ސިރިޔާގައި އައިއެސްގެ ބާރުގަދަ ސަރަހައްދެއްކަމަށްވާ ރައްޤާ ހިފުމަށް އެ ގައުމުގެ ފައުޖުތަކުން ކުރަމުން ގެންދާ ހަނގުރާމައިގައި އެ ފައުޖުތަކަށް އެހީވުމަށް އެމެރިކާއިން އިތުރު 400 ސިފައިން ފޮނުވަން ނިންމައިފިއެވެ.
އޭގެ ތެރޭގައި މީގެ ކުޑަ ދުވަސްކޮޅެއް ކުރިން އެގައުމަށް ދިއަ ކަނޑުގެ ސިފައިންވެސް ހިމެނެއެވެ.
އެމެރިކާގެ ސްޕެޝަލް ފޯސަސްގެ ސިފައިން މިހާރުވެސް ސީރިޔާގައި އެބަތިއްބެވެ.
އެމެރިކާއާއި ގުޅިފައިވާ ފައުޖުން ރައްޤާ ކައިރީގައި ވައިގެމަގުން ދިން ހަމަލާތަކެއްގައި 20 މީހުންވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ކުޑަކުދިންވެސް ހިމެނެއެވެ.
ރައްގާއި ހަމަލާތައް ފެށުމުގެ ކުރިން ގުޅިފައިވާ ފައުޖުގައި ހިމެނޭ މެމްބަރުންނާ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ރެކްސް ޓިލާސަން ބައްދަލުކުރައްވާނެ ކަމަށްވަނީ ބެލެވިފައެވެ.
މާޗް މަހުގެ 22 ވަނަ ދުވަހު ވޮޝިންގްޓަންގައި ބާއްވާ ބައްދަލުވުމަށް ފޮރިން މިނިސްޓަރުންނާއިން 68 ގައުމެއްގެ އޮފިޝަލުންނާއި ބައިނަލްއަގްވާމީ ޖަމާއަތްތަކަށް ދައުވަތު ދީފައިވާކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ބުންޏެވެ.
ސްޓޭޓް ޑިޕާޓްމަންޓްގެ އެކްޓިންގ ތަރުޖަމާނު މާކް ޓޯނާ ވިދާޅުވީ މެދުއިރުމަތީގެ މައްސަލަތަކުގެ ތެރެއިން ސެކްރެޓަރީ ޓިލާސަންގެ އެންމެ އަހައްމިއްޔަތުކަން ދެއްވާ ކަމަކީ އައިއެސް ބަލިކުރުން ކަމަށެވެ.
ޑިފެންސް އޮފިޝަލުން ވޮޝިންގޓަން ޕޯސްޓްގައި ވިދާޅުވެފައިވަނީ މެރިން އާޓިލަރީ ސިފައިން ފޮނުވާފައިވަނީ 155 އެމްއެމްގެ ވަޒަން 32 ކިލޯމީޓަރަށް ފޯރާވަރުގެ ބަޑިއާއެކު ކަމަށެވެ.