ކ. މާލެ
|
10 ސެޕްޓެންބަރ 2019 | އަންގާރަ 09:29
ހިޒްބުﷲ
ހިޒްބުﷲ
އަލްޖަޒީރާ
ހިޒްބުﷲ
އިޒްރޭލުގެ ޑްރޯނަކަށް ހަމަލާދީ ވައްޓާލައިފި
 
ޑްރޯން މިހާރު އޮތީ އެޖަމާއަތުގެ ހަނގުރާމަވެރިންގެ ބެލުމުގެ ދަށުގައި

ލުބުނާނުގެ ރާމްޔާގެ އުތުރުގެ އަވަށަކުން އިޒްރޭލުގެ ޑްރޯންއަކަށް ހަމަލާދީ ވައްޓާލާފައިވާ ކަމަށް ހިޒްބުﷲ ޖަމާއަތުން ބުނެފިއެވެ.

ޑްރޯން މިހާރު އޮތީ އެޖަމާއަތުގެ ހަނގުރާމަވެރިންގެ ބެލުމުގެ ދަށުގައި ކަމަށް ބުނެފައިވާ ކަމަށް އަލްޖަޒީރާއިން ވަނީ ރިޕޯޓު ކޮށްފައެވެ. އެޖަމާއަތުން ބުނެފައިވަނީ އެ ޑްރޯން ވައްޓާލާފައިވަނީ އެކަމަށް ބޭނުންވާ ހަތިޔާރުތައް ބޭނުން ކޮށްގެން ކަމަށް ވެސް ރިޕޯޓު ކޮށްފައިވެއެވެ. މިކަމާއި ގުޅިގެން އިޒްރޭލުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެ ޑްރޯން އިން އިޒްރޭލާއި ގުޅޭ މައުލޫމާތެއް ހިޒްބުﷲ ޖަމާއަތަށް ނުހޯދޭނެ ކަމަށެވެ.

ހިޒްބުﷲ އާއި އިޒްރޭލުން މިދިޔަ ހަފުތާގައި ހަމަލާތަކެއް ބަދަލުކޮށްފައިވާއިރު ދެކުނު ލުބުނާނަށް އިޒްރޭލުން ފޮނުވާލި ޑްރޯން ހަމަލާތަކާއި ގުޅިގެން ހިޒްބުﷲ އިން މިދިޔަ ހަފުތާގައި ވަނީ ރޮކެޓް ހަމަލާދީފަ އެވެ.

ލުބުނާނުގެ ބެކާ ވެލީގައި މިސައިލް ފެކްޓަރީއެއް ހިޒްބުﷲ އިން ހަދަމުންދާ ކަމަށް އިޒްރޭލުން ތުހުމަތުކޮށްފައިވާއިރު އިޒްރޭލުގެ އެ ތުހުމަތުތައް އެޖަމާއަތުގެ ލީޑަރު ވަނީ ދޮގު ކުރައްވައިފައެވެ. ހިޒްބުﷲ ގެ ލީޑަރު މި ތުހުމަތުތަކާއި ގުޅިގެން އިންޒާރުތަކެއް ދީފައިވާއިރު އެޖަމާއަތުންނާއި އިޒްރޭލުން ވަނީ 2006 ވަނަ އަހަރު ވަނީ އެއް މަސް ދުވަހުގެ ހަނގުރާމައެއް ކޮށްފައެވެ.

ލެބަނަންގެ އެންމެ ވަރުގަދަ އެއް ޖަމާއަތް ކަމަށްވާ ހިޒްބުﷲ ޖަމާއަތުގެ ތިން މިނިސްޓަރުން ލެބަނަން ސަރުކާރުގައި ހިމެނޭއިރު އެ ޖަމާއަތުގެ ހަނގުރާމަވެރިންދަނީ ސީރިއާގައި ހަނގުރާމަ ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
33%
67%
0%
0%
0%
0%
ކޮމެންޓް