ކ. މާލެ
|
11 ސެޕްޓެންބަރ 2019 | ބުދަ 08:08
އިސްތާންބުލްގައި ހުންނަ ސައުދީ ކޮންސިއުލޭޓުގައި މަރާލި ޖަމާލް ޚާޝުގްޖީ
އިސްތާންބުލްގައި ހުންނަ ސައުދީ ކޮންސިއުލޭޓުގައި މަރާލި ޖަމާލް ޚާޝުގްޖީ
އީޕީއޭ
ޖަމާލް ހަޝޯގީގެ މަރު
ހާޝުގްޖީ މަރާލުމުގެ ކުރިން އަދި ފަހުން ދެއްކި ވާހަކަތަކުގެ އޯޑިއޯ ލީކުކޮށްލައިފި
މި އޯޑިއޯއަކީ ތުރުކީގެ ޖާސޫސީ އިދާރާއިން ހޯދި ރިކޯޑިންއެއް
ބިން ސަލްމާންގެ ބައިވެރިވުމާ ނުލާ ޚާޝުގްޖީ މަރާލުމުގެ ޖަރީމާ ނުހިންގޭނެ ކަމަށް ކަލަމަރޑް ވިދާޅުވެފައިވޭ

ސައުދީ އަރަބިއާގެ ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީ އިސްތާންބުލްގައި ހުންނަ ސައުދީ ކޮންސިއުލޭޓުގައި މަރާލުމުގެ ކުރިން އަދި ފަހުން ދެއްކި ވާހަކަތަކުގެ އޯޑިއޯއިން އިވިގެންދާ ވާހަކަތައް ތުރުކީގެ ޑެއިލީ ސަބާހު ނޫހުން އާއްމުކޮށްފިއެވެ.

ހާޝުގްޖީ އާއި އޭނާ މަރާލަން ކޮންސިއުލޭޓަށް ދިޔަ ސައުދީގެ 15 މީހުންނާ ދެމެދު 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ދެވަނަ ދުވަހު ދެއްކި ވާހަކަތައްވެސް އަޑު އިވިގެންދާ މި އޯޑިއޯއަކީ ތުރުކީގެ ޖާސޫސީ އިދާރާއިން ހޯދި ރިކޯޑިންގއެކެވެ.

އެމެރިކާއަށް އަމިއްލައަށް އަރުވާލެވިގެން ހުރި ހާޝުގްޖީ ތުރުކީގައި ހުންނަ ސައުދީ ކޮންސިއުލޭޓަށް، އޭނާގެ ކައިވެންޏަށް ބޭނުންވާ ލިޔެކިޔުންތަކެއް ހޯދުމަށް ދިއުމުން އޭނާއަށް މަރުހަބާކީ އޭނާ ދަންނަ މީހެކެވެ. އަދި އެއަށްފަހު ކޮންސިއުލޭޓުގެ ކޮޓަރިއަކަށް ގެންގޮސް، ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާންގެ ބޮޑީގާޑެއް އަދި އިންޓެލިޖެންސް އޮފިސަރެއް ކަމަށްވާ މާހިރު އަބްދުލްއަޒީޒު މުތުރަބު ހާޝުގްޖީ ގާތުގައި އިށީނުމަށް ވަނީ އެދިފައެވެ. އަދި ހާޝުގްޖީ އަނބުރާ ސައުދީއަށް ގެންދަން ޖެހޭ ކަމަށް ބުންޏެވެ.

ޚާޝުގްޖީގެ މަރާ ގުޅޭ ގޮތުން ކަލަމަރޑް ތައްޔާރު ކޮށްފައިވާ ރިޕޯޓްގައިވާ އޯޑިއޯ ރިކޯޑިންއެއްގައި ވާ ގޮތުން، "ގުރުބާން ކުރަންޖެހޭ ޖަނަވާރު" އައިސްފިތޯ ސައުދީގެ އިންޓެލިޖެންސްގެ ސީނިއަރ އޮފިސަރ އަދި ސަޢޫދީ ޢަރަބިއްޔާގެ ވަލީޢަޙުދު މުޙައްމަދު ބިން ސަލްމާންގެ ބޮޑީގާޑެއް ކަމަށްވާ މާހާ އަބްދުލް އަޒީޒް އަލް މުތްރިބް އަހާފައި ވެއެވެ.

އޭނާ ކުރި ސުވާލަށް ޖަވާބު ދެމުން އެހެން މީހަކު "އޭނާ އައިއްސި" ކަމަށް ބުނާކަން އެ އޯޑިއޯ އިން އިނގެއެވެ.

ޚާޝުގްޖީ ކޮންސިއުލޭޓަށް ހާޒިރުވުމުގެ ކުރިން، މުތްރިބް ވަނީ، ހަށިގަނޑަށް ހަދާނެ ގޮތަކާ މެދު ސައުދީގެ ނަން މަޝްހޫރު ފޮރެންސިކް ޑޮކްޓަރެއް ކަމަށްވާ ސަލާހް މުހައްމަދު ތުބައިގީ ކައިރި ސުވާލު ކޮށްފައެވެ. އޭގެ ޖަވާބުގައި، ކަށިތައް ވަކިވަކި ކުރެވިދާނެ ކަމަށާއި ހަށިގަނޑު ބަރު ނަމަވެސް ބިންމަތީގަ ވަކިވަކި ކުރުމަށް ފަހު، ކޮތަޅު ކޮތަޅަށް އަޅާ ބަންދު ކުރާނީ ކަމަށް ތުބައިގީ ބުނެފައިވާ ކަމަށް ކަލަމަރޑްގެ ރިޕޯޓުގައި ވެއެވެ.

ވަލީއަހުދު ސަލްމާންގެ ބައިވެރިވުމާ ނުލާ ޚާޝުގްޖީ މަރާލުމުގެ ޖަރީމާ ނުހިންގޭނެ ކަމަށް ،ކަލަމަރޑް ވަނީ މީގެ ކުރިން ވެސް ތުހުމަތުކޮށްފައެވެ.

ޚާޝުގްޖީގެ މަރުގެ މައްސަލައާ ގުޅިގެން ވަލީ އަހުދު މުހައްމަދު ބިން ސަލްމާންގެ އިސްތަށިފުޅުގައި ޚާޝުގްޖީ މަރާލަން އަމުރުކުރެއްވި ކަމަށް ތުހުމަތު ކުރެއްވި ކަމުގައިވީ ނަމަވެސް، ސައުދީ ސަރުކާރުން ތަކުރާރުކޮށް ބުނެފައި ވަނީ ޚާޝުގްޖީ މަރާލުމުގައި ވަލީއަހުދުގެ އެއްވެސް އަތެއް ނޯންނާނެ ކަމަށެވެ.

މި ކަމާ ގުޅޭ ގޮތުން، އެމެރިކާގެ ސީއައިއޭ އިން ނިންމާފައި ވަނީ ޚާޝުގްޖީ މަރާލުމުގެ އޯޑަރު ދިން ކަމަށް ބެލެވެނީ ވަލީއަހުދު ކަމަށެވެ. އަދި ސީދާ ވަލީއަހުދުގެ ނަން ގަނެފައި ނުވި ނަމަވެސް، މި ކަމުގައި ސައުދީ ސަރުކާރުގެ އެންމެ "މަތީ ފަންތިން" ބައިވެރިވެފައިވާ ކަމަށް ތުރުކީއިން ވެސް ތުހުމަތުކޮށްފައިވެއެވެ.

- ކޮމެންޓް
12 ސެޕްޓެންބަރ 2019 | ބުރާސްފަތި 00:11
ވަލީއަހުދު 10
ސަލްމާންގެ ފެމިލީއަކީ ކުރިންސުރެ ވެރިކަން ދަމަހައްޓަން އެތައް ބަޔަކު މަރާލުމުގެ ރެކޯޑް އޮތް ބައެއް.