:35
ހަމްޒާ ބިން ލާދިން
ހަމްޒާ ބިން ލާދިން
ޓްވިޓަރ
ހަމްޒާ ބިން ލާދިން
ހަމްޒާ ބިން ލާދިން މަރާލީ އެމެރިކާއިން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި
ހަމްޒާ މަރާލާފައިވަނީ ޓެރަރިޒަމާއި ދެކޮޅަށް އަފްގާނިސްތާނުއާއި ޕާކިސްތާނުގައި ހިންގި އޮޕަރޭޝަނެއްގައި
ހަމްޒާ އެންމެފަހުން ފެނިފައިވަނީ 2018 ވަނަ އަހަރު ސައުދީއާއި ދެކޮޅަށް ތެދުވުމަށް ގޮވާލާފައިނެރުނު ވީޑިއޯއަކުން
އުސާމާ ބިން ލާދިން މަރާލާފައިވަނީ 2011 ވަނަ އަހަރު އެމެރިކާގެ ސްޕެޝަލް ފޯރްސްއިން ހިންގި އޮޕަރޭޝަނެއްގަ

އޮސާމާ ބިން ލާދިންގެ ދަރިފުޅު ހަމްޒާ ބިން ލާދިން މަރާލީ ޓެރަރިޒަމާއި ދެކޮޅަށް އެމެރިކާއިން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި ކަމަށް އެގައުމުން އެއްބަސްވެއްޖެއެވެ.

ވައިޓްހައުސްއިން ހޮނިހިރު ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ހަމްޒާ މަރާލާފައިވަނީ ޓެރަރިޒަމާއި ދެކޮޅަށް އަފްގާނިސްތާނުއާއި ޕާކިސްތާނުގައި ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

ހަމްޒާ މަރުވިކަމުގެ ހަބަރު ލިބިފައިވާ ކަމަށް އެމެރިކާގެ އިންޓެލިޖެންސް އޮފިޝަލުން ހާމަކުރީ ފާއިތުވި ޖުލައި މަހުއެވެ. ނަމަވެސް އޭރު އޭނާ މަރުވީ ކިހިނެތް އަދި ކޮންތާކުކަމެއް ހާމަކޮށްފައެއް ނުވެއެވެ.

އޭރު ބައެއް މީޑިއާތަކުގައި ދެކެވުނު ވާހަކައަކީ ހަމްޒާ މަރުވުމަށް މެދުވެރިވި އޮޕަރޭޝަނުގައި އެމެރިކާގެ އަތެއް އޮތް ކަމަށެވެ. ވައިޓްހައުސްއިން އޭރު އެކަމާއިމެދު ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

ވައިޓްހައުސްއިން މިކަން ކަށަވަރުކޮށްދީފައި މިވަނީ އުސާމާ ބިން ލާދިން އިސްވެ ހުރެ، ސެޕްޓެމްބަރ 11 ގައި ވޯލްޑް ޓްރޭޑް ސެންޓަރަށް ދިން ޓެރަރިސްޓު ހަމަލާއަށް އަށް އަހަރު ފުރުނުތާ ތިން ދުވަސް ވޭތުވެފައިވަނިކޮށެވެ.

ހަމްޒާ އެންމެފަހުން ފެނިފައިވަނީ 2018 ވަނަ އަހަރު ސައުދީ އަރަބިއާއަށް އިންޒާރުދީ އަދި އަރަބި ގައުމުތަކުން ސައުދީއާއި ދެކޮޅަށް ތެދުވުމަށް ގޮވާލާފައިނެރުނު ވީޑިއޯއަކުންނެވެ.

އުސާމާ ބިން ލާދިން މަރާލާފައިވަނީ 2011 ވަނަ އަހަރު އެމެރިކާގެ ސްޕެޝަލް ފޯރްސްއިން ހިންގި އޮޕަރޭޝަނެއްގައެވެ.

- ކޮމެންޓް
16 ސެޕްޓެންބަރ 2019 | ހޯމަ 11:46
ޖޫލީ
ޝަރީޢާތަކާެއި ނުލައި މީހުން މެރުމުގެ ޙައްޤު އެއީ އިސްލާމް ދީން މަނާކުރާކަމެކެވެ، ނަމަ ވެސް އެމެރިކާ އާއި އިސްރާޢީލް ކޮށްފިނަމަ ނުވަތަ އެދެޤައުމު ރުހޭ ބަޔަކު ކޮށްފި ކޮންމެ ކަމެއް ޑިމޮކްރަސީ އަށް ވަނީތާ ؟ މިސްރުގައި ހިނގާ ސީސީ ގެ ލާއިންސާނީ ވެރިކަން ވެސް ނަމޫނާ ވެރިކަމަކަށް އެވެރިންނަށް ވެއެވެ.